ދިވެހި ކަނޑުފަޅުތަކުން ބްލޫ ކާބަން ކްރެޑިޓްސް ވިއްކޭތޯ ބަލަން އައިޓީއެފްސީއާ ގުޅިއްޖެ

ލ. ހިތަދޫ ކަނޑޫފާ ސަރަހައްދު: ސައިންސްވެރިން އަންދާޒާކުރަނީ ކަނޑުފަޅުތަކާއި ފާތަކުގައި 80 ގިގަޓަނުގެ ކާބަން ހިފެހެއްޓިފައި އެބަހުރި ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ލ. ހިތަދޫ ކަނޑޫފާ ސަރަހައްދު: ސައިންސްވެރިން އަންދާޒާކުރަނީ ކަނޑުފަޅުތަކާއި ފާތަކުގައި 80 ގިގަޓަނުގެ ކާބަން ހިފެހެއްޓިފައި އެބަހުރި ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ދިވެހި ކަނޑުފަޅުތަކުގައި ރައްކާކޮށްފައި ހުރި ކާބަންގެ މިންވަރު ހިސާބުކޮށް، ބޭރުގެ ބާޒާރުތަކަށް ކާބަން ކްރެޑިޓްސް ވިއްކޭތޯ ބަލަން އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ އެކީ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އައިޓީއެފްސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، ބްލޫ ކާބަން ޖެނެރޭޝަން ޕްރޮޖެކްޓުގެ ނަން ދެވިފައިވާ، މި މަޝްރޫއުގެ ބޭނުމަކީ ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކުން ބްލޫ ކާބަން ކްރެޑިޓްސް ހިސާބުކުރެވޭތޯ ބަލައި، ކާބަން މާކެޓުތަކަށް ވިއްކުމަށް އޮތް ފުރުސަތުތައް ދެނެގަތުމެވެ.

މިއީ އެ ކޯޕަރޭޝަނުގެ އެންވަރަމެންޓަލް، ސޯޝަލް އެންޑް ގަވަނަންސް (އީއެސްޖީ) ސްޓްރެޓަޖީން ހާސިލުކުރަން އަމާޒުހިފާފައިވާ ކަންކަމުގެ ތެރެއަށް ފެތޭ މަސައްކަތެއް ކަމަށް ވެސް އައިޓީއެފްސީ އިން ބުންޏެވެ.

މި އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އައިޓީއެފްސީގެ ސީއީއޯ ހާނީ ސަލީމް ސޮންބޮލް އެވެ.

ކާބަން ކްރެޑިޓު ވިއްކައިގެން ދައުލަތަށް އާމްދަނީ ހޯދުމަކީ ސަރުކާރުން މިދިޔަ އަހަރު އާންމުކުރި 2026-2024 ގެ ފިސްކަލް ސްޓްރެޓީޖައި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ އާ ކަމެކެވެ.

މިކަމާ ގުޅޭ ގޮތުން ފިސްކަލް ސްޓްރެޓަޖީ ކަރުދާހުގައިވާ ގޮތުގައި ރާއްޖޭގެ ކުޅިތަކާއި މޫދުވިނަ ހުރި ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކޮށްގެން ނުވަތަ އެ ސަރަހައްދުތައް އިޔާދަކޮށްގެން، މި ތަންތަނުން ކާބަން ރައްކާކުރާ މިންވަރު ހިސާބުކުރުމަށް ފަހު "ކާބަން ކްރެޑިޓްސް" ދުނިޔޭގެ ބާޒާރުގައި ވިއްކޭނެ އެވެ.

ކާބަން ކްރެޑިޓުތައް ގަންނަނީ ކާބަން އެމިޝަންސް ނުވަތަ ޖައްވަށް ގިނައިން ވިހަ ގޭސްތައް ދޫކުރާ ކުންފުނިތަކުން، ރެގިއުލޭޓަރުންގެ މިންގަނޑުތަކާ އެއް ހަމައަށް އެމިޝަންސް ތިރިކުރުމަށެވެ. ކުންފުނިތަކެކޭ އެއްގޮތަށް، ކާބަން އެމިޝަން މަތި ގައުމުތަކަށް ވެސް ކާބަން ކްރެޑިޓު ވިއްކޭނެ އެވެ.

ފިނޭންސުން ފިސްކަލް ސްޓްރެޓަޖީގައި ލަފާކޮށްފައިވަނީ ކާބަން ކްރެޑިޓު ވިއްކަައިގެން އާމްދަނީއަށް 863.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox