ގާ ހުދުވެ، މުރަކަތައް މަރުވާ އިރު ވެސް ވާވެއްދިފަޅު ހިއްކުން ބާރަށް ކުރިއަށް

ކ. ވާވެއްދި ފަޅު މަތިން މިދިޔަ އަހަަރުގެ އޮކްޓޫބަރުގައި ނަގާފައިވާ ސެޓެލައިޓް ފޮޓޮއެއް: ގަތަރުގެ އެސްތިސްމާރު ހޯލްޑިންސް އިން މި ފަޅު ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ތެރޭގައި --- ފޮޓޯ: ގޫގުލް އާތު

ކ. ވާވެއްދި ފަޅު މަތިން މިދިޔަ އަހަަރުގެ އޮކްޓޫބަރުގައި ނަގާފައިވާ ސެޓެލައިޓް ފޮޓޮއެއް: ގަތަރުގެ އެސްތިސްމާރު ހޯލްޑިންސް އިން މި ފަޅު ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ތެރޭގައި --- ފޮޓޯ: ގޫގުލް އާތު

ގާ ހުދުވަމުން (ކޮރަލް ބްލީޗިން) ދާތީ ފަރުތަކަށް ސްޓްރެސް ބޮޑުވާ ފަދަ އެންމެހައި މަސައްކަތްތައް ހުއްޓާލަން އަންގާފައި ވަނިކޮށް، ކ. ވާވެއްދިފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވެ ގާ ހުދުވަމުން ދާތީ ފަރުތަކަށް ސްޓްރެސްވާ ހުރިހާ މަސައްކަތެއް ވަގުތީ ގޮތުން މަޑުޖައްސާލަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެންގީ، މި މަހު 9 ގައި ކުރި އިއުލާނެއްގަ އެވެ.

އެ އިއުލާނުގައި އީޕީއޭ އިން އެންގީ، ބިން ހިއްކުމާއި ފަޅުކޮނުމާއި ގޮނޑުދޮށަށް ވެލި އެޅުމުގެ އިތުރުން ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުމާއި ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުމާއި ބަންޑުވޯލް ޖެހުމާއި މި ނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން އަންނަ މަހުގެ 10 އާ ހަމައަށް ހުއްޓާލުމަށެވެ.

މިހެން ނަމަވެސް، މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިން ހިއްކުމާއި ވެލި ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާންމުން އަންނަނީ ޝަކުވާ ކުރަމުންނެވެ. މިކަހަލަ ރިޕޯޓުތަކެއް ލިބިގެން އީޕީއޭ އިން އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ބިން ހިއްކުން ހުއްޓާލަން އަންގާފައި އޮއްވާ ވާވެއްދިފަޅު ހިއްކުމުގެ މަސައްކަތް ކުރިޔަށްދާ ސަބަބު ސާފުކުރަން އެންވަޔަރަމަންޓް މިނިސްޓްރީގައި ސުވާލުކުރުމުން، މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ އެ މަސައްކަތް ކުރަމުންދަނީ އީޕީއޭއަށް ހުށަހަޅައިގެން، އެ އިދާރާއިން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ.

ތޯރިގު ވިދާޅުވީ، ހިނގަމުންދާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދަން ހާއްސަ ހުއްދަ ދެމުން ދަނީ ވަކިވަކިން ކޮންމެ ހުށަހެޅުމެއް ބަލައިފަައި އެއީ ކޮންމެހެން ދޫކުރަން ޖެހޭ ހުއްދައެއް ނަމަ ކަމަށެވެ. މިފަދަ ގިނަ ހުށަހެޅުންތަކަކީ ވިޔަފާރީގެ އެއްބަސްވުމަކަށް އަމަލުނުކުރުމުގެ އިހުތިމާލު އެކުލެވޭ ހުށަހެޅުންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެގޮތަށް ރިކުއެސްޓް ކުރާ އެއްޗެހިތަކުގެ ތެރޭގައި އެބަ ހުރޭ ބޮޑެތި ކޮންޓްރެކްޓްސް ހަދާފައި. ކޮންޓްރެކްޓަރުންނާ ހަދާފައި ހުންނަ ކޮންޓްރެކްޓުތައް ދޭ ކެނޮޓް ގެޓް އަވޭ ފްރޮމް. މިސާލަކަށް ޑެއިލީ ހުންނާނެތާ ބޮޑެތި ސަމްސް ޕެނަލްޓީގެ ގޮތުގައި ދައްކަން ޖެހޭ," ތޯރިގު ވިދާޅުވި އެވެ.

އީޕީއޭ އިން މި ހުށަހެޅުންތައް ވަޒަންކޮށް ހުއްދަ ދިނުމުގައި ބަލަނީ ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓާލުމުން ލިބިދާނެ މާލީ ގެއްލުމަކަށެވެ. ތޯރިގު ވިދާޅުވީ ވާވެއްދި ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދިނީ އެގޮތުގެ މަތިން އީޕީއޭއިން ބަލަން ޖެހޭ ކަންކަން ބަލާފައި ކަމަށެވެ.

ގާ ހުދުވުމުގެ މައްސަލަތައް ދިމާވާތީ ބިން ހިއްކުން ފަދަ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން އެންގި އެންގުމަށް ތަބާވާން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީން ވެސް ވަނީ ގޮވާލާފަ އެވެ.

ވާވެއްދި ފަޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދަނީ ގަތަރުގެ އެސްތިސްމާރު ހޯލްޑިންސްގެ ދަށުން އޮންނަ، ރެޒިއާނާ ފޯ ރިސޯޓް ޑިވެލޮޕްމަންޓްސް އެލްއެލްސީ އިންނެވެ. އެ ކުންފުނިން މި ފަޅުގައި ހިންގާ 5.3 ބިލިއަން ރުފިޔާގެ ބިޔަ ޕްރޮޖެކްޓުގެ ދަށުން ހުޅުވަނީ މަޝްހޫރު ހޮޓެލް ޗެއިން "ރޯސްވުޑް" ބްރޭންޑިންގަ އެވެ.

މި ފަޅު އެ ކުންފުނިން ގަތީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. މި ފަޅުގެ މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ ރިޔާސީ އިންތިހާބުގައި ވޯޓުލާން ކައިރިވެފައި ވަނިކޮށް އެ ފަޅު ވިއްކާލުމުގެ މުއާމަލާތް ހުއްޓުވަން އެންޓި ކޮރަޕްޝަން ކޮމިޝަނުން އަމުރު ކުރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox