ރައީސް އެދިވަޑައިގެންނެވީ ރައްޔިތުން ބަލައިގަންނަ, ނަމޫނާ މަޖިލީހަކަށް ހަދައި ދޭން: އަބްދުއްރަހީމް

ސަރުކާރުގެ އިސް ވަޒީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ): އަންނަ ހަފުތާގައި ހުވާކުރާ މަޖިލީހުގެ ރައީސް ކަމަށް ރައީސް ހުށަހެޅުއްވީ އަބްދުއްރަހީމް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ސަރުކާރުގެ އިސް ވަޒީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ): އަންނަ ހަފުތާގައި ހުވާކުރާ މަޖިލީހުގެ ރައީސް ކަމަށް ރައީސް ހުށަހެޅުއްވީ އަބްދުއްރަހީމް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އިންތިހާބީ މެމްބަރުން ކުރެން ރައީސް އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ބަލައިގަންނަ ނަމޫނާ މަޖިލީހަކަށް ހައްދަވައިދެއްވަން ކަމަށް، މި ސަރުކާރުގެ އިސް ވަޒީރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ސަރުކާރުގެ ވެރިންނާއި ޕީއެންސީއަށް ނިސްބަތްވާ އަދި ސަރުކާރަށް ތާއީދުކުރައްވާ އިންތިހާބީ މެމްބަރުންނާއެކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.

އެގޮތުން ރައްޔިތުންނާ ގައުމަށް ފައިދާ ހުރި މަސައްކަތްތައް ލަސްނުކޮށް، ރައްޔިތުން ބަލައިގަންނަ މަޖިލީހަކަށް އެ މަޖިލިސް ހައްދަވައިދެއްވަން ވަރަށް ބޮޑަށް ރައީސް ބާރުއެޅުއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެންމެ ބޮޑަށް ބާރުއަޅުއްވާފައި ދެއްކެވި ވާހަކަފުޅަކީ ރައްޔިތުން ބަލައިގަންނަ މަޖިލީހަކަށް މި ވިހި ވަނަ މަޖިލިސް ހައްދަވައިދެއްވާށޭ" އޭނާ ވިދާޅުވި އެވެ.

މުލިއާގޭގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އިންތިހާބުކުރަން ހުށަހަޅުއްވާފަ އެވެ. ރައީސްގެ މި ނިންމެވުމާ މެދު އަބްދުއްރަހީމް އެއްޗެއް ވިދާޅުވާން ނޫސްވެރިޔަކު އެދުމުން އޭނާ ވަނީ އެކަމަށްޓަކައި ރައީސްއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފަ އެވެ.

"އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ވަރަށް އިހުލާސްތެރި ޝުކުރެއް ރައީސް މުއިއްޒަށް ދަންނަވަން ބޭނުން. އެއީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔަކަށް އަޅުގަނޑު އިހުތިޔާރުކުރައްވާ އަޅުގަނޑަށް ކުރެއްވި އިތުބާރު އެއީ އިރާދަކުރެއްވިއްޔާމުން ދުވަހަކު ވެސް އަޅުގަނޑު ހަނދާން ނައްތާލާނެ ކަމެއް ނޫން" އޭނާ ވިދާޅުވި އެވެ.

ރައީސްއަށް ޝުކުރުއަދާކުރައްވަމުން، އަބްދުއްރަހީމް އިތުރަށް ވިދާޅުވީ މިހާތަނަށް މަސައްކަތް ކުރި ސިޔާސީ ލީޑަރުންގެ ތެރެއިން ކުރާ މަސައްކަތުގެ އަގު އެންމެ ބޮޑަށް ވަޒަންކުރައްވަނީ ވެސް ރައީސް މުއިއްޒު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox