ސިޔާސީ މަގާމުތަކުން ގިނަ ބަޔަކު ދުރުކުރަނީ!

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕީޕީއެމް/ޕީއެންސީގެ ބައެއް އިސްވެރިން: ސަރުކާރުން ކުރިއަށް އޮތް ތަނުގައި ގިނަ މަގާމުތަކެއްގައި ތިބި މީހުންތައް ވަކިކުރާނެ ކަމަށް މައުލޫމާތު ލިބޭ -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު/އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕީޕީއެމް/ޕީއެންސީގެ ބައެއް އިސްވެރިން: ސަރުކާރުން ކުރިއަށް އޮތް ތަނުގައި ގިނަ މަގާމުތަކެއްގައި ތިބި މީހުންތައް ވަކިކުރާނެ ކަމަށް މައުލޫމާތު ލިބޭ -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު/އަދަދު

ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރަން އުޅޭކަމުގެ މައުލޫމާތު "އަދަދު" އަށް ލިބިއްޖެ އެވެ.

އެ މައުލޫމާތު އެނގޭ އެއް މަސްދަރަށް ވުރެ ގިނަ މަސްދަރުތަކުން "އަދަދު" އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި މި މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ތެރެއިން، ސިޔާސީ މަގާމުތަކަށް ކުރޭ ހޭދަ ކުޑަކުރުމުގެ ގޮތުންނެވެ.

ހަރަދުތައް ކުޑަކުރުމުގެ މަސައްކަތް ސަރުކާރުން މިފެށީ އަންނަ ހަފުތާގައި ހުވާކުރާ ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހަމައަކަށް އަޅުވާފަ އެވެ. މުލިއާގޭގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އާއި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ މަގާމުތަކަށް، އެ މަނިކުފާނު ބޭނުންފުޅުވެލައްވާ ނަންތައް ހުށަހަޅުއްވާފަ އެވެ.

އަންނަން އޮތް މަޖިލީހުގައި ޕީއެންސީ އާއި ސަރުކާރާ ގުޅިފައިވާ ޕާޓީތަކުގެ ސުޕާ މެޖޯރިޓީ އޮތުމާއެކީ، ރައީސް ހުށަހަޅުއްވާފައިވާ ގޮތަށް މަޖިލީހުގެ މަގާމުތަކަށް އިންތިހާބުކުރާކަށް އެއްވެސް ހުރަހެއް ނޯންނާނެ އެވެ.

ސިޔާސީ މަގާމުތައް މަދުކުރުމުގެ ތެރެއިން އެންމެ ގިނައިން މަދުކުރަނީ ޑެޕިއުޓީ މިނިސްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިބި މީހުންނެވެ. ހަމަ އެހެންމެ މަޖިލިސް އިންތިހާބާ ދިމާކޮށް ބައެއް ކުންފުނިތަކުން ދިން ވަޒީފާތަކުން ވެސް މީހުން ވަކިކުރަން ނިންމާފައިވާ ކަމަށް ވެސް މައުުލޫމާތު ލިބިފައިވެ އެވެ.

ނަމަވެސް އެއީ ކޮން ބަޔެއް ކަމެއް މި ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ހާމައެއް ނުކުރެ އެވެ. މިކަމުގައި މިހާތަަނަށް ސަރުކާރުން ވެސް އެއްވެސް އެއްޗެކޭ ނުބުނެ އެވެ.

ސިޔާސީ ވަޒީފާތައް މަދުކުރަން ނިންމާފައިވާއިރު، މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިންތިހާއަށް ގިނަވެ ސިޔާސީ މުވައްޒަފުންނަށް ކުރާ ހޭދަ ރެކޯޑު މިންވަރަކަށް އިތުރުވެފައިވާ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. ފިނޭންސުގެ ރެކޯޑުތަކުން ވެސް ދައްކަނީ ދައުލަތުގެ މުވައްޒަފުންނަށް ކުރާ ހޭދަ އިތުރުވެފައިވާ ކަމަށެވެ.

މި ތުހުމަތުތައް ސަރުކާރުން ދޮގު ކުރި ނަމަވެސް މިއަދާ ހަމައަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ޖުމްލަ އަދަދު ހާމަނުކުރާތީ މިކަން ކަށަވަރު ވާނެ ގޮތެއް ނެތެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި ވޭތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ބައެއް މަގާމުތަކުން މީހުން ވަކިކޮށް، އެހެން މަގާމުތައް ދީ، ބައެއް ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑުކޮށްފައިވެ އެވެ.

މަގާމުން ވަކިކުރި މީހުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވަކިކުރުމާއި އެޗްޑީސީގެ ޗެއާމަން އަހުމަދު ޒުހޫރު ވަކިކުރުމެވެ. އިއްޔެ މިފްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރި ހުސެއިން ޝަމާހުއަށް ވަނީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުުޓީ ކަން ދީފަ އެވެ.

ސަސްޕެންޑު ކުރި ލިސްޓުގައި މިހާތަނަށް ހިމެނެނީ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒާއި ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ވަޖުދީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox