ސަރުކާރު މަސްވެރިކަމުގެ ސިނާއަތުން ވީއްލި، އެ ޕާޓީގެ ސިޔާސަތުތަކަށް އެނބުރެން ޑިމޮކްރެޓުން ގޮވާލައިފި

މިދިޔަ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓުން އެކުލަވާލި މެނިފެސްޓޯ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ދައްކަވާލައްވަނީ: ޑިމޮކްރެޓުން ބުނީ އެ ޕާޓީން އަބަދުވެސް ގޮވާލަމުން އަންނަނީ ވެލިއު އެޑުކޮށްގެން މަސް އެކްސްޕޯޓުކުރުން އިތުރުކުރަން ކަމަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިދިޔަ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓުން އެކުލަވާލި މެނިފެސްޓޯ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ދައްކަވާލައްވަނީ: ޑިމޮކްރެޓުން ބުނީ އެ ޕާޓީން އަބަދުވެސް ގޮވާލަމުން އަންނަނީ ވެލިއު އެޑުކޮށްގެން މަސް އެކްސްޕޯޓުކުރުން އިތުރުކުރަން ކަމަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރަން ސަރުކާރުން އެކީ އެ މަސައްކަތުގެ ތެރެއިން ވީއްލި، މަސްވެރިކަމާ ގުޅޭގޮތުން އެ ޕާޓީން ކަނޑައަޅާފައިވާ ސިޔާސަތުތަކަށް އެނބުރެން ދަ ޑިމޮކްރެޓްސް އިން މިއަދު ގޮވާލައިފި އެވެ.

ޑިމޮކްރެޓުން މިހެން ގޮވަލީ ކަނޑު މަސްވެރިންނާއި ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ކޮޅުން ލައިގެން ގޮސް މުޒާހަރާކޮށް ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ހިސާބަން ކަންކަން ދިޔުމުން އެ ޕާޓީން ނުހަނަ ކަންބޮޑުވާ ކަމަށް ބުނެ ނެރުނު ނޫސް ބަޔާނެއްގަ އެވެ.

އެ ނޫސް ބަޔާނުގައި ޑިމޮކްރެޓުން، މަސްވެރިންނަށް ދިމާވެގެން އުޅޭ މައްސަލަތައް މި ހިސާބަށް އައުމުގެ އެންމެ ބޮޑު ޒިންމާ އެޅުވީ ކުރީ ސަރުކާރުގެ ބޮލުގަ އެވެ.

އެ ގޮތުން ބާނާ މަހަށް އެކަށޭނެ އަގެއް ނުލިބުމާއި އަދި ކިރުވާ މަހަށް ގަވާއިދުން ފައިސާ ނުލިބޭ މައްސަލަ ހައްލުކުރަން އެންމެ ބޮޑު ހުރަހަކަށްވީ ސަރުކާރުން މަސް ގަނެ ޕްރޮސެސްކުރުމުގެ މަސައްކަތުގެ ތެރޭގައި ހަރަކާތްތެރިވާ ހަރަކާތްތެރިވުން އިތުރުކުރުން ކަމަށާއި، މިކަމާ ދެކޮޅަށް އެ ޕާޓީން އަބަދުވެސް އަޑުއުފުލަމުން އައި ކަަމަށް ޑިމޮކްރެޓުން ބަޔާނުގައި ވެ އެވެ.

ޑިމޮކްރެޓުން ބުނީ އެ ޕާޓީން ގަބޫލުކުރާ ގޮތުގައި، މަސްވެރިން ކިރުވާ މަހުގެ ބޮޑު އިންސައްތައެއް ގަނޑުކުރި ރޯމަހުގެ ގޮތުގައި ބޭރުކުރާހާ ހިނދަކު ރާއްޖެއަށް މަސްވެރިކަމުގެ ފުރިހަމަ ނަފާ ނުލިބޭނެ ކަމަށެވެ. އަދި، ދިވެހި މަސްވެރިންނަށް ފައިސާ ލިބޭނީ މަސް ޕްރޮސެސްކުރަން ބޭނުންކުރާ މޮޑެލް ބަދަލުކުރުމަށް ކަމަށް އެ ޕާޓީން ބުންޏެވެ.

"ދިވެހި މަސްވެރިން ބާނާ މަހަށް އެކަށޭނަ އަގެއް ހޯދައި ދިނުމަށް މިހާރު ރާއްޖޭގައި މަސް ޕްރޮސެސްކުރުމަށް ބޭނުންކުރާ މޮޑެލް ބަދަލުކޮށް، ސަރުކާރުން އެކީ މި މަސައްކަތުގެ ތެރެއިން ވީއްލި، މިހާރު ހުރި ސަރުކާރުގެ މަސް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖްތައް ޕްރައިވެޓައިޒް ކުރުން ނުހަނު ބޭނުންތެރިކަމަށް މި ޕާޓީއިން ދެކެން،" ޑިމޮކްރެޓުންގެ ބަޔާނުގައި ވެ އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބަށް އެކުލަވާލީ އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯގައި މަސްވެރިކަމުގެ ސިނާއަތަށް ޑިމޮކްރެޓުން ހުށަހެޅި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރުން މަސްވެރިކަމުގެ ވިޔަފާރިން ނިކުމެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްތެރިންގެ އަތް މައްޗަށް އެ މަސައްކަތް އެއްކޮށް ދޫކޮށްލުމަށެވެ.

މި އަމާޒަށް ވާސިލުވާން ޑިމޮކްރެޓުން ހުށަހެޅީ، އެމްޑީޕީގައި ތިބި އިރު ވެސް އެ ޕާޓީގެ މެމްބަރުން ހުށަހެޅި، އަދި އެމްޑީޕީގެ ކުރީ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނައި އެކަށީގެންވާ ދުވެލީގައި މަސައްކަތް ނުކުރެވޭ ގޭދޮށު މަސް ފެކްޓްރީތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމެވެ. އަދި މިގޮތަށް މަސައްކަތްކޮށްގެން މެނުވީ މަަސްވެރިކަމުގެ ފުރިހަމަ ނަފާ އެއްވެސް ބަޔަކަށް ނުލިބޭނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

"...ގޭދަށު މަސް ފެކްޓްރީތައް ގާއިމުކޮށް އެތަންތަނަށް މަސްވެރިން ބާނާ މަސް ގަނެ، ޖުމްލަކޮށް ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ ބޮޑު ބަޔަކީ ކޮންމެވެސް އެއްގޮތަކަށް ޕްރޮސެސްކުރެވި ވެލިއުއެޑް ކުރެވިގެން އެކްސްޕޯޓް ކުރެވޭ އެއްޗެއްކަމުގައި ހެދިގެން ނޫނީ މަސްވެރިކަމުގެ ފުރިހަމަ ނަފާ ދިވެހި މަސްވެރިންނަށާއި އަދި ދިވެހިރާއްޖެއަށް ވެސް ނުލިބޭނެ،" ޑިމޮކްރެޓުން ބުންޏެވެ.

ނޫސް ބަޔާން ނިންމާލަމުން ޑިމޮކްރެޓުން ބުނީ، ބާނާ މަހަށް އެކަށޭނަ އަގު ދިނުމާއި، މަހުގެ އަގު އުފުލުމާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު މަސްވެރިކަމާ ގުޅޭ ގޮތުން ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމުމުގެ އިތުރުން އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަހުގެ ކޯޓާ އަހަރުން އަހަރަށް ހަމަކުރުމަށް އޮތް މަގަކީ އެ ޕާޓީގެ ސިޔާސަތުތަކަށް އެނބުރުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox