މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް

ަމަސްވެރިންގެ މައްސަލައިގައި ކުއްލި މައްސަލަ ހުށަހެޅުއްވި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ: އޭނާ ވަނީ މަސްވެރިންގެ ކަންކަމަށް އިޖާބަދީ، ދާއިމީ ހައްލެއް ހޯދައިދޭން ސަރުކާރަށް ގޮވާލާފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ަމަސްވެރިންގެ މައްސަލައިގައި ކުއްލި މައްސަލަ ހުށަހެޅުއްވި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ: އޭނާ ވަނީ މަސްވެރިންގެ ކަންކަމަށް އިޖާބަދީ، ދާއިމީ ހައްލެއް ހޯދައިދޭން ސަރުކާރަށް ގޮވާލާފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްވެރިންގެ އަތުން މިފްކޯއިން ގަނެފައިވާ މަހަށް ފައިސާ ނުދީ ގިނަ ދުވަސްވެފައިވާ މައްސަލަ ހައްލުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ދީދީ އެވެ. އޭނާ މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި މިވަނީ މިފްކޯއަށް ކިރާފައިވާ މަހަށް ފައިސާ ނުދީ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބުނެ އައްޑޫގައި މަސްވެރިން މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން ހުށަހެޅުއްވި މައްސަލައިގައި މިކަން ފާހަގަކުރަައްވަމުން މެމްބަރު ދީދީ ވިދާޅުވީ މިފްކޯއަށް ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ސަރުކާރުގެ ވައުދެއް ނަމަވެސް އެކަން ނުވެ މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކުގެ ހަރަދުތައް ނުކުރެވޭ ހިސާބަށް ގޮސް، މަސްވެރިކަމަށް ބަރޯސާވާ ރަށްރަށުގެ އިގުތިސޯދު ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

މި ކުއްލި މައްސަލައިގައި މެމްބަރު ވަނީ ތިން ކަމަކަށް ގޮވާލާފަ އެވެ. އެއީ މަސްވެރިން ކުރަމުންދާ އިހުތިޖާޖަށް ފުލުހުންނާއި ސިފައިން ހުރަސް ނޭޅުމަށާއި، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މިހާރުންމިހާރަށް ހަމަޖައްސައިދިނުމަށާއި، މަސްވެރިންނަށް ފައިސާ ނުލިބި ލަސްވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށެވެ.

"އައްޑޫ ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރުބަލިކަމެއް ނެތި ބުރަ މަސައްކަތް ކުރަމުންދާ މަސްވެރިން އެ މީހުންގެ ހައްގުތައް ހޯދުމަށް ކުރަމުންދާ އިހުތިޖާޖަށް ފުލުހުންނާއި ސިފައިން ހުރަސް ނޭޅުމަށް ގޮވާލައި، އަދި އެ މީހުންނަށް ލިބެން ޖެހޭ ފައިސާ މިހާރުން މިހާރަށް ސަރުކާރުން ހަމަޖައްސައިދިނުމާއި، މަސްވެރިން އެދޭ ގޮތަށް ފައިސާ ނުލިބި ލަސްވާ މައްސަލައަށް އިޖާބަދީ، ދާއިމީ ހައްލެއް ހޯދައިދެއްވުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ އަޅުގަނޑު ހުށަހަޅަން" މެމްބަރު ވިދާޅުވި އެވެ.

މަޖިލީހުން މި މައްސަލަ ބަލައިގަތީ ވޯޓުގައި ބައިވެރިވީ 74 މެމްބަރުންގެ އިއްތިފާގުންނެވެ.

މިފްކޯއަށް ކިރާފައިވާ މަހަށް ފައިސާ ނުލިބޭ މައްސަލަ ބޮޑުވެފައިވާއިރު، މަސްވެރިން މިހާރު ނުލިބިގެން އުޅެނީ ސަރުކާރު ބަދަލުވެ، މަސް ގަންނަ އަގު 25ރ. އިން 20ރ. އަށް ތިރިކުރި ފަހުން މަސްވެރިންނަށް ނުދީ ހުރި ފައިސާ އެވެ.

މި މައްސަލައިގައި އައްޑޫގައި ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން މަސްރަހު ގޯސްވެ، ފުލުހުން މެދުވެރިކޮށް މިފްކޯގެ އައްޑޫ ކާރުހާނާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ހިސާބަށް ކަންކަން ގޮސްފައިވާއިރު ފައިސާ ދެވޭނެ ދުވަހެއް މިފްކޯ އާއި ސަރުކާރުން ވެސް ނުބުނެ އެވެ. ހައްތަހާވެސް ބުނަމުން ދަނީ ވަރަށް އަވަހަށް އެ މައްސަލަ ހައްލުކޮށް އެ ފައިސާ ދޫކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox