
އަމަން ހަލީމް
ޖާނަލިސްޓް
އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.
2149 ލިޔުން
ހަބަރުއެމްއޭސީއެލްއަށް ތެޔޮ ނާޅަދެވިގެން ގިރާވަރު ހިއްކުން މެދުކެނޑިފަ
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ވަގުތީ ގޮތުން މަޑުޖެހުނީ ތެލުގެ އަގު އުފުލުމާ ގުޅިގެން ބަޖެޓަށް ވުރެ އިތުރަށް ހަރަދު ވާތީ، އެކަމާ މެދު ގޮތްތަކެއް ނިންމަން މަޝްވަރާކުރަން ކަމަށް މައުލޫމާތު ލިބޭ. މިއާ ގުޅިގެން އަންނަ މަހުގެ ނިޔަލަށް ވެސް ގިރާވަރު ފަޅު ހިއްކާ ނުނިމޭނެ ކަމަށް ބެލެވޭ.
ހަބަރުކެބިނެޓަށް އަލަށް އައްޔަނުކުރި ވަޒީރުންނަކީ ކޮން ބަޔެއް؟
ރައީސް ޑރ. މުއިއްޒުގެ ކެބިނެޓަށް ގެނައި ބަދަލުތަކާއެކު، ހަތަރު ބޭފުޅަކަށް އަލަށް މިނިސްޓަރުކަން ދެއްވާފައިވާއިރު، އޭގެ ތެރޭގައި ހީނާ ވަލީދު، ގީލާ އަލީ އަދި އަލީ ޝަރީފް ހިމެނެއެވެ. މި ބޭފުޅުންނަކީ މީގެ ކުރިންވެސް ސަރުކާރުގެ އެކި ދާއިރާތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ، ތަޖުރިބާކާރު ބޭފުޅުންނެވެ.
ހަބަރުޕެންޝަން އޮފީހުގައި ޗެއާޕާސަން، ސީއީއޯ، ސީއެފްއޯ ނެތި މަސްތަކެއް
ޕެންޝަން އޮފީހުގެ ޗެއާޕާސަން، ސީއީއޯ އަދި ސީއެފްއޯ އިސްތިއުފާ ދެއްވީ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކުގައި. އޭގެ ބައެއް މަގާމުތަކަށް މީހުން ހޯދަން ތަކުރާރުކޮށް އިއުލާން ކުރި ނަމަވެސް، އަދިވެސް ބަޔަކު އައްޔަނުނުކުރެވޭ. ޕެންޝަން އޮފީހުން ބުނަނީ އެކަން ނުވެ ވަނީ އެކަށީގެންވާ ހުށަހެޅުންތައް ނުލިބޭތީ ކަމަށް.
