ރެފަރެންޑަމް ވޯޓުގައި ބައިވެރިވާން ބާރުނާޅާތީ ޔާމީން އީސީއަށް ފާޑުކިޔައިފި

ޕީއެންއެފް ގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން: ޔާމީން ވިދާޅުވީ އިލެކްޝަނުން ވޯޓުލާ މީހުން ގިނަކުރަން ނޫޅޭކަމަށް --- ފޮޓޯ: އަދަދު

ޕީއެންއެފް ގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން: ޔާމީން ވިދާޅުވީ އިލެކްޝަނުން ވޯޓުލާ މީހުން ގިނަކުރަން ނޫޅޭކަމަށް --- ފޮޓޯ: އަދަދު

އިންތިހާބުތައް ތަރުތީބުކުރެވިފައިވާ ގޮތަށް ބަދަލު އައިސްދާނެ ކަމަކާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ ވޯޓެއް ނަގަމުން އަންނައިރު، މި މުހިންމު ވޯޓުގައި ބައިވެރިވާން ރައްޔިތުންނަށް ބާރުއަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކަށީގެންވާ މަސައްކަތެއް ނުކުރާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ކޮމިޝަނަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ. 

ވޯޓު ލެއްވުމަށް ފަހު ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި މި ވޯޓަކީ މިއީ ރާއްޖޭގެ ސިޔާސީ ކުރިމަގު ބައްޓަން ވެގެން ދާނެ ވޯޓު ގޮތަށް ސިފަކުރައްވަމުން ޔާމީން ވިދާޅުވީ މި ވޯޓުގައި ރައްޔިތުން ބައިވެރިކުރަން ދައުލަތާއި އީސީން މަސައްކަތްކޮށްގެން މީހުން ނެރެން ޖެހޭ ކަމަށެވެ. ނަމަވެސް، ރައްޔިތުންނަށް އެދެވޭ ގޮތެއްގައި މި މައުލޫމާތު ފޯރުކޮށްދޭން އީސީން މަސައްކަތް ނުކުރާ ކަމަށެވެ. 

އޭގެ އިތުރުން، ވޯޓަކީ ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދަން ޖެހޭ ކަމަކަށް ވީ ނަމަވެސް، ރާއްޖޭން ބޭރުގައި ދިރިއުޅޭ ބޮޑެތި އާބާދީތަކަށް ވޯޓުގައި ބައިވެރިނުވެވޭ މައްސަލަ ވެސް ޔާމީން ފާހަގަކުރެއްވި އެވެ. މީގެ މިސާލުތަކުގެ ގޮތުގައި މެލޭޝިއާ އާއި އިންޑިއާ އާއި ލަންކާ ނަންގަންނަވަމުން ޔާމީން ވިދާޅުވީ އެ ތަންތަނުގައި ދިރިއުޅޭ ދިވެހިން ވޯޓުގައި ބައިވެރިކުރަން "އެފަޓެއް" ލާން ޖެހޭނެ ކަމަށެވެ.

"އިލެކްޝަންސްގެ ބޭނުމަކަށް ވާނީ ގިނަ ރަައްޔިތުން، ނޫނީ ނުކުންނާން ތިބި ހުރިހާ ރައްޔިތުން މިކަމުގައި އެދެނީ ކިހިނެއްތޯ. އިލެކްޝަނުން ނެތް އެ މަސައްކަތްކޮށްފަ. އޭގެ ބަދަލުގައި ވަރަށް ކަން ފަސޭހަ ގޮތަކަށް ރީރަޖިސްޓްރީ ކުރުމުގެ އިންޓްރެސްޓެއް މީހުންގެ ނެތޭ. އެހެންވެ ތިމަންނަމެންގެ އިންޓްރެސްޓް ނެތިއްޔޭ" އެމަނިކުފާނު ވިދާޅުވި އެވެ. 

"މީގަ ވަކިވަކި ފަރުދުންގެ އިންޓްރެސްޓަށް ވުރެ ބޮޑު ވާން ވާނީ ދައުލަތުގެ މުއައްސަސާތަކުގެ އިންޓްރެސްޓް"

ޔާމީން ވަނީ މިއީ އިހުތިޔާރީ ވޯޓަކަށް ނަހަދާ، ވީހާ ވެސް ގިނަ ރައްޔިތުންތަކެއް ނިކުމެ މި ވޯޓުގައި ބައިވެރިވާން ބާރުއަޅާފަ އެވެ. 

މި ވޯޓަށް ހޭލުންތެރި ނުކުރާ މައްސަލައިގައި ޔާމީންގެ އިތުރުން ކުރީގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި މި ބަދަލާ ދެކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.  ނަމަވެސް އީސީން ވަނީ މި ތުހުމަތުތައް ދޮގުކޮށް، ހޭލުންތެރިކުރަން އެކަށީގެންވާ މަސައްކަތްތަކެއްކޮށްފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox