ހަތަރު ވަނައަށް ދިން ތާރީހަށް ވެސް ރަސްމާލެ ހިއްކާ ނުނިމުނު

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ދުނިޔޭގައި މި ވަގުތު އޮޕަރޭޓުކުރަމުން އަންނަ އެންމެ ބޮޑު ޑްރެޖަރު ގެނެސްގެން މަސައްކަތް ފަށައިގެން ވެސް، މި އޭޕްރިލް މަސް ނިމޭއިރު ވެސް ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ނުނިމޭނެ ކަން ކަށަވަރުވެއްޖެ އެވެ.

ރަސްމާލެއަކީ މަސައްކަތް ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި އެއްކޮށް ހިއްކާ ނިންމާލާނެ ކަމަށް ބުނެ ޑިސެމްބަރު 17، 2023 ގައި ފެށި ފްރޮޖެކްޓެކެވެ. އެ ފަހުން ދިން ދެ ތާރީހަށް ވެސް މަސައްކަތް ނުނިމި އޮއްވާ، މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ފަސް މަސް ތެރޭގައި ރަސްމާލެ ހިއްކާ ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ.

"ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑު އިހަށް ދުވަހު މިއައީ ރަސްމާލެ ހިއްކާތަން ބަލާލަން ގޮސްފަ. ވަރަށް ބާރަށް އެކަން އެ ދަނީ. މި އަންނަ މަހު އިތުރު ޑްރެޖަރުތައް ގެނެވި، ތިންގުނައަށް ސްޕީޑު ބާރުވީމަ، އިރާދަކުރެއްވިއްޔާ ފަސް ވަރަކަށް މަސް ތެރޭގަ އެތަން އެއްކޮށް ހިއްކާ މި ނިމެނީ،" މުއިއްޒު ވިދާޅުވި އެވެ.

Advertisement

އެ ދުވަހު މުއިއްޒު ވިދާޅުވި، ފަސް މަހުގެ މުއްދަތު ހަމަ ވަނީ މި މަހުގެ 17 ވަނަ ދުވަހަށެވެ. މި ތާރީހަށް މަސައްކަތް ނުނިމޭނެ ކަން އަދަދު ނޫހުން ވަނީ މީގެ ކުރިން ވެސް ރިޕޯޓުކޮށްފަ އެވެ.

ފުށިދިއްގަރު ފަޅު ފެންނަ އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، ފަހުން މަސައްކަތް ފެށި ސައިޓުތަކުގެ ތެރެއިން ހިއްކާ ނިމުނީ، އެމްއޭސީއެލްއިން ހަވާލުވެފައިވާ "ސައިޓު އޭ" ގައި އެކަންޏެވެ. މިކަން އެ ކުންފުނިން އިއުލާން ނުކުރި ނަމަވެސް އެ ސައިޓަށް ކަނޑައެޅި ސަރަހައްދު ހިއްކާ ނިންމާ، މިހާރު ހިއްކަމުން އަންނަނީ "ސައިޓު ބީ" އެވެ. 

ފުށިދިއްގަރު ފަޅު މަތިން އާދިއްތަ ދުވަހު ނަގާފައިވާ ސެޓެލައިޓް ފޮޓޮއެއް: ރަސްމާލެއަށް މި ފަޅުން 1000 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކާ --- ފޮޓޯ: ކޮޕާނިކަސް
ފުށިދިއްގަރު ފަޅު މަތިން އާދިއްތަ ދުވަހު ނަގާފައިވާ ސެޓެލައިޓް ފޮޓޮއެއް: ރަސްމާލެއަށް މި ފަޅުން 1000 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކާ --- ފޮޓޯ: ކޮޕާނިކަސް

ރަސްމާލެއަށް ބިން ހިއްކަން ފެށިތާ ދެ އަހަރާ ތިން މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިއީ މި ސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓެވެ. ގާތްގަނޑަކަށް ތިން ލައްކައަށް ވުރެ ގިނަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްގީކުރާ މި ރަށަކީ، ސަރުކާރުން ބުނާ ގޮތުގައި، ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ "ޓޯޓަލް ސޮލިއުޝަން" އެވެ. 

މިހެން ނަމަވެސް މި ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި މި ތަނުގައި ބަޔަކަށް ދިރިއުޅެވޭނެ ވަރު ކުރަން ބޭނުންވާ މަގުތަކާއި، ކަރަންޓާއި ފެނާއި ނަރުދަމާ ފަދަ ވަސީލަތްތައް ގާއިމުކުރަން ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. މިކަމަށް ބޭނުންވާ ފައިސާ ހަމަޖެހުނު ކަމެއް ވެސް ނޭނގެ އެވެ. 

ރަސްމާލެ ހިއްކަން ފައިސާ ހަރަދު ކުރާ ގޮތެއް ވެސް މިހާތަނަށް ކަށަވަރެއް ނުވެ އެވެ. މީގެ ކުރިން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވެފައިވާ ގޮތުގައި މި ތަނުގެ ބިން ހިއްކަން 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހަރަދު ވާނެ އެވެ. 

މިއީ މި ޕްރޮޖެކްޓު ހިންގުމާ ހަވާލުވެގެން އުޅޭ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މާލީ ހާލަތު ހުރި ގޮތުން އެ ކުންފުންޏަށް ލޯނެއް ނަގައިގެން ވެސް ހަރަދު ކުރެވޭނެ ވަރުގެ އަދަދެއް ނޫނެވެ. 

އެޗްޑީސީން މި މަސައްކަތް ކުރަމުން އަންނަނީ ތިން ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެއީ މޯހަން މުތާ އެކްސްޕޯޓާއި ޗައިނާ ހާބާ އެންޑް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެޗްއީސީ) އާއި އެންމެ ފަހުން މަސައްކަތާ ގުޅުނު އެމްއޭސީއެލް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox