މިފްކޯގެ ރަސްމީ ގަޑި ކުރުކޮށް ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅު އަޅަނީ

މިފްކޯގެ ފެކްޓަރީއެއްގައި މަސައްކަތް ކުރަނީ: މިފްކޯއިން ބުނަނީ އޮޕަރޭޝަނަށް ވެސް ބަދަލުތައް ގެންނާނެ ކަމަށް --- ފޮޓޯ: މިފްކޯ

މިފްކޯގެ ފެކްޓަރީއެއްގައި މަސައްކަތް ކުރަނީ: މިފްކޯއިން ބުނަނީ އޮޕަރޭޝަނަށް ވެސް ބަދަލުތައް ގެންނާނެ ކަމަށް --- ފޮޓޯ: މިފްކޯ

އިރާން ހަނގުރާމައާ ގުޅިގެން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން، ހަރަދު ކުޑަކުރުމުގެ ގޮތުން އޮފީހުގެ ރަސްމީ ގަޑި ކުރުކޮށް، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ފިޔަވަޅުތަކެއް އަޅަން ވިސްނަމުންދާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ. 

ހަނގުރާމަ ފެށިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން، މިފްކޯއިން މި ފިޔަވަޅުތައް އިއުލާންކޮށްފައި މި ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރެންޑަމް ވޯޓަށް ފަހު، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް އަޑުއަރާފައި ވަނިކޮށެވެ. 

މިފްކޯއިން މައުލޫމާތު ދިން ގޮތުގައި، މާދަމާއިން ފެށިގެން އެ ކުންފުނީގެ މައި އޮފީހާއި ސެންޓަރުތަކުގެ އިދާރީ އޮފީސްތައް ހުޅުވާފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރު 2:00 އާ ހަމައަށެވެ. މީގެ ކުރިން ހަވީރު ހަތަރެއް ޖަހަންދަން އޮފީސްތައް ހުޅުވާފައި ހުރެ އެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ދެމުން މިފްކޯގެ މީޑިއާ އޮފިޝަލް ޝިފްޒާ މުސްތަފާ ވިދާޅުވީ، ރަސްމީ ގަޑި ނިމުމަށް ފަހު އޮފީހުގައި ހުންނަ ފަންކާ، އޭސީ، ލައިޓްތައް ފަދަ ތަކެތި ނިއްވާލެވޭނެ ކަމަށެވެ. 

ބަންދު ގަޑީގައި ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުން ނެރޭނީ އެޗްއޯޑީއެއްގެ ހުއްދަ ލިޔުމުން ލިބިގެން. ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނީ މުވައްޒަފުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް،" ޝިފްޒާ ވިދާޅުވި އެވެ.

މިފްކޯގެ އިދާރީ މުވައްޒަފުންގެ ރަސްމީ ވަގުތު ކުރިކުރިޔަސް، އޮޕަރޭޝަނަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކުރިން ވެސް ހުޅުވާފައި ހުންނަ ގަޑިތަކުގައި ފިހާރަތައް ވެސް ހުޅުވާފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 

މިފްކޯއިން ބުނި ގޮތުގައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަނީ ދުނިޔޭގެ އިގުތިސޯދަށް ދިމާވާ ގޮންޖެހުންތަކުން އެ ކުންފުންޏަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށެވެ. 

މި ގޮތުގެ މަތިން ހަރަދުތައް ކޮންޓްރޯލްކޮށް، އާމްދަނީ އިތުރުކުރުމުގެ ގޮތުން ކުންފުނީގެ ހަރަދުތައް ކޮންޓްރޯލްކޮށް، މިފްކޯގެ ސެންޓަރުތަކާއި ބޯޓުފަހަރު ހިމެނޭހެން، ހަރަދު ކުޑަކުރެވޭނެހެން މުޅި އޮޕަރޭޝަނަށް ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ. 

މިފްކޯއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދުވަސްވީ ކުންފުންޏެއް ނަމަވެސް، ހިންގުމުގައި އެތައް މައްސަލަތަކެއް ހުރި ކުންފުންޏެކެވެ. އެ ކުންފުންޏަށް ލިބޭ އާމްދަނީން ކުންފުނީގެ ހަރަދުތައް ދެކޮޅު ނުޖެހޭއިރު، ހަރަދުތައް ހަމަޖައްސަން ބަރޯސާވަނީ ސަބްސިޑީތަކަށެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox