ހައްލު ހޯދުނީ ސިމެންތި ހުސްވި ފަހުން، ހަނގުރާމަ ކޮމިޓީގެ މަގުސަދު ކޮބާ؟

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

މި އަހަރު ފެށުނީއްސުރެން ސިމެންތި، އާއި، ހިލަ އާއި ހިލަވެލި، ބާޒާރުން ލިބުން ދައްޗެވެ. މިއީ މެދުއިރުމަތީގައި ހަނގުރާމަ ފެށުމުގެ ކުރިން ވެސް ދިމާވެގެން އުޅުނު މައްސަލައެކެވެ. ހަނގުރާމަ އައުމުން އިހުނަށް ވުރެ ގޯސްވީ އެވެ.

މިއީ މި އަހަރު ފެށުނީއްސުރެން އާންމުވެފައި އޮތް މައުލޫމާތެއް ނަމަވެސް، ސަރުކާރަށް  މިކަން ފާހަގަވީ، ސިމެންތި ބަސްތާއެއްގެ އަގު 300ރ. އިން މައްޗަށް އުފުލުނު ފަހުންނެވެ. މި މައްސަލަ ހައްލުވީ އެ އަގުގައި ވެސް ވިޔަފާރިތަކަށް ސިމެންތި އާންމުކޮށް ގަންނަން ނުލިބުމުގެ ހާލަތު މެދުވެރިވީތާ ދުވަސްތަކެއް ފަހުންނެވެ. 

މިހާރު ސަރުކާރުން ވަނީ، އެސްޓީއޯގެ މިހާރުގެ ސަޕްލަަޔަރު އަތުން ނުލިބިއްޖެ ހާލަތެއްގައި ސަޕްލައިކޮށްދޭން އިތުރު ހަތަރު ސަޕްލަޔަރުން ހޯދާފަ އެވެ. މި ވަގުތަށް މައްސަލަ ހައްލުކޮށްފަ އެވެ.

ސަރުކާރުން މިހާރު މި މައްސަލަ ހައްލުކުރި ކަމަށް ބުނެ ޔަގީންކަން ދިން ނަމަވެސް ރެކޯޑު އަދަދުތަކަށް އަގު އުފުލުނު ފަހުން، ސިމެންތި މައްސަލައަށް ހައްލެއް ހޯދަން ޖެހުނީ ކީއްވެގެންތޯ މިއީ "ހަނގުރާމަ ކޮމިޓީ" އިން ޖަވާބު ބޭނުންވާ ސުވާލެކެވެ. 

ސަބަބަކީ ހައްލު ހޯދުމަކީ ރައީސް މުހައްމަދު މުއިއްޒުގެ "ދުރު ވިސްނުންފުޅާ، ލަފާފުޅާ، އިރުޝާދުގެ" ދަށުން އުފެއްދެވި މި ކޮމިޓީގެ މައިގަނޑު މަގުސަދު ކަމަށްވުމެވެ.

އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅަން ފެށިތާ ހަ ގަޑިއިރު ތެރޭގައި މުއިއްޒު އުފެއްދެވި ކަމަށް ބުނާ މި ކޮމިޓީގެ ބޭނުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި، ކުރިމަތިވެދާނެ ކަންކަން ހައްލުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ.

މާނައަކީ، ކަމެއް ދިމާ ވުމުގެ ކުރިން އެކަމެއް ދެނެގަނެ ދުރާލާ ހައްލު ހޯދުމެވެ.  އިމާރާތްކުރުމުގެ ސިނާއަތުން މި ތާށިކަމަށް ބޮޑު އަގެއް ދެއްކި ފަހުން މައްސަލައަށް ހައްލެއް ހޯދުމުން، މި ކޮމިޓީގެ މަގުސަދު ހާސިލުވީތޯ ސުވާލު އުފެދެ އެވެ.

ވަކިން ހާއްސަކޮށް، އިމާރާތްކުރުން ކަހަލަ އަސާސީ ސިނާއަތްތަކަށް ދިމާވެދާނެ މިފަދަ ކަންކަން ދުރާލަ ދެނެގަނެ، ފިޔަވަޅު ނޭޅީތީ، ކޮމިޓީގައި ތިއްބެވި ވަޒީރުންގެ ގާބިލު ކަމާ މެދު ވެސް ސުވާލު އުފެދެ އެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ރާއްޖޭގެ ޖީޑީޕީގެ 5.5 ޕަސެންޓެވެ. މި ސިނާއަތުގެ ހަރަކާތްތެރިކަން އިތުރުވުމަކީ މުޅި އިގުތިސޯދުގެ ދުވެލި ވަޒަންކުރަން ރަނގަޅު މިންގަނޑެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox