އިންތިހާބުގެ ކުރިން ޕީއެސްއެމްގެ އިސް މުވައްޒަފުންތަކަކަށް ކުއްލި ޕްރޮމޯޝަންތަކެއް

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބު: މައުލޫމާތު ލިބެނީ ޕްރޮމޯޝަންތައް ދިނުމުގެ ކަންކަމުގައި އިސްކޮށް އުޅުނީ ޝަކީބު ކަމަށް  --- ފޮޓޯ: ޕީއެސްއެމް

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބު: މައުލޫމާތު ލިބެނީ ޕްރޮމޯޝަންތައް ދިނުމުގެ ކަންކަމުގައި އިސްކޮށް އުޅުނީ ޝަކީބު ކަމަށް --- ފޮޓޯ: ޕީއެސްއެމް

ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރެންޑަމް ވޯޓަށް ކުޑަ ތަން ވެފައި އޮއްވާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި މަސައްކަތް ކުރާ އިސް މުވައްޒަފުންތަކަކަށް ކުއްލިއަކަށް ޕްރޮމޯޝަންތަކެއް ދީފި އެވެ.

ސިއްރު މަސްދަރަކުން އަދަދު ނޫހާ ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، މިހާރު ވެސް ބޮޑު ގެއްލުމެއްގައި ހިންގާ، ޕީއެސްއެމްއިން ޕްރޮމޯޝަންތައް ދިނީ ޑިރެކްޓަރުންނާއި މެނޭޖީރިއަލް ލެވަލްގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. 

އެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު، ދެ މީހަކު ވަނީ އެގްޒެކެޓިވް ޑިރެކްޓަރު ކަމަށް ޕްރޮމޯޓުކޮށްފަ އެވެ. އެހެން ތިން މީހަކު ވަނީ ޑެޕިއުޓީ ޑިރެކްޓަރު ކަމަށް ޕްރޮމޯޓުކޮށްފަ އެވެ. އަދި ކުރިން އެސިސްޓަންޓް މެނޭޖަރު މަގާމުގައި ހުރި މީހަކު ވަނީ ޓީވީ ޕްރޮޑަކްޝަން ޑިޕާޓުމަންޓުގެ ލީޑަކަށް ޕްރޮމޯޓުކޮށްފަ އެވެ. 

Advertisement

ހިންގުމުގެ ހަރަދުތައް ވެސް ހަމަނުޖެހިގެން އުޅޭ ޕީއެސްއެމްގެ މުސާރަތަކާއި އެލަވަންސްތައް ދިނުމުގެ ހަރަދުތައް އިތުރަށް ބޮޑުވާ ގޮތަށް އިސް މަގާމުތަކަށް ބަދަލު ގެނައީ ހަމަ އެ ދުވަހުގެ ހެނދުނު ބޭއްވި ބޯޑު ބައްދަލުވުމެއްގައި ކުންފުނީގެ އޮނިގަނޑު ބަދަލުކުރަން ފާސްކޮށްގެންނެވެ. މިކަމުގައި އިސްކޮށް އުޅުއްވީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީނެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި، ކުންފުނިން އެ ދުވަހު ދިން އެހެން ޕްރޮމޯޝަންތައް ދިނުމުގައި އުޅުނީ، ހެނދުނު ބޭއްވި ބޯޑު ބައްދަލުވުމުގައި ހިއުމަން ކެޕިޓަލް މެނޭޖުމަންޓު ޑިވިޝަން ހިންގަން ހަވާލުކުރި އެގްޒެކެޓިވް ޑިރެކްޓަރެވެ.

ނަން ނުޖަހާ ގޮތަށް މި ނޫހަށް މައުލޫމާތު ދިން ޕީއެސްއެމްގެ މުވައްޒަފުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޕްރޮމޯޝަނެއް ނުލިބިފައި ތިބި އާދައިގެ މުވައްޒަފުންނަށް ޕްރޮމޯޝަން ނުދީ، އިސްކޮށް އުޅޭ މުވައްޒަފުންނަށް ޕްރޮމޯޝަން ދިން މައްސަލައިގައި ނުރުހުން ފާޅުކޮށްފަ އެވެ.

ވޯޓު ނަގަން އޮތް ހަފުތާ ބަންދަށް ސަރުކާރު ބަންދުވުމުގެ ކުރިން ޕީއެސްއެމްއިން މި ބަދަލުތައް ގެނައިއިރު، މިއީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން  ބޯޑު (ޕީސީބީ) އިން ހުއްދަ ހޯދައިގެން ގެނައި ބަދަލުތަކެއް ކަމެއް ނޭނގެ އެވެ.

ޕީސީބީން ނެރެފައިވާ ސާކިއުލާތަކުން ވަނީ މުވައްޒަފުންގެ ހަރަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ބައެއް މަގާމުތަކަށް މީހުން ނެގުމުގެ ކުރިން ފިނޭންސާއި އެ ބޯޑުގެ ހުއްދަ ހޯދަން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަންގާފަ އެވެ. 

ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް ހާއްސަ ގާނޫނެއްގެ ދަށުން އުފައްދާފައިވާ ޕީއެސްއެމްއަކީ ނުފޫޒުން އެއްކިބާވެފައިވާ، އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ގައުމީ މީޑިއާއެއްގެ ގޮތުގައި ތަސައްވުރުކޮށްފައިވާ ތަނެކެވެ. މިހެން ނަމަވެސް، އެއްވެސް ސަރުކާރެއްގައި އެ ގާނޫނުގައި ތަސައްވުރުކުރާ ގޮތުގެ މަތިން ޕީއެސްއެމް ނުހިންގަ އެވެ.

ގާނޫނުގައި ބުނާ ގޮތަށް ޕީއެސްއެމް ނުހިންގޭ ތަނުގައި، އެ ކުންފުންޏަކީ ދައުލަތުގެ މާލިއްޔަތަށް ވެސް ބޮޑު ބުރައަކަށް ވެފައިވާ ކުންފުންޏެވެ. 

އެ ގޮތުން މިދިޔަ އަހަރު އޮޑިޓާ ޖެނެރަލް އޮފީހުން ޝާއިއުކޮށްފައިވާ އެ ކުންފުނީގެ 2021 ވަނަ އަހަރުގެ އޮޑިޓުގައިވާ ގޮތުގައި، ޕީއެސްއެމްއަށް އެ އަހަރު 18 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނުއިރު، ހަރަދުތައް 127 މިލިއަން ރުފިޔާއަށް އަރަ އެވެ. 

މި ހަރަދުތަކުގެ ތެރެއިން 100 މިލިއަން ރުފިޔާ ހަމަޖެއްސީ ސީދާ ދައުލަތުގެ ބަޖެޓުންނެވެ. އެއީ އެ އަހަރަށް ފާސްކުރި ބަޖެޓުން ދިން 97 މިލިއަން ރުފިޔާއިން ނުވެގެން އިތުރު އެހީގެ ގޮތުގައި ސަރުކާރުން އެ ކުންފުންޏަށް ދިން ތިން މިލިއަން ރުފިޔާ ވެސް ހިމަނައިގެންނެވެ. މި ހުރިހާ ފައިސާއެއް ދީގެން ވެސް އެ ކުންފުންޏަށް އެ އަހަރު އަށް މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ.

މި އޮޑިޓު ރިޕޯޓުގެ ފަހުން، ފަސް އަހަރު ވޭތުވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި ވެސް އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރާކަށް ކުރި މަސައްކަތެއް ފެންނާކަށް ނެތެވެ. ނަމަވެސް ސަރުކާރުގެ ގިނަ ކުންފުނިތަކެކޭ އެއް ފަދައިން ޕީއެސްއެމް ވެސް ގަވާއިދުން އޮޑިޓު ނުކުރާތީ މިހާރުގެ މާލީ ހާލަތު އެނގޭނެ ގޮތެއް ނެތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox