ކެބިނެޓަށް އަލަށް އައްޔަނުކުރި ވަޒީރުންނަކީ ކޮބާ؟

ކެބިނެޓަށް އަށް އައްޔަން ކުރެއްވި 4 ވަޒީރުން

ކެބިނެޓަށް އަށް އައްޔަން ކުރެއްވި 4 ވަޒީރުން

ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މިނިސްޓްރީތަކުގެ އަދަދު މަދުކޮށް އަލުން މިނިސްޓްރީތައް އެކުލަވާލިއިރު ހަތަރު ބޭފުޅަކަށް މި ސަރުކާރުގައި އަލަށް މިނިސްޓަރުކަން ދީފައިވެ އެވެ.  ތިރީގައި މި ވަނީ އެ ބޭފުޅުންގެ ކުރު ޕްރޮފައިލްއެކެވެ. 

ހީނާ ވަލީދު

އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު ކަމަށް މިއަދު އައްޔަނުކުރި، ހީނާ ވަލީދަކީ ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ މެނޭޖިން ޑިރެކްޓަރެވެ. 

ހެރިޓޭޖް، ކަލްޗާ އެންޑް އާޓްސް މިނިސްޓަރު ހީނާ ވަލީދު
ހެރިޓޭޖް، ކަލްޗާ އެންޑް އާޓްސް މިނިސްޓަރު ހީނާ ވަލީދު

ކުރީގެ ރައީސް ޔާމީންގެ ޕީޕީއެމް ސަރުކާރުގެ ދުވަސްވަރުގެ ސިޔާސީ ދާއިރާއަށް ވެދެވަޑައިގަތުމުގެ ކުރިން ހީނާއަކީ ނޫސްވެރިއެކެވެ. އޭނާ ގިނަ ދުވަސްތަކެއް ވަންދެން ޓީވީއެމް އާއި ޕީއެސްއެމްގައި މަސައްކަތްކުރެއްވި އެވެ. ޓީވީގައި މަސައްކަތް ކުރެއްވި ދުވަސްވަރު، ހެޑް އޮފް ނިއުސް އަދި އެގްޒެކެޓިވް އެޑިޓަރުގެ މަގާމު ފުރުއްވި އެވެ. 

ހީނާގެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުގެ ތެރޭގައި ދިވެހިބަހުގެ އެކެޑަމީ އާއި ގައުމީ ދާރުލްއާސާރު ފަދަ މުހިންމު މުއައްސަސާތައް ހިމެނެ އެވެ.

ގީލާ އަލީ

ހެލްތު އެންޑް ވެލްފެއާ މިނިސްޓަރު ކަމަށް އައްޔަނުކުރި ގީލާ އަލީ ހުންނެވީ، ބެލްޖިއަމްއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ކަނޑައަޅާފައިވާ މިޝަންގެ އެންމެ އިސްވެރިޔާގެ މަގާމުގަ އެވެ. 

ހެލްތު އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ
ހެލްތު އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ

ގީލާ ދިވެހި ސަރުކާރުގައި ހިދުމަތް ކުރައްވަން ފެއްޓެވީ، ސިއްހީ ދާއިރާގަ އެވެ. އޭނާ ވަނީ 2010 ގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވާފަ އެވެ. އެ މަގާމުގައި ހުންނަވާފައި ހާރިޖީ ދާއިރާއަށް ބަދަލުވެވަޑައިގަތީ 2015 ގައި އެވެ. 

ގީލާ ވަނީ ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންއިން މާސްޓާޒް އޮފް ޕަބްލިކް ހެލްތު ހާސިލްކުރައްވާފަ އެވެ. އަދި މި ފަހުން އޭނާ ވަނީ އެވިޑް ކޮލެޖުން ޝަރީއާ އެންޑް ލޯއިން ޑިގްރީ ހާސިލްކުރައްވާފަ އެވެ.

އަލީ ޝަރީފު

ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވި އަލީ ޝަރީފްއަކީ މި ސަރުކާރުގެ ސްޕެޝަލް އެންވޯއި ފޯ ކްލައިމެޓް ޗޭންޖެވެ.

ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު އަލީ ޝަރީފު
ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު އަލީ ޝަރީފު

ރައީސްގެ ހާއްސަ މަންދޫބަށް ވެވަޑައިގަތުމުގެ ކުރިން އަލީ ޝަރީފް ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފަ އެވެ. 

އަލީ ޝަރީފު ވަނީ ކްލައިމެޓް އެންވޯއީގެ ހައިސިއްޔަތުން  ބްރެޒިލްގައި ބޭއްވުނު ކޮޕް30  ކޮންފަރެންސް ފަދަ ބައްދަލުވުންތަކުގައި، ރާއްޖެ ތަމްސީލުކުރައްވާފަ އެވެ. އޭނާއަކީ ކްލައިމެޓް ޗޭންޖް ސްޕެޝަލިސްޓެކެވެ.

އިރުތިޝާމް އާދަމް

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ހުންނެވީ އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމުގަ އެވެ. އިރުތިޝާމް ގިނަ ދުވަސްތަކެއް ވަންދެން ހާރިޖީ ދާއިރާގައި މަސައްކަތް ކުރެއްވި އެވެ. 

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް

ހާރިޖީ ދާއިރާގައި މަސައްކަތް ކުރެއްވުމަށްފަހު، އިރުތިޝާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެލްތު މިނިސްޓަރު ކަމާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަން ކުރައްވާފަ އެވެ. 

އިރުތިޝާމް ހާރިޖީ ދާއިރާގައި މަސައްކަތް ކުރެއްވި ދުވަސްވަރު ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ މަގާމު ވެސް ފުރުއްވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox