ރައީސް މުހައްމަދު މުއިއްޒު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
ސައުދީން މުއިއްޒު ވަޑައިގެންނެވިއިރު، ވެލާނާ އެއާޕޯޓުގެ ރަންވޭ މަތީގައި އެމަނިކުފާނުގެ އިސްތިގުބާލުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ބައެއް ވަޒީރުންނާއި ސަލާމާތީ ބާރުތަކުގެ ވެރިން ތިއްބެވި އެވެ.
މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަމަށް ސައުދީއަށް ވަޑައިގެންނެވީ ކައުންސިލު އިންތިހާބާއި ރެފަރެންޑަމް ވޯޓުގައި ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވިތާ ދެ ދުވަސް ފަހުންނެވެ.
އޭރު ރައީސް އޮފީހުން ބުނީ މިއީ ސައުދީ ސަރުކާރުން ހުރިހާ ހަރަދުތަކެއް ހަމަޖެހިގެން ކުރި ދަތުރެއް ކަމަށެވެ.














