ޕެންޝަން އޮފީހުގައި ޗެއާޕާސަން، ސީއީއޯ، ސީއެފްއޯ ނެތި އެތައް މަހެއް!

ޕެންޝަން އޮފީހުގެ ވެރިން އިސްތިއުފާ ދިނީ އެ އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރަން އުޅުނު މައްސަލައެއްގައި: މި މުއާމަލާތާ ގުޅިގެން އިސްތިއުފާ ދިން މަގާމުތަކަށް މިއަދާ ހަމައަށް ބަޔަކު ނުވޭ --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ޕެންޝަން އޮފީހުގެ ވެރިން އިސްތިއުފާ ދިނީ އެ އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރަން އުޅުނު މައްސަލައެއްގައި: މި މުއާމަލާތާ ގުޅިގެން އިސްތިއުފާ ދިން މަގާމުތަކަށް މިއަދާ ހަމައަށް ބަޔަކު ނުވޭ --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ރާއްޖޭގައި ވަޒީފާ އަދާކުރާ އަދާކުރާ ގިނަ ދިވެހިންގެ ރިޓަޔަމަންޓު ފަންޑުތައް ބަލަހައްޓާ ޕެންޝަން އޮފީހުގައި ޗެއާޕާސަން އާއި ސީއީއޯ އާއި ސީއެފްއޯއެއް ނެތި އެ އިދާރާއިން މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ޕެންޝަން އޮފީހުގެ މި މަގާމުތަކުގައި ކުރިން ތިބި މީހުން އިސްތިއުފާ ދިނީ، އެ އޮފީސް މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމާ އެއްވަރުގެ މުއާމަލާތެއް ހިންގަން އުޅުމުންނެވެ. މި މައްސަލައިގައި ޕެންޝަން އޮފީހުގެ އޭރުގެ ވެރިންނާއި ގިނަ ބޯޑު މެންބަރުން ވެސް އިސްތިއުފާ ދެއްވި އެވެ.

ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ދެކޮޅު ހެދުމަށް ފަހު ޕެންޝަން އޮފީހުގެ ބޯޑުން އެންމެ ފުރަތަމަ އިސްތިއުފާ ދިން މީހަކު، އެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވަން އިންނެވި މުހައްމަދު ސަރުވަޝް އާދަމެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު 22، ގައި އެވެ. 

Advertisement

މި މަގާމަށް މީހަކު ހޯދަން ޕެންޝަން އޮފީހުން އެތައް ފަހަރެއްގެ މަތިން އިއުލާންކުރި ނަމަވެސް މިއަދާ ހަމައަށް އެ މަގާމުގައި މީހަކު ނެތެވެ. 

ސަރުވަޝްގެ ފަހުން އިސްތިއުފާ ދެއްވީ، އެ އޮފީހުގެ ސީއެފްއޯގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ  މިދިޔަ އަހަރުގެ ނޮވެމްބަރު 4، ގައި އެވެ. 

ފަޖުވާ ހުރި މަގާމަށް މީހަކު ހޯދަން ވެސް ފަސް ފަހަރެއްގެ މަތިން އިއުލާންކޮށްފައިވެ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ސީއެފްއޯއެއް ނެތެވެ. 

މި ދެ މީހުން އިސްތިއުފާ ދިން ފަހުން، ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވަން ބޯޑުގައި އިންނެވި އަޝްރަފް ރަޝީދު ވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރުގައި އިސްތިއުފާ ދެއްވާފަ އެވެ. ފިނޭންސުން ވަނީ އޭނާގެ ބަދަލުގައި އައިމިނަތު ޝަޒްރާ މޫސާ ހަމަޖައްސާފަ އެވެ. 

ޕެންޝަން އޮފީހުގެ ފުރަތަމަ ބުރުގެ އިސްތިއުފާތަކަށް މަސްތަކެއް ފަހުން، އެ ބޯޑުގެ ޗެއާޕަސަންގެ މަގާމުގައި ހުންނެވި އަހުމަދު އިނާޒު ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 1 ގައި އިސްތިއުފާ ދެއްވާފަ އެވެ. 

އިނާޒު އިސްތިއުފާ ދިނުމުން ޖެހިގެން އައި ދުވަހު ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ހުޅުވާލި އެވެ. އެ ފަހުން އިތުރު އިއުލާނެއް ވެސް ކުރި އެވެ. ނަމަވެސް މިއަދާ ހަމައަށް އެ ބޯޑުގެ ޗެއާޕާސަންގެ މަގާމު އޮތީ ހުހަށެވެ. 

އިނާޒުގެ ފަހުން ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވި ނަމަވެސް އެ މަގާމަށް މީހަކު ހޯދަން އިއުލާނެއް ނުކުރެ އެވެ.

ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވި ތިން ވަނަ މީހަކީ ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވަން ބޯޑުގައި އިންނެވި މުހައްމަދު މާދިން ލަތީފެވެ. މާދިން އިސްތިއުފާ ދެއްވުމުން ބޯޑުން ހުސްވީ މަގާމަށް ވެސް މިއަދާ ހަމައަށް މީހަކު ނުވެ އެވެ. 

ޕެންޝަން އޮފީހާއި އެ އޮފީހުގެ ބޯޑުން އިސްތިއުފާ ދިން މަގާމުތަކަށް މީހުން އައްޔަނު ނުކޮށް މިހާ ދިގުލައިގެންދާ ސަބަބު ސާފުކުރަން އެ އޮފީހަށް ގުޅުމުން ބުނީ އެކަށީގެންވާ ވަރަށް ހުށަހެޅުންތައް ނުލިބެނީ ކަމަށެވެ. 

މި ވަގުތު ޕެންޝަން އޮފީހުގެ ބޯޑުގައި ޗެއާޕާސަން އާއި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރަން ތިބޭ ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރުން ނެތުމުން، އަށް މެންބަރުން ތިބެން ޖެހޭ ބޯޑުގައި ތިބީ ހަތަރު މެންބަރުންނެވެ. އެއީ ޝަޒްރާ އާއި ސޯޝަލް ސެކިއުރިޓީ އާސިފް ހަނީފް އާއި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރަން ތިއްބަވާ މިޒުނާ އަހުމަދާއި އަބްދުލް މަޖީދު އަލީ އެވެ. 

ޕެންޝަން އޮފީހުގެ ވެރިންނާއި ބޯޑު މެންބަރުން އިސްތިއުފާ ދިން މައްސަލަ ބިނާވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑު މުއާމަލާތް އެ އޮފީހުން ހިންގި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ. ހަމަ ޔަގީނުން ވެސް މިދިޔަ އަހަރުގެ ނިޔަލާ ހަމައަށް، ޕެންޝަން އޮފީހުން ބުނެފައިވާ ފަދަ ދިގު މުއްދަތުގެ ޑުއަލް ކަރަންސީ ބޮންޑަކަށް އިންވެސްޓުކޮށްފައިވާ ކަމަކަށް އެ އޮފީހުގެ އިންވެސްޓްމަންޓް ޑިސްކްލޯޝާތަކުގައި ނެތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox