ހަނގުރާމަ މެދުކަނޑާލި ފަހުން ކުންފުނިތަކަށް ހަރަދު ކުޑަކުރަން އަންގައިފި

ފިނޭންސް މިނިސްޓްރީ އާއި ޕީސީބީ ހުންނަ އިމާރާތް: ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި އިދާރާއަކީ ޕީސީބީ --- ފޮޓޯ: އަދަދު

ފިނޭންސް މިނިސްޓްރީ އާއި ޕީސީބީ ހުންނަ އިމާރާތް: ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި އިދާރާއަކީ ޕީސީބީ --- ފޮޓޯ: އަދަދު

އިރާނު ހަނގުރާމަ ފެށި ފަހުން އިގުތިސޯދީ ފިއްތުންތައް އިތުރުވަމުން ދިޔަ އިރު ވެސް ހަރަދު ކުޑަކުރުމުގެ އެއްވެސް ފިޔަވަޅެއް ނާޅައި ތިބުމަށް ފަހު, އެ ހަނގުރާމަ މެދުކަނޑާލި ފަހުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރު ކުންފުނިތަކަށް މިއަދު އަންގައިފި އެވެ. 

ޕީސީބީން އާންމުކޮށް ޝާއިއުނުކޮށް، ސީދާ ކުންފުނިތަކަށް ފޮނުވި ސާކިއުލާގައި ވަނީ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ހަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތައް އަޅަން އަންގާފަ އެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީތަކުން ވެސް އަޅަން ޖެހޭ ފިޔަވަޅުތަކެކެވެ. 

ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް

  • ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.
  • ރަސްމީގަޑީގައި މަސައްކަތްތައް ނިންމޭނެ ގޮތަކަށް ކުންފުނީގެ މަސައްކަތްތައް ރޭވުމާއި، ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތްނުކުރުން.
  • މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މި ވަގުތަށް ހުއްޓާލުމާއި އަދި ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގަމެއްކަމުގައި ވީނަމަވެސް، ކުންފުނީގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން މަގާމުތަކަށް ނުނެގުން.
  • ކުންފުނީގެ ކޭޝްފުލޯ ދަތިނުވެ، ދެމެހެއްޓެނިވިގޮތަކަށް ކޭޝްފުލޯ މެނޭޖުކުރުމަށްޓަކައި، މުވައްޒަފުންގެ މުސާރައިގެ ހަރަދުތައް މެނޭޖުކުރުމުގައި އަޅަންޖެހޭ އެންމެހާ އެހެނިހެން ފިޔަވަޅުތައް އެޅުން.
  • ކުންފުނީގެ ހިންގާ ގަވާއިދާއި، އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ކުންފުނިން ނުކުރާކަން ޔަގީންކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން.
  • މެދުއިރުމަތީގެ ހަމަނެޖެހުންތަކާއި ގުޅިގެން އިގުތިސޯދަށް ކުރާނެ އަސަރުތަށް ދިރާސާކޮށް ފިޔަވަޅުތައް އެޅުމާއި، ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅުތައް އެޅުމަށް ސަމާލުކަންދިނުން.
  • ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް މެނުވީ ނުބޭއްވުމާއި، އަދި ހަފްލާތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް ވަސީލަތްތައް ހިއްސާކުރުމާއި، ހަފްލާތަކަށް ކުރާ ހަރަދު ވީހާ ވެސް ކުޑަކުރުން.

މި ފިޔަވަޅުތަކާއެކީ،  ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ހަރަދުތައް މެނޭޖްކުރުމަށްޓަކައި މި ނޫނަސް އެޅުން މުހިންމު އެހެނިހެން ފިޔަވަޅުތައް އަޅަން ޕީސީބީން ވަނީ ކުންފުނިތަކުގެ ބޯޑަށް އަންގާފަ އެވެ. 

އިރާނު ހަނގުރާމައަށް 40 ދުވަސް ފަހުން ހަރަދުކުޑަކުރަން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ސަރުކާރު ކުންފުނިތަކަށް އެންގިއިރު، މިދިޔަ ހަފުތާ ބަންދުގައި އިންތިހާބުތަކާއި ރިފަރެންޑަމް  ވޯޓު ނެގުމާ ހަމައަށް އެ ކުންފުނިތަކުން ދިޔައީ ގިނަ އަދަދަކަށް މުވައްޒަފުން ނަގަމުންނެވެ. 

މީގެ ކުރިން ޕީސީބީން އެޅި ހަމައެކަނި ފިޔަވަޅަކީ، ސަރުކާރުން ވެސް ހަރަދު ކުޑަކުރަން ކަމަށް ބުނެ އަޅައިގެން އުޅޭ ދަތުރުތަކަށް ކުރާ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅު އެކަންޏެވެ. ދަތުރު ކުރުމުގެ ހަރަދުތައް ކުޑަކުރަން އެންގީ ވެސް މިދިޔަ މަހުގެ 30 ގައި، ނެރުނު ސާކިއުލާއެއްގައި އެވެ. 

މިކަމާ ގުޅިގެން ސަރުކާރާ ސުވާލު ކުރިމަތިކުރުމުން ތަކުރާރުކޮށް ބުނަމުން ދިޔައީ، މުވައްޒަފުން ނަގަމުން ދިޔައީ ބަޖެޓުކޮށްފައި ހުރި ޕްރޮޖެކްޓުތަކަށް ބޭނުންވާ ވަރަށް ކަމަށެވެ. އަދި، މިއީ އިންތިހާބާ ގުޅިގެން ދޭ ވަޒީފާތަކަށް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު އާއި ވަޒީރުން ވެސް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. 

ހަމަ އެހެންމެ، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނާޅަނީ އިންތިހާބު ބޯމަތިވެފައި އޮތުމުންތޯ އެހި ސުވާލުތަކަށް ޖަވާބުދެމުުން ވެސް މުއިއްޒު އާއި ވަޒީރުން ވަނީ އެ ކަން ދޮގުކޮށްފަ އެވެ. 

"އިންތިހާބު ނިމިގެން އަޅަން ބަހައްޓާފައި ހުރި ފިޔަވަޅެއް ނުހުންނާނެ، އަޅުގަނޑުމެން މިދަނީ ވީކްލީ މީޑިއާ މެދުވެރިކޮށް ފިޔަވަޅުތައް، އަޅަން ގަސްތުކުރާ ސިޔާސަތުތައް އިއުލާން ކުރަމުން،" މުއިއްޒު ވިދާޅުވި އެވެ.

މިހެން ނަމަވެސް، އިންތިހާބާއި ރެފަރެންޑަމް ވޯޓުން ސަރުކާރަށް ލިބުނު ބޮޑު ބައްޔަށް ފަހު ހަރަދު ކުޑަކުރަން މަސައްކަތްތަކެއް ކުރަން ވަނީ ފަށާފަ އެވެ. ނަމަވެސް ގިނަ ފިޔަވަޅުތައް އަޅަމުން ދަނީ ސިއްރިއްޔާތުގައި، އެތެރޭގެ އެންގުންތަކުންނެވެ. މީގެ ކުރިން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ މިހެން އަޅާ ފިޔަވަޅުތައް ހާމަނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox