އެމްއޭސީއެލްއަށް ޑްރެޖަރުތަކަށް ތެޔޮ ނާޅަދެވިގެން ގިރާވަރު ފަޅު ހިއްކުން މެދުކެނޑިފަ

ގިރާވަރު ފަޅު ހިއްކަނީ: އަންނަ މަހުގެ ނިޔަލަށް ހިއްކާ ނުނިމޭނެ --- ފޮޓޯ: އެމްއޭސީއެލް

ގިރާވަރު ފަޅު ހިއްކަނީ: އަންނަ މަހުގެ ނިޔަލަށް ހިއްކާ ނުނިމޭނެ --- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްއިން އެއްބަސްވެފައިވާ ގޮތަށް ގިރާވަރު ފަޅު ހިއްކުމުގައި ބޭނުންކުރަމުން އަންނަ ޑްރެޖަރުތަކަށް ތެޔޮ ނާޅައިދޭތީ، ބިން ހިއްކުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަން އެނގިއްޖެ އެވެ. 

މި ނޫހުން އެއްކުރި މައުލޫމާތުން ދައްކާ ގޮތުގައި ގިރާވަރު ހިއްކުމުގައި ހަރަކާތްތެރިވަމުން އައި ބޮސްކާލިސްގެ އޮރާންޖޭ އާއި  ޕްރިންސް ޑާ ނެޑާލެންޑަން އޮތީ ގުޅީފަޅާ ދިމާލުން ބޭރު އެންކަރުގަ އެވެ. 

މެރިން ޓްރެފިކް ވެބްސައިޓުތަކުގައި ހުރި ޓްރެކިން މައުލޫމަތުން ދައްކާ ގޮތުގައި ވޭތުވި 24 ގަޑިއިރުގެ ތެރޭގައި މި ދެ ޑްރެޖަރުން ކުރެ ޑްރެޖަރަކުން ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް، މަސައްކަތް ހުއްޓުނީ ކޮން ދުވަހަކުން ކަމެއް ކަށަވަރުވާ ގޮތެއް އަދި ނުވެ އެވެ.

މިކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން ނަން ނުޖަހާ ގޮތަށް މި ނޫހަށް މައުލޫމާތު ދެމުން ބުނީ މައްސަލައަކަށް ތެލުގެ އަގު އުފުލުމެވެ. އޭނާ ބުނި ގޮތުގައި، އެމްއޭސީއެލްއިން ހަވާލުވެފައިވާ ބިން ހިއްކުމުގެ ޕްރޮޖެކްޓުތަކުގައި ބޭނުންކުރާ ހުރިހާ ޑްރެޖަރުތަކަށް ތެޔޮ އަޅައިދެނީ އެ ކުންފުނީގެ ހަރަދުގަ އެވެ. 

އޭޕްރިލް 15، 2026 ގައި ބޮސްކާލިސްގެ ޕްރިންސް ޑާ ނެޑާލެންޑަން އެންކަރުކޮށްފައި އޮތް ލޮކޭޝަން ---- ފޮޓޯ: މެރިން ޓްރެފިކް
އޭޕްރިލް 15، 2026 ގައި ބޮސްކާލިސްގެ ޕްރިންސް ޑާ ނެޑާލެންޑަން އެންކަރުކޮށްފައި އޮތް ލޮކޭޝަން ---- ފޮޓޯ: މެރިން ޓްރެފިކް

މިހެން ކަމުން، މި ދުވަސްވަރު ތެލުގެ އަގު އުފުލިފައި ހުރި ވަރުން، ބަޖެޓު ކުރި ވަރަށް ވުރެ ވަރަށް ވުރެ ދެ ތިން ގުނަ، ތެޔޮ އަޅައިދޭން ހަރަދުކުރަން ޖެހޭތީ "ކުޑަކޮށް މަޑުޖައްސާލީ" ކަމަށް އޭނާ ބުންޏެވެ.

"ޕްރޮޖެކްޓު ކުރިއަށް އެބަދޭ. ހުއްޓާލި ނަމަ ޑްރެޖަރުތަކެއް ނުހުންނާނެ. އެކަމަކު ތެޔޮ ހަރަދު މާ ބޮޑު ވާތީ، އެ ކަމުގައި ކުރިއަށް ދާނެ ގޮތްތަކެއް ނިންމަން މަޝްވަރާތަކެއް ހިނގާތީ ޑްރެޖަރުތައް އެންކަރުކުރީ،"  އެ މީހާ ބުންޏެވެ. 

މި ޕްރޮޖެކްޓު އެމްއޭސީއެލްއާ ހަވާލުކުރީ، ކުރިން އެ ޕްރޮޖެކްޓު ހިންގަމުން އައި މޯލްޑިވްސް ފަންޑް މެނޭޖުމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އަށް މަސައްކަތް ނުކުރެވި، ދިގުލައިގެންދާތީ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވަނީ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވިދާލުވި އެވެ. 

ގިރާވަރުފަޅު ހިއްކައި ނިންމަން އިންތިހާބުގެ ކުރިން ދިން ތާރީހު ބަދަލުވެއްޖެ

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މި އޭޕްރިލް މަހަށް ނިންމާލެވޭނެ ކަމަށް މުއިއްޒު ކުރިން ވިދާޅުވި ނަމަވެސް، އެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ މެއި މަހުގެ ނިޔަލަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި. މިނިސްޓަރު ވިދާޅުވީ މިހާތަނަށް 98 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް.

އެމްއޭސީއެލްއިން މި ޕްރޮޖެކްޓު ހިންގަމުން އަންނަނީ އެ ކުންފުނީގެ ސަބްސިޑަރީ މެރިން އިންޓަގްރޭޓަޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް (އެމްއައިއައިޑީ) ގެ ދަށުންނެވެ. އެ ކުންފުނިން މި ޕްރޮޖެކްޓާ ހަވާލުވުމަށް ފަހު، ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖެނުއަރީ 31، ގައި އެވެ. 

އެމްއެފްއެމްސީން މި ޕްރޮޖެކްޓު ހުއްޓާލިއިރު ހިއްކާ ނިމުނީ 54 ހެކްޓަރުގެ ބިމެވެ. މުއްތޮލިބު މަޖިލީހަށް މައުލޫމާތު ދެއްވި ގޮތުގައި، އެމްއޭސީއެލްއިން މި ޕްރޮޖެކްޓާ  ޕްރޮޖެކްޓާ ހަވާލުވެ ބިން ހިއްކަން ފެށި ފަހުން، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް 44 ހެކްޓަރުގެ ބިން ހިއްކައިފި އެވެ. 

"މިހާތަނަށް 98 ހެކްޓަރުގެ ބިން ވަނީ ހިއްކިފައި. ހިއްކާ ބާކީ ހުރި ބައި ހިއްކާ ނިމޭނެ ކަމަށް ލަފާ ކުރެވެނީ 31 މެއި 2026 ގައި،" އޭނާ ވިދާޅުވި ވިދާޅުވި އެވެ. 

މިއީ ކުރިން މި ޕްރޮޖެކްޓު ނިމޭނެ ކަމަށް ބުނި ތާރީހަށް ވުރެ ދެ މަސް ދުވަސް އިތުރު މުއްދަތަކެވެ. ލޯކަލް ކައުންސިލް އިންތިހާބާއި ރިފަރެންޑަމް ވޯޓުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ މަހުގެ ނިޔަލަށް މަސައްކަތް ނިމި، ޖޫންގައި ގޯތި ހަވާލުކުރަން ފެށޭނެ ކަމަށެވެ. 

އޭޕްރިލް 15، 2026 ގައި ބޮސްކާލިސްގެ އޮރާންޖޭ އެންކަރުކޮށްފައި އޮތް ލޮކޭޝަން --- ފޮޓޯ: މެރިން ޓްރެފިކް
އޭޕްރިލް 15، 2026 ގައި ބޮސްކާލިސްގެ އޮރާންޖޭ އެންކަރުކޮށްފައި އޮތް ލޮކޭޝަން --- ފޮޓޯ: މެރިން ޓްރެފިކް

މުއިއްޒު އޭރު ހިއްސާކުރެއްވި ތާރީހަށް ބިން ހިއްކުން ނުނިމުނުއިރު، ބިން ހިއްކުމުގެ މަސައްކަތް މިހާރަށް މަޑުޖެހިފައިވާތީ މުއްތޮލިބު ދެއްވި ތާރީހަށް ވެސް މަސައްކަތް ނުނިމޭނެ ކަމަށް އަދަދު ނޫހަށް ލަފާކުރެވެ އެވެ. 

އަދަދުގެ މި ލަފާކުރުންތައް ބިނާކުރީ، މުއްތޮލިބު މަޖިލީހާ ހިއްސާކުރެއްވި އަދަދުތަކާއި ތާރީހުތައް ބޭނުންކޮށްގެންނެވެ. 

މުއްތޮލިބު ވިދާޅުވި ގޮތުން ނަމަ އެމްއޭސީއެލްއިން މަސައްކަތާ ހަވާލުވެ، 69 ދުވަހުގެ ތެރޭގައި ހިއްކުނީ 44 ހެކްޓަރެވެ. އެއީ ދުވާލެއްގެ މައްޗަށް 0.6 ހެކްޓަރެވެ. މިއީ ބޮސްކާލިސްގެ ބޮޑު މާސިންގާ ދެ ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކޭ ވަރެވެ.

މިހާރު ބިން ހިއްކޭ ރޭޓުގައި ބާކީ ހިއްކަން އޮތް 71 ހެކްޓަރު ހިއްކާ ނިންމަން 110 ދުވަސް ބޭނުންވެ އެވެ. މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް މުއްތިލިބު ދެއްވި ތާރީހު އަންނަން ބާކީ 45 ދުވަސް އޮތް އިރު، އެ ތާރީހަށް ނިންމަން ދުވާލަކަށް 1.5 ހެކްޓަރުގެ ބިން ހިއްކަން ޖެހެ އެވެ. 

ގިރާވަރު ފަޅު ހިއްކުމުގެ ޕްރޮޖެކްޓުގެ އަސްލު ދުވެލި ހުރި ގޮތުން، ބިން ހިއްކުމުގެ ބައި އެއްކޮށް ނިމޭނެ ކަމަށް ބޮޑަށް ބެލެވެނީ އޮގަސްޓުގަ އެވެ. އެކަމަކު، ތެލުގެ މައްސަލަ ހައްލުވަންދެން ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައިވާތީ، އެ ތާރީހަށް ވެސް ބިން ހިއްކުން ނުނިމުމުގެ ފުރުސަތު އެބައޮތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox