ޕީއެސްއެމްއިން އިންތިހާބުގެ ނަތީޖާ ރިޕޯޓެއް ނުކުރޭ، ނަތީޖާ ޕޭޖު ޑައުން

ޕީއެސްއެމްގެ އެމްޑީ ޝަކީބު ރައީސް މުއިއްޒު އިންޓަވިއުކުރައްވަނީ: މިނިވަންކަމާއެކު ހަބަރު ގެނެސްދިނުމަކީ ޕީއެސްއެމްގެ ގާނޫނީ ޒިންމާއެއް --- ފޮޓޯ: ރައީސް އޮފީސް

ޕީއެސްއެމްގެ އެމްޑީ ޝަކީބު ރައީސް މުއިއްޒު އިންޓަވިއުކުރައްވަނީ: މިނިވަންކަމާއެކު ހަބަރު ގެނެސްދިނުމަކީ ޕީއެސްއެމްގެ ގާނޫނީ ޒިންމާއެއް --- ފޮޓޯ: ރައީސް އޮފީސް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުން ދެކޭ ގޮތެއް ބަލަން ނެގި ރެފަރެންޑަމް ވޯޓުގެ ނަތީޖާއާ ގުޅޭ ހަބަރެއް ނުލިޔެ، ވޯޓުގެ ނަތީޖާގެ މައުލޫމާތު ހުރި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޕޭޖު ޑައުންކޮށްލައިފި އެވެ. 

ޕީއެސްއެމްއިން އިންތިހާބުގެ ނަތީޖާއާ ގުޅޭ އެއްވެސް ހަބަރެއް ސުރުހީއަށް ގެނެސްފައިނުވާއިރު، އިންތިހާބުގެ ނަތީޖާގެ މައުލޫމާތު ހިމެނީ "ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ ބަޔަކު ވޯޓްލީ މިފަހަރު!" ސުރުހީގައި ލިޔެފައިވާ ހަބަރެކެވެ. މި ހަބަރުގައި ވެސް އެ ބައި ހިމަނާފައި އޮތީ ހަބަރު ނިންމާލަމުންނެވެ.  

"މި އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ގިނަ ރަށްރަށުގެ ކައުންސިލްތަކުގެ ގޮނޑިތަކާއި ކައުންސިލް ރައީސްގެ މަގާމު ކާމިޔާބުކޮށްފައި ވަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އަދި ގިނަ ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމުވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ. ސިޓީތަކުގެ މޭޔަރުގެ މަގާމާއި ސިޓީ ކައުންސިލް ގިނަ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ވޯޓުގައި ގިނަ ރައްޔިތުން ތާއީދުކޮށްފައި ވަނީ އިންތިޚާބުތައް އެއް ދުވަހެއްގައި ނުބޭއްވުމަށެވެ." ޕީއެސްއެމްގެ ހަބަރުގައި ވެ އެވެ. 

މި ހަބަރުގައި ލިޔެފައި ހުރި ބައެއް މައުލޫމާތުތަކަކީ ވެސް ސަރުކާރު އަތަށް ބުރަވެ، އެ މީޑިއާއިން ލިޔެފައިވާ ގޯސް މައުލޫމާތުތަކެވެ. އިއްޔެ ބޭއްވި އިންތިހާބުގައި ގިނަ ރަށްރަށުގެ ކައުންސިލުގެ ގޮނޑިތައް ކާމިޔާބުކުރީ ޕީއެންސީން ނޫނެވެ. 

ދައުލަތުގެ މީޑިއާގައި މި ހަބަރު ޝާއިއުކުރިފަހުން، އިއްޔެ ނެގި ވޯޓާ ގުޅޭ ހަބަރަކަށް އޮތީ ރައީސް މުހައްމަދު މުއިއްޒު މި ނަތީޖާ ގަބޫލުކުރި ކަމަށް ލިޔުނު ހަބަރާއި ތަފާތުކުރުމެއްނެތި ހުރިހާ ކައުންސިލުތަކާއެކީ މަސައްކަތްކުރާނެ ކަމަށް ކައުންސިލު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ހަބަރެކެވެ.

އިންތިހާބުގެ ނަތީޖާގެ ހަބަރުތައް އާންމުންނާ ހަމައަށް ނުގެނެސްދީ ޕީއެސްއެމްގެ އެޑިޓޯރިއަލްއިން ހިފަހައްޓައިގެން ތިބިއިރު މިއީ ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި، ނުފޫޒުން އެއްކިބާވުމުގެ ގޮތުން، ވަކި ފަރާތެއްގެ ސިޔާސީ މަސްލަހަތު ހިމާޔަތްކުރުމަށް ޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ޕީއެސްއެމްއިން ހިންގައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮންނަ މާއްދާއާ ސީދާ ހިލާފު ނިންމުމެކެވެ. 

އޭގެ އިތުރުން، ރޭ ޕީއެސްއެމްއިން ގެނެސްދިން އިލެކްޝަން ކަވަރޭޖުގައި، ފެންނަ ނުފެންނަ ވޯޓުގައި ގިނަ ބަޔަކު "ނޫނެކޭ" އަށް ވޯޓުލާފައިވާ ކަމަށް އެހެން މީޑިއާތަކުން ނަތީޖާ ޝީޓުތައް އަރުވައި، ނަތީޖާ ދައްކަމުން ދިޔައިރު، ޕީއެސްއެމްއިން ވަނީ އެ ނަތީޖާ ކަވަރޭޖުގެ ތެރެއިން ނުގެނެސްދީ ވެސް ގިނަ އިރުތަކެއް ވަންދެން ހިފަަހައްޓާފަ އެވެ. 

ޕީއެސްއެމްއާ މަތިކޮށްފައިވާ ގާނޫނީ ޒިންމާއާ ހިލާފަށް އެ މީޑިއާއިން މަސައްކަތް ކުރަމުން އަންނައިރު، ވޯޓަށް ކުޑަތަން ވެފައި އޮއްވާ ޕީއެސްއެމްގެ ގިނަ މުވައްޒަފުންތަކަކަށް ޕްރޮމޯޝަން ދިން ކަމުގެ ކަށަވަރު މައުލޫމާތު އަދަދު އަށް ވަނީ ލިބިފަ އެވެ. 

ސިއްރު މަސްދަރަކުން މި ނޫހާ ހިއްސާކުރި މައުލޫމާތުން އެނގުނު ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ދެ މީހަކު ވަނީ އެގްޒެކެޓިވް ޑިރެކްޓަރު ކަމަށް ޕްރޮމޯޓުކޮށްފަ އެވެ. އެހެން ތިން މީހަކު ވަނީ ޑެޕިއުޓީ ޑިރެކްޓަރު ކަމަށް ޕްރޮމޯޓުކޮށްފަ އެވެ. އަދި ކުރިން އެސިސްޓަންޓް މެނޭޖަރު މަގާމުގައި ހުރި މީޙަކު ވަނީ ޓީވީ ޕްރޮޑަކްޝަން ޑިޕާޓުމަންޓުގެ ލީޑަކަށް ޕްރޮމޯޓުކޮށްފަ އެވެ. 

އަދަދު އަށް މައުލޫމާތު ދިން މަސްދަރުން ބުނީ މި ޕްރޮމޯޝަންތައް ދިނުމުގައި އިސްކޮށް އުޅުނީ  ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބެވެ. މިކަމަށް ބާރުދޭނެ މައުލޫމާތު ވެސް އޭނާ ހިއްސާކުރި އެވެ.

އިންތިހާބުގެ ވޯޓުގެ ކުރިން ވެސް ޕީއެސްއެމްއިން ސަރުކާރުގެ މަސްލަހަތުގައި މަސައްކަތް ކުރާ ކަމަށް ބުނެ އާންމުންނާއި އިދިކޮޅުން ފާޑުކިޔާފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox