ވޯޓު އެއްވަރުވީ ދާއިރާތަކުގެ ދެ ވަަނަ ބުރު ހޮނިހިރު ދުވަހު ބާއްވަނީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން: މިއީ މިހާތަނަށް ކައުންސިލު އިންތިހާބެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލީ ފަހަރު --- ފޮޓޯ: އަދަދު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން: މިއީ މިހާތަނަށް ކައުންސިލު އިންތިހާބެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލީ ފަހަރު --- ފޮޓޯ: އަދަދު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިހާބުގައި ވޯޓު އެއްވަރުވެގެން ދެ ވަނަ ބުރު ބާއްވަން ޖެހޭ ގޮނޑިތަކުގެ އިންތިހާބު އަންނަ ހޯމަ ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިއުލާންކޮށްފި އެވެ. 

އީސީން ދެވަނަ ބުރު އޮންނާނެ ދާއިރާތަކެއް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ނަމަވެސް، އެ ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި ވޯޓު އެއްވަރުވީ ފަސް ގޮނޑިއެއްގެ އެވެ. އެއީ ކައުންސިލު ދެ ގޮނޑި އާއި ޑަބްލިއުޑީސީގެ ތިން ގޮނޑި އެވެ. 

ވޯޓު އެއްވަރުވީ ގޮނޑިތައް

  • ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި: ޕީއެންސީ ކެންޑިޑޭޓު އައިޝަތު މުނާ އާއި އެމްޑީޕީ ކެންޑިޑޭޓު އާމިނަތު ރަފާހު، 113 ވޯޓު
  • ފުވަމުއްލަކު ދަނޑިމަގު ދާއިރާ: ޕީއެންސީ ކެންޑިޑޭޓު އައިޝަތު އަބްދުލް ގާދިރު އާއި އަމިއްލަ ކެންޑިޑޭޓު ޝިޒާ އިބްރާހިމް، 484 ވޯޓު
  • ހއ. ކެލާ ޑަބްލިއުޑީސީ ރައީސް: އެމްޑީޕީ ކެންޑިޑޭޓު މަހުދިއްޔާ އާދަމް އާއި ޕީއެންސީ ކެންޑިޑޭޓު ހައްވާ ފަޒްނާ، 587 ވޯޓު
  • ހދ. ނޭކުރެންދޫ ޑަބްލިއުޑީސީ މެންބަރު: ޕީއެންސީ ކެންޑިޑޭޓު ފާތިމަތު ރިއުޒާ އާއި އަމިއްލަ ކެންޑިޑޭޓު ފާތިމަތު ނިޝާދާ، 300 ވޯޓު
  • ލ. މާވަށް ޑަބްލިއުޑީސީ މެންބަރު: ޕީއެންސީ ކެންޑިޑޭޓު ފާތިމަތު ޝަފިއްޔާ އާއި އެމްޑީޕީ ކެންޑިޑޭޓު މަރިޔަމް މާއިޝާ، 564 ވޯޓު

މިދިޔަ އިންތިހާބަކީ ލޯކަލް ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ވޯޓު ލާން ނިކުތް ފަހަރެވެ. މި ފަހަރުގެ އިންތިހާބުގައި 215،346 މީހަކު ވޯޓުލާފައި ވާއިރު، މިއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 73 ޕަސެންޓެވެ. 

މި އިންތިހާބުގައި ކައުންސިލުތަކުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީންނެވެ. ޑަބްލިއުޑީސީ ގިނަ ގޮނޑިތައް ކާމިޔާބުކުރީ ޕީއެންސީންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox