އެމްޓީސީސީ ޓެކްސީތައް ގަވާއިދާ ހިލާފު، ފިޔަވަޅު އަޅައިދީ: ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާ

ސަރުކާރުގެ ޓެކްސީ ލައިން ހިދުމަތުގައި ބޭނުންކުރާ ކާރެއް: މި ހިދުމަތުގައި ބޭނުންކުރަނީ ހުސް ކަރަންޓުން ދުވާ ކާރު --- ފޮޓޯ: އަދަދު

ސަރުކާރުގެ ޓެކްސީ ލައިން ހިދުމަތުގައި ބޭނުންކުރާ ކާރެއް: މި ހިދުމަތުގައި ބޭނުންކުރަނީ ހުސް ކަރަންޓުން ދުވާ ކާރު --- ފޮޓޯ: އަދަދު

ވިޔަފާރީގެ ވާދަވެރިކަން ދެމެހެއްޓުމުގެ ގާނޫނާއި ސަރުކާރުން ހަދާފައިވާ ޓެކްސީ ގަވާއިދާ ހިލާފަށް އެމްޓީސީސީން މާލޭ ޓެކްސީ ލައިނުގެ ހިދުމަތް ދެމުން އަންނަ ކަމަށް ބުނެ އެ މައްސަލަ ބަލަން ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން މިއަދު ގޮވާލައިފި އެވެ. 

ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން މި ނޫސް ބަޔާން ނެރުނުއިރު، އެ ޖަމިއްޔާއިން ވަނީ މި ހިދުމަތް ފަށަން ސަރުކާރުން ވިސްނި ހިސާބުން ވެސް މިކަމާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އެހެން ކުރި މަޝްވަރާތަކުގައި ޓެކްސީ ހިދުމަތަށް ނުވަންނަން ސަރުކާރުން އެއްބަސްވެސްވި އެވެ.

އެކަމަކު، އޭގެ މާ ގިނަ ދުވަސްތަކެއް ނުވަނީސް ސަރުކާރުން ވަނީ ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަން ބޮލާލައިޖަހައި، އެމްޓީސީސީ ހަވާލުކޮށްގެން މާލޭ ސަރަހައްދުގައި ޓެކްސީ ހިދުމަތް ދިނުމުގެ މަސައްކަތް ފެށި އެވެ.

Advertisement

މިކަމާ ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނި ގޮތުގައި ޓެކްސީ ޑްރައިވަރުންނަކީ އާންމު ދަތުރުފަތުރުގެ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ، އެތައް ސަތޭކަ ދިވެހި އާއިލާއެއްގެ ދިރިއުޅުމާއި އާމްދަނީއާ ގުޅިފައިވާ ކަމެކެވެ.

"ނަމަވެސް، ސަރުކާރުން ކުންފުންޏަކުން މި ދާއިރާއަށް ވަނުމަކީ، އިންސާފުވެރިކަމާއި ހަމަހަމަކަން ގެއްލި، ރެގިއުލޭޓު ކުރުމުގެ ނިޒާމަށް ބުރޫއަރާނެ ކަމެއް ކަަމަށް މީގެ ކުރިން ވެސް އަޅުގަނޑުމެން ވާނީ ތަކުރާރުކޮށް ދަންނަވާފަ،" އެ އެސޯސިއޭނުގެ ބަޔާނުގައި ވެ އެވެ. 

އެމްޓީސީސިން މި ހިދުމަތް ދެނީ ސަރުކާރުގެ ޓެކްސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، ޓެކްސީ ޑްރައިވަރުން ވަނީ އެ ގަވާއިދުގައި ހުރި ގިނަ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އަދި، މިކަންކަމާ ދެކޮޅަށް ފިޔަވަޅު ނޭޅުމަކީ ގަވާއިދުތަން ތަންފީޒުކުރުމުގައި ގެންގުޅޭ ބޭއިންސާފު މިންގަނޑެއް ކަމަށް ވަސް އެ ޖަމިއްޔާއިން ބުންޏެވެ.  އެގޮތުން އެ ޖަމިއްޔާއިން ފާހަގަކުރި ކަންކަމުގެ ތެރޭގައި:

7 ވަނަ މާއްދާ - ޓެކްސީ ސެންޓަރުގެ ޝަރުތުތައް

ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ބުނަނީ  ޓެކްސީ ގަވާއިދުގައި، ޓެކްސީ ސެންޓަރުތަކުގައި ހުންނަން ޖެހޭ ކަމަށް ބުނާ ޝަރުތުތައް އެމްޓީސީސީގެ ހިދުމަތުގައި ހަމަ ނުވާ ކަމަށެވެ.

11 ވަނަ މާއްދާ - ޓެކްސީ ސެންޓަރުން ހިދުމަތް ދިނުން

ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ވަނީ ޓެކްސި ސެންޓަރުން ހިދުމަތް ދިނުމުގެ މާއްދާގެ ދަށުން ބަޔާންކުރާ ޓެކްސީ ލައިސަންސް ޓެކްސީ ސެންޓަރުން ހިދުމަތްދޭ އުޅަނދުތަކުަގއި ހުންނަ ޝަރުތުތައް އެމްޓީސީސީގެ ހިދުމަތުގައި ފުރިހަމަނުވާ ކަމަށެވެ.

މި ހިދުމަތް ވިޔާފާރީގެ ވާދަވެރިކަމުގެ ގާނޫނާ ހިލާފު ކަމަށް ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ދެކޭ އެންމެ ބޮޑު ސަބަބަކީ މި ހިދުމަތުގެ އެޕްލިކޭޝަން ތައްޔާރުކުރެވެންދެން އެ ހިދުމަތް ހިލޭ ދޭ ގޮތަށް އޮތުމެވެ،

"ވަކިން ހާއްސަކޮށް ސަރުކާރުގެ އަމިއްލަ އެޕްލިކޭޝަން ތައްޔާރުވަންދެން މި ހިދުމަތް ހިލޭ ދިނުމަށް ނިންމާފައިވާ ނިންމުމަކީ، އިގުތިސޯދީ ގޮތުން ދަތި، މި ދަނޑިވަޅުގައި އަމިއްލަ ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް،" ޓެކްސީ އެސޯސިއޭޝަނުގެ ބަޔާނުގައި ބުންޏެވެ. 

އެމްޓީސީސީގެ ޓެކްސީ ހިދުމަތުގެ  މައްސަލައިގައި ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ވަނީ ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ސަރުކާރުގެ ޓެކްސީތަކާ މެދު ވެސް ހަމަހަމަ އުސޫލަކުން ގަވާއިދު ތަންފީޒުކުރަން ގޮވާލާފަ އެވެ.

އެމްޓީސީސިން ފެށި ހިދުމަތާ މެދު ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކުގެ އިތުރުން މި ކާރުތައް ގަތުމާއި ހިދުމަތް ދޭން ތައްޔާރުކުރި އެޕްލިކޭޝަނާ ގުޅިގެން ސީރިއަސް ތުހުމަތުތަކެއް ކުރެވެ އެވެ.

ހަމައެހެންމެ މި ހިދުމަތުގައި ބޭނުންކުރާ "މާލެ ޓެކްސީ" އަކީ ވެސް އެހެން ބަޔަކަށް ރަޖިސްޓްރީކޮށްފައިވާ ނަމެއް ކަމަށް ބުނެ، އެ މީހުން ވަނީ ނަން ބޭނުންކުރުން ހުއްޓާލަން ވެސް އެމްޓީސީސީގައި އެދިފަ އެވެ. ނަމަވެސް އެ ކުންފުނިން އަންނަނީ މިކަމަށް އިޖާބަ ދިނުމެއް ނެތި މި ނަން ބޭނުންކޮށްގެން ހިދުމަތް ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox