ނާޒިލް ވެސް ހިމަނައިގެން އެމްޑީޕީގެ އިންތިގާލީ ކޮމިޓީ އެކުލަވާލައިފި

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް: ނާޒިލްގެ އިތުރުން ކުރީގެ ރައީސުންނާއި ޝާހިދާއި ފައްޔާޒު ވެސް ކޮމިޓީގައި އިންނަވާ -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް: ނާޒިލްގެ އިތުރުން ކުރީގެ ރައީސުންނާއި ޝާހިދާއި ފައްޔާޒު ވެސް ކޮމިޓީގައި އިންނަވާ -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ފެކްޝަންތަކުން ކުރި މަޝްވަރާތަކަށް ފަހު އެއްބަސްވެވުނު ގޮތަށް އެމްޑީޕީގެ ޗެއާޕާސަނަށް ލަފާ ދޭން އެކުލަވާލި އިންތިގާލީ ކޮމިޓީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕު ލީޑަރު އިބްރާހިމް ނާޒިލް ހިމަނައިގެން އެކުލަވާލަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ. 

މި ކޮމިޓީއަކީ އެމްޑީޕީއަށް ޗެއާޕާސަންއަކު އިންތިހާބުކުރެވެންދެން އެ ޕާޓީގެ ވަގުތީ ޗެއާ، އަބްދުލްޢަފޫރު މޫސާއަށް ލަފާދޭ ކޮމިޓީއެކެވެ. ޢަފޫރަށް ލަފާދޭ ކޮމިޓީގައި ނާޒިލްގެ އިތުރުން ތިއްބަވާ މެންބަރުންނަކީ:

  • ކުރީގެ ރައީސް މުހައްމަދު ނަޝީދު
  • ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
  • އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
  • ކުރީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއިލް

އެމްޑީޕީގައި އޮންނަނީ ނަޝީދާއި ފައްޔާޒުގެ ފެކްޝަނާއި ސޯލިހުގެ ފެކްޝަނުގެ އިތުރުން ޝާހިދުގެ ފެކްޝަނާއި މަޖިލިސް މެންބަރު އަހުމަދު ޝަމްހީދުގެ ފެކްޝަނަކާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމުގެ ފެކްޝަނެކެވެ. 

ފެކްޝަންތަކުގެ މެދުގައި އޮތް ހިޔާލު ތަފާތުވުންތަކުގެ މައްސަލަ ބޮޑުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން އެމްޑީޕީން ބޭއްވި ޖަލްސާގައި ނަޝީދަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދިނުމުންނެވެ. އެ ހިސާބުން އެ  ޕާޓިގެ ތެރޭގައި އޮތް އެންމެ ބޮޑު ދެ ފެކްޝަން ކަމުގައިވާ، ސޯލިހުގެ ފެކްޝަނާއި ނަޝީދާއި ފައްޔާޒުގެ ފެކްޝަނުން ވަނީ ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox