ރިޒާވާއި އެސްޑީއެފް ބޭނުންކޮށްގެން ސުކޫކަށް 500 މިލިއަން ޑޮލަރު ދައްކައިފި

ފިނޭންސް މިިނިސްޓަރު މޫސާ ޒަމީރު ނޫސްވެރިންގެ ބައްދަލުވުމެއްގައި: މިނިސްޓަރު ވަނީ ސުކޫކު ދެއްކުމަށް ފަހު ދެއްކި ގޮތުގެ ތަފުސީލުތައް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވެފައި --- ފޮޓޯ: ރައީސް އޮފީސް

ފިނޭންސް މިިނިސްޓަރު މޫސާ ޒަމީރު ނޫސްވެރިންގެ ބައްދަލުވުމެއްގައި: މިނިސްޓަރު ވަނީ ސުކޫކު ދެއްކުމަށް ފަހު ދެއްކި ގޮތުގެ ތަފުސީލުތައް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވެފައި --- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ރަސްމީ ރިޒާވާއި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ޑޮލަރު ބޭނުންކޮށްގެން ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ދައްކާފައިވާ ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި 500 މިލިއަން ޑޮލަރާއި ސުކޫކުގެ ފައިދާއަށްވާ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ދައްކައި ހަލާސްކޮށްފައި ކަމަށެވެ. އަދި މީގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ޖުމްލަ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.

އެސްޑީއެފްގައި ހުރި ފައިސާ އާއި ރިޒާވު ބޭނުންކޮށްގެން ސުކޫކު ދެއްކި ކަމަށް ފިނޭންސުން ބުނި ނަމަވެސް އޭގެ ތަފުސީލުތަކެއް ނުދެ އެވެ. މީގެ ކުރިން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައި ވަނީ ފައިސާ ދެއްކުމަށް ފަހު އޭގެ ތަފުސީލުތައް ހާމަކުރާނެ ކަމަށެވެ.

މީގެ ފަސް އަހަރު ކުރިން އެމްޑީޕީ ސަރުކާރުގައި ވިއްކި މި ބޮންޑަކީ އޭގެ ކުރީ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑް އަދާކުރަން ވިއްކި ބޮންޑެކެވެ. ފިނޭންސުގެ ބަޔާނުގައި މިކަން ފާހަގަކޮށް، ކުރީ ސަރުކާރަށް ފާޑުކިޔަމުން ބުނީ، އެ ފައިސާ ނެގީ އަނބުރާ ދެއްކޭނެ ގޮތެއް ނުހޯދާ ކަމަށެވެ.

"ދުނިޔެ އާއި ރާއްޖޭގެ އިގުތިސާދަށް ހީނަރުކަން ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި، އޭރުގެ މާލީ ބާޒާރުގެ އަގުތަކާއި އަޅާބަލާއިރު ބޮޑުއަގެއްގައި މި ސުކޫކު ވިއްކާފައިވަނީ، އަނބުރާ ދެއްކުމުގެ ހަރުދަނާ ސިޔާސަތެއް ނެތި". ފިނޭންސުން ބުންޏެވެ.

ކުރީ ސަރުކާރުން މިހެން ކަން ކުރި ނަމަވެސް، ފިނޭންސުން ބުނީ، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ސުކޫކު އަނބުރާ ދައްކަން މުހިންމު ފިޔަވަޅުތަކެއް ތަންފީޒުކުރަން ފެށި ކަމަށެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި އެސްޑީއެފްއަށް ޑޮލަރު ޖަމާކުރަން ފެށުމާއި އެ ފަންޑަށް ޖަމާކުރާ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ބޮޑުކުރުން ފާހަގަކުރި އެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން އެސްޑީއެފްގެ ޑޮލަރު ބެލެންސް ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށް ވުރެ އިތުރުވި ކަމަށް ފިނޭންސުން ބުންޏެވެ. މިކަން ފާހަގަކުރި ނަމަވެސް މި 350 މިލިއަން ޑޮލަރުގެ ތެރެއިން ސުކޫކު ދައްކަން އަނބުރާ ބޭނުންކުރި ވަރެއް ބަޔާނުގެ އެއްވެސް ހިސާބެއްގައި ނެތެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް ދައްޗެއް ނެތި ކުރިއަށް ދާނެ ކަމުގެ ކޮންމެވެސް ވަރެއްގެ ޔަގީންކަމެއް ދީފައި ވެ އެވެ.

"ސުކޫކު އަނބުރާ ދެއްކުމަށްފަހު، ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް މި ވަގުތު ދެނީ ރާއްޖެއަށް ބޭނުންވާ ތެލާއި އެހެނިހެން އަސާސީ ހިދުމަތްތަކާއި ތަކެތި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް މަގުފަހި ކޮށްދިނުމަށް،" ފިނޭންސުން ބުންޏެވެ.

ފިނޭންސުން ވަނީ މި މަހުގެ ނިޔަލަށް އަދާކުރަން ޖެހޭ އަބޫ ދާބީ ފަންޑުގެ 100 މިލިއަން ޑޮލަރު ރޯލްއޯވާކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފަ އެވެ.

ރިޒާވާއި އެސްޑީއެފްގައި ހުރި ފައިސާ ބޭނުންކޮށްގެން ސުކޫކަށް އަނބުރާ ފައިސާ ދެއްކުމަކީ ސަރުކާރުގެ ޕްލޭން ކަމަށް ރައީސް މުހައްމަދު މުއިއްޒު ހާމަކުރެއްވީ، މިދިޔަ މަހުގެ 2 ގައި، ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ. އެ ދުވަހު ރައީސް ވިދާޅުވީ އެސްޑީއެފްގައި 320 މިލިއަން ޑޮލަރު އަދި ޔޫސަބަލް ރިޒާވުގައި ހުރި 330 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެންމެ ފަހުން އާންމުކޮށްފައިވާ ރިޒާވު ހިސާބުތަކުން ދައްކާ ގޮތުގައި، ފެބްރުއަރީ މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި 1.27 ބިލިއަން ޑޮލަރު އެބަހުއްޓެވެ. ބޭނުންކުރެވޭ ރިޒާވުގައި ހުރީ 337 މިލިއަން ޑޮލަރެވެ.

އެސްޑީއެފްގައި އެންމެ ފަހުން ހުރި ކަމަށް ބުނާ 350 މިލިއަން ޑޮލަރާއި ބޭނުންކުރެވޭ ރިޒާވުގައި ހުރި ފައިސާ އެއްކޮށްލުމުން ހުރި ޖުމްލަ 687 މިލިއަން ޑޮލަރަށް އަރަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox