ޕެންޝަން ފަންޑުގެ އާ ބޯޑާއި ލީޑާޝިޕާއެކީ 2.4 ބިލިއަން ރުފިޔާގެ ބޮންޑު މުއާމަލާތް ހިންގަނީ

ފިނޭންސް މިނިސްޓަރު ޒަރީރާއި ޕެންޝަން އޮފީހުގެ އާ ބޯޑާއި ސީއެފްއޯ: ބޮންޑަށް އިންވެސްޓުކުރަން ޕެންޝަން ބޯޑުން އޮތީ ފެބްރުއަރީގައި ފާސްކޮށްފަ --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ފިނޭންސް މިނިސްޓަރު ޒަރީރާއި ޕެންޝަން އޮފީހުގެ އާ ބޯޑާއި ސީއެފްއޯ: ބޮންޑަށް އިންވެސްޓުކުރަން ޕެންޝަން ބޯޑުން އޮތީ ފެބްރުއަރީގައި ފާސްކޮށްފަ --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީބިލުތަކެއް ވިއްކާލައިގެން ލިބޭ ފައިސާ ސަރުކާރުން ވިއްކާ ދިގު މުއްދަތުގެ ބޮންޑަކަށް އިންވެސްޓުކުރަން އެ ފަންޑުން މިދިޔަ އަހަރުގެ ތެރޭގައި ހިންގަން އުޅުނު މުއާމަލާތް ކުރިއަށް ގެންދަން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް "އަދަދު" އަށް މައުލޫމާތު ލިބިއްޖެ އެވެ. 

ޓީބިލުތައް ބޮންޑަކަށް ބަދަލުކުރުމުގެ މުއާމަލާތް ފަރުމާކޮށްފައި ވަނީ ޕެންޝަން ފަންޑުން ގަނެފައިވާ ޓީބިލުތައް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށް ފަހު ލިބޭ ފައިސާ ފިނޭންސް މިނިސްޓްރީން ވިއްކާ ދިގު މުއްދަތުގެ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށެވެ. މި ދިގު މުއްދަތުގެ ބޮންޑަކީ، ޕެންޝަން އޮފީހުން ބުނާ ގޮތުގައި ދިވެހި ރުފިޔާ އަދި އެމެރިކާ ޑޮލަރުން ފައިސާ ލިބޭ ރިވާސް ޑުއަލް ކަރަންސީ ބޮންޑެކެވެ. 

ސަރުކާރާއި ޕެންޝަން އޮފީހުން ބުނާ ގޮތުގައި މި މުއާމަލާތާކީ ޕެންޝަން ފަންޑުގެ މަސްލަހަތުވެރިންނަށް ފައިދާވާނެ މުއާމަލާތެކެވެ. މި ގޮތަށް ބަޔާންކޮށް ޕެންޝަން އޮފީހުން މިދިޔަ ފެބްރުއަރީ 3، ގައި ނެރުނު ބަޔާނެއްގައި ބުނީ މި މުއާމަލާތަށް އެ އޮފީހުގެ ބޯޑުން ފެހި ސިގުނަލު ދިނީ ގިނަ ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ.

ޕެންޝަން އޮފީހުގެ ބޯޑުން ރިއާޔަތްކުރި ކަންކަމުގެ ތެރޭގައި މި މުއާމަލާތަށް ބޭނުންވާ ފައިސާ ހޯދަން ޕެންޝަން ފަންޑަށް ގެއްލުން ނުވާނެ ގޮތަކަށް ސެކަންޑްރީ މާކެޓުގައި ވިއްކާލުމާއި، ރިޓަޔަމަންޓު ސްކީމުގެ އިންވެސްޓުމަންޓުތައް ސިންދަފާތުކޮށް، އިންވެސްޓުމަންޓުގެ ފައިދާ ޑޮލަރުން ލިބޭ އިންވެސްޓު ކުރުމާއި، ޕޯޓްފޯލިއޯގެ ފައިދާ މަތިކުރުމުގެ އިތުރުން އިންވެސްޓުކޮށްފައިވާ އެސެޓުތަކުގެ އެވަރެޖު މުއްދަތު އިތުރުކުރުން ހިމެނެ އެވެ.

ޕެންޝަން ފަންޑުގެ ޓީބިލު ބޮންޑަށް ބަދަލުކުރުމުގެ މުއާމަލާތުގެ ޓައިމްލައިން

  • އޮކްޓޫބަރު 16، 2025 - ބޮންޑު މުއާމަލާތް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބުން
  • އޮކްޓޫބަރު 20، 2025 - ފައިސާ ޗާޕުކުރުން ނޫން ކަމަށް ސަރުކާރުން ބުނުން
  • އޮކްޓޫބަރު 22، 2025 - ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އިސްތިއުފާ ދެއްވުން
  • ނޮވެމްބަރު 4، 2025 - ޕެންޝަން އޮފީހުގެ ސީއެފްއޯ ފަޖުވާ އިސްތިއުފާ ދެއްވުން
  • ނޮވެމްބަރު 11، 2025 - ޕެންޝަން އޮފީހުގެ ޓީބިލުތައް ސެކަންޑްރީ މާކެޓުގައި ލިސްޓު ކުރުން
  • ޑިސެމްބަރު 10، 2025 - ޕެންޝަން އޮފީހުގެ ބޯޑުން އަޝްރަފް އިސްތިއުފާ ދެއްވުން
  • ފެބްރުއަރީ 1، 2026 - ޕެންޝަން އޮފީހުގެ ޗެއާމަން އިނާޒް އިސްތިއުފާ ދެއްވުން
  • ފެބްރުއަރީ 3، 2026 - ބޮންޑު މުއާމަލާތަށް ޕެންޝަން އޮފީހުގެ ބޯޑުން ފާސްކުރުން
  • ފެބްރުއަރީ 4، 2026 - ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ އިސްތިއުފާ ދެއްވުން
  • ފެބްރުއަރީ 5، 2026 - ޕެންޝަން އޮފީހުގެ ބޯޑުން މާދިން އިސްތިއުފާ ދެއްވުން
  • މެއި 23، 2026 - ޕެންޝަން އޮފީހުގެ ޗެއާމަނަކަށް މަޖީދު އައްޔަން ކުރެއްވުން

މި މުއާމަލާތުން ލިބޭ އެންމެ ބޮޑު ފައިދާއެއްގެ ގޮތުގައި ޕެންޝަން ފަންޑުން ދައްކާ ކަމަކީ، އެ ފަންޑަށް ޑޮލަރު ވަންނަން ފެށުމެވެ. 

"މި މުއާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ." ޕެންޝަން އޮފީހުން ބުންޏެވެ.

ޕެންޝަން ފަންޑުން މިހެން ބުނި ނަމަވެސް، ޕެންޝަން ފަންޑުން އިސްތިއުފާ ދީފައިވާ ބޯޑު މެންބަރުންނާއި އެންމެ އިސްފަންތީގެ މުވައްޒަފުންނާއި އިގުތިސޯދީ އަދި މާލީ މާހިރުން ހިމެނޭހެން ގިނަ ބަޔަކު މި މުއާމަލާތާ ދެކޮޅެވެ.

މި މައްސަލައިގައި އަދަދު ނޫހުން ވާހަކަ ދެއްކި މާހިރުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނަމުން އަންނަނީ މިއީ ފައިސާ ޗާޕުކުރުމުގެ މުއަމަލާތެއް ކަމަށެވެ. ސަބަބެއް ކަމަށް އެ މީހުން ބުނަނީ ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން މި ފައިސާ ބޭނުންކުރުމުން ނިކުންނަ އިގުތިސޯދީ ނަތީޖާ އެވެ.

މި ކަމަށް ރައްދު ދެމުން ސަރުކާރުން ބުނަނީ އެމްއެމްއޭއިން އެއްވެސް ދަރަންޏެއް ނުނަގާ ކަމަށެވެ. ސަރުކާރުގެ މި ނުކުތާ ބޭނުންކުރަނީ މި މުއާމަލާތަކީ ފައިސާ ޗާޕުކުރުމުގެ މުއާމަލާތެއް ކަމަށް ނުބުނެވޭނެ ކަމަށް ވިސްނައިދިނުމުގެ ގޮތުންނެވެ. 

މިހެން ނަމަވެސް މި ނޫހާ ވާހަކަ ދެއްކި މާހިރުން ވަނީ އެމްއެމްއޭއިން ސީދާ ދަރަންޏެއް ނުނެގިޔަސް، ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން މި ފައިސާ ބޭނުންކުރާތީ، މިއީ ނުސީދާ ގޮތުން ޑެޓް މަނިޓައިޒް ކުރުން ނުވަތަ ފައިސާ ޗާޕުކުރުން ކަމަށް ބެލެވޭނެ ކަމަށް ބުނެފަ އެވެ. އެ މީހުން މިކަން ސިފަކުރީ، ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ހުރި ހިފެހެއްޓުންތަކުން ރެކެން ސަރުކާރުން ބޭނުންކުރި "ލޫޕްހޯލް" އެއް ގޮތަށެވެ. 

މި ވީހާ ދުވަހު މި މުއާމަލާތް ނުހިނގާ އޮތީ ޕެންޝަން އޮފީހުން މި މުއާމަލާތް ކުރިއަށް ގެންދަން ހުއްދަ ދެވޭ ވަރުގެ މުވައްޒަފަކު ލިޔެކިޔުންތަކުގައި ސޮއި ނުކޮށްގެންނެވެ. ނަމަވެސް މި ފަހުން ލީޑާޝިޕަށް ގެނައި ބަދަލުތަކާއެކީ، މިހާރު ކުރިއަށް ދަނީ ފަހުގެ މަރުހަލާތައް ކަމަށް މި ނޫހާ ވާހަކަ ދެއްކި މަސްދަރުތަކުން ބުންޏެވެ.

މިކަމާ ގުޅޭ މައުލޫމާތު ހޯދައި، ބޮންޑު ގަތުމުގެ މުއާމަލާތް ކުރިއަށް ގެންދަނީތޯ ޕެންޝަން ބޯޑުގެ ޗެއާޕާސަން އަބްދުލް މަޖީދު އަލީއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ  ގާނޫނުގައި އޮންނަ ގޮތަށް ޕެންޝަން އޮފީހުން އެ މައުލޫމާތުތައް ހާމަކުރަމުން ގެންދާނެ ކަމަށް ވިދާޅުވެ އިތުރު މައުލޫމާތު ހިއްސާކުރައްވަން އުޒުރުވެރިވެވަޑައިގެންފަ އެވެ.

ބޮންޑު މުއަމާލާތް ކުރިއަށް ގެންދަން އަވަސް ވެގަނެގެން އުޅޭއިރު، ޕެންޝަން އޮފީހުގެ ބޯޑުން މިކަން ފާސްކުރި ފަހުން އިގުތިސޯދީ ހަރަކާތްތެރިކަން ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ. އިގުތިސޯދަށް ހުއްޓުން އަރަން މެދުވެރިވީ، އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފެށި ހަނގުރާމަ އެވެ. މި ހަނގުރާމައާއެކީ މުޅި ދުނިޔޭގައި ނުތަނަވަސްކަން ބޮޑުވެ، ރާއްޖޭގެ ޓޫރިޒަމުގެ ކުރިއެރުން ވަނީ ހިފެހެއްޓިފަ އެވެ. 

އިގުތިސޯދީ ހަރަކާތްތެރިކަން ދަށްވުމާއެކީ ކުރިން ވެސް އޮތް ޑޮލަރު ތާށިކަމުގެ މައްސަލަ ބޮޑުވެ، ކަޅު ބާޒާރުގައި ރުފިޔާގެ އަގު ވަނީ ތާރީހުގައި ނުވެއްޓޭ ވަރަށް ދަށަށް ގޮސްފަ އެވެ.

އެޑިޓަރުގެ ނޯޓު: މި ލިޔުން ފުރަތަމަ ޝާއިއުކުރިއިރު، މަޖީދަކީ ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް ލިޔުނީ އޮޅުމަކުންނެވެ. ލިޔުމުގެ އެބައި ވާނީ އިސްލާހުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox