'ޕާލް ރެޒިޑެންސް' ޕްރޮގްރާމް ހުއްޓުވަން މަޖިލީހަށް ހުށަހަޅައިފި، ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް!

Jul 19, 2026, 8:00 AM
ޕާލް ރެޒިޑެންސް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ޖުލައި 1، 2025 ގައި ސިންގަޕޫރުގައި ހެންލީ އެންޑް ޕާޓްނާސް އާއެކު ސޮއިކުރި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި ހެންލީ އެންޑް ޕާޓްނާސްގެ ބައެއް ވެރިން. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ޕާލް ރެޒިޑެންސް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ޖުލައި 1، 2025 ގައި ސިންގަޕޫރުގައި ހެންލީ އެންޑް ޕާޓްނާސް އާއެކު ސޮއިކުރި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި ހެންލީ އެންޑް ޕާޓްނާސްގެ ބައެއް ވެރިން. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ދިވެހިރާއްޖޭގެ ބިމާއި، ފަޅުތަކާއި، ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ސިޔާދަތީ ބާރުތަކެއް، ރައްޔިތުންގެ މަޖިލީހަށް ސިއްރުން ބޭރުގެ އަމިއްލަ ކުންފުންޏަކަށް ދޫކޮށްލާފައިވާ ކަމަށް ބުނާ މައްސަލާގައި "މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގްރާމް" ވަގުތުން ހުއްޓާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް  ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މި މަހުގެ 13 ވަނަ ދުވަހު މަޖިލީހުގެ ގަވާއިދުގެ 189 ވަނަ މާއްދާގެ ދަށުން، ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު ހުށަހަޅުއްވި މި ގަރާރާއެކު، ބިދޭސީންނަށް ރާއްޖޭގައި ދިރިއުޅުމުގެ ދާއިމީ ހުއްދަ ވިއްކުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދެފުށް ފެންނަ މިންވަރާއި، ގައުމީ މަސްލަހަތަށް ހުރި ނުރައްކާތަކާ މެދު ވަނީ ބޮޑެތި ދުސްތޫރީ އަދި ޖިނާއީ ސުވާލުތަކެއް އުފެދިފަ އެވެ.

މި ގަރާރުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ، ގައުމުގެ ސިޔާދަތާ ގުޅުންހުރި މިފަދަ ބޮޑު ނިންމުމެއް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ބަދަލުގައި، ސަރުކާރުގެ އިދާރީ ނިންމުމެއްގެ ދަށުން ކަމަށް ވުމެވެ.

ޕާލް ރެޒިޑެންސް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ޖުލައި 1، 2025 ގައި ސިންގަޕޫރުގައި ހެންލީ އެންޑް ޕާޓްނާސް އާއެކު ސޮއިކުރި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި ހެންލީ އެންޑް ޕާޓްނާސްގެ ބައެއް ވެރިން. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޕާލް ރެޒިޑެންސް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ޖުލައި 1، 2025 ގައި ސިންގަޕޫރުގައި ހެންލީ އެންޑް ޕާޓްނާސް އާއެކު ސޮއިކުރި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި ހެންލީ އެންޑް ޕާޓްނާސްގެ ބައެއް ވެރިން. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޕާލް ރެޒިޑެންސް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ޖުލައި 1، 2025 ގައި ސިންގަޕޫރުގައި ހެންލީ އެންޑް ޕާޓްނާސް އާއެކު ސޮއިކުރި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި ހެންލީ އެންޑް ޕާޓްނާސްގެ ބައެއް ވެރިން. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ޖުލައި 1، 2025 ގައި ސިންގަޕޫރުގައި "ހެންލީ އެންޑް ޕާޓްނާސް" އާއެކު ވެފައިވާ އެއްބަސްވުމުގެ މާލީ، ކޮންޓްރެކްޗުއަލް އަދި ގާނޫނީ ޝަރުތުތައް މަޖިލީހަށާއި ރައްޔިތުންނަށް ސިއްރުކޮށްފައި އޮތުމަކީ، ގާނޫނުއަސާސީގެ 70، 96 އަދި 97 ވަނަ މާއްދާއާ ސީދާ ހިލާފު ކަމެއްގެ ގޮތުގައި ގަރާރުގައި ވަނީ ސިފަކޮށްފަ އެވެ.

ބިދޭސީންނަށް ދިރިއުޅުމުގެ ހުއްދަ ދޫކުރުމަކީ އިމިގްރޭޝަނާއި، ގައުމީ ސަލާމަތާއި، ޓެކުހާއި، ދިވެހިރާއްޖޭގެ ބިންތަކާ ސީދާ ގުޅިފައިވާ ސިޔާދަތީ ކަމަކަށް ވާއިރު، މިފަދަ ނިންމުމެއް މަޖިލީހުގެ ބެލެނިވެރިކަމެއް ނެތް ގޮތަށް ކުރިއަށް ގެންދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ޝަމްހީދުގެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2020 ވަނަ އަހަރު އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން 250,000 ޑޮލަރު ދިވެހި ބޭންކެއްގައި 5 އަހަރަށް ފިކްސްޑް ޑިޕޮސިޓްކޮށްގެން ރިޒާވް ވަރުގަދަކުރަން އޮތް ނިޒާމު ބަދަލުކޮށް، ބޭރުގެ ޑިވެލޮޕަރުންގެ އަތުން ވިލާ ގަތުމުން ދިރިއުޅުމުގެ ދާއިމީ ހުއްދަ ލިބޭ ގޮތަށް ހެދުމުން ދައުލަތުގެ ބޭންކިން ނިޒާމަށް އެއްވެސް ފައިދާއެއް ނުވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން "ސަސްޓެއިނަބަލް ރެޒިޑެންޝަލް ވިލާ" ތަކުގެ މުއާމަލާތްތަކުން ނަގާ ޓްރާންސްފާ ޓެކްސް 1 ޕަސެންޓަށް ކުޑަކޮށް، އިންކަމް ޓެކްސް އިސްތިސްނާކޮށްފައިވުމުން، 250,000 އެމެރިކާ ޑޮލަރުގެ ރެޒިޑެންޝަލް ޕްރޮޕަޓީއަކުން ދައުލަތަށް ޖުމްލަ ލިބެނީ އެންމެ 2,500 ޑޮލަރެވެ. މިއީ ދައުލަތުގެ ހަޒާނާއަށް ލިބޭ އިންތިހާ ބޮޑު ގެއްލުމެއް ކަމަށް ގަރާރުގައިވެ އެވެ.

 

ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޝަމްހީދު

 ވަކި ދައުލަތެއް އަދި ސިޔާސީ އޮޅުވާލުން

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރަށްތަކާއި ފަޅުތަކުގެ މައްޗަށް ބޭރުގެ ކުންފުންޏަކަށް ޖީލަކަށްވުރެ ދިގު މުއްދަތުގެ ބާރުވެރިކަން ލިބި، އެސްއީޒެޑް ގާނޫނުގެ 79 ވަނަ މާއްދާގެ ދަށުން އެހެން ގާނޫނުތަކުގެ މައްޗަށް އެ ގާނޫނު އިސްވުމުގެ ސަބަބުން ދައުލަތުގެ ތެރޭގައި "ވަކި ދައުލަތެއް" އުފެދުމުގެ ދުސްތޫރީ ބިރު އޮތްކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އަދި މިއީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި "ކަނޑު ވިއްކާލި" ކަމަށް ބުނެ ގައުމީ ސިޔާދަތުގެ ވައުދުގެ މައްޗަށް ބިނާކޮށް ވެރިކަމަށް އައި ސަރުކާރަކުން، ރާއްޖޭގެ ފަޅުތަކާއި ރަށްތައް ބޭރުގެ ކުންފުންޏަކަށް ދީގެން ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކުން ކަމަށްވާތީ، މިއީ ރައްޔިތުންގެ ވޯޓާ ސީދާ ފުށުއަރާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މި ޕްރޮގްރާމް ފަރުމާކޮށް ހިންގާ "ހެންލީ އެންޑް ޕާޓްނަރސް" އަކީ ޔޫރަޕިއަން ޔޫނިއަންގެ ކޯޓް އޮފް ޖަސްޓިސްއިން 2025 ވަނަ އަހަރު ގާނޫނާ ހިލާފު ކަމަށް ކަނޑައަޅާފައިވާ މޯލްޓާގެ "ސިޓިޒަންޝިޕް-ބައި-އިންވެސްޓްމަންޓް" ޕްރޮގްރާމް ހިންގި ކުންފުންޏެވެ. އެފްއޭޓީއެފް ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ވަނީ އެކަށީގެންވާ ސަލާމަތީ ފިޔަވަޅެއް ނެތް މިފަދަ މަޝްރޫއުތަކުގެ ސަބަބުން މަނީ ލޯންޑަރިން އާއި ޓެކުހަށް މަކަރު ހެދުމުގެ ފުރުސަތު ބޮޑުވާނެ ކަމުގެ އިންޒާރު ދީފައެވެ.

އައިލާ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް
އައިލާ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ގަރާރުން ގޮވާލާފައިވާ ފިޔަވަޅުތައް

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ގަރާރުން ސަރުކާރަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛

  • އިންވެސްޓްމެންޓް މެދުވެރިކޮށް ރެޒިޑެންސް ދިނުމާ ގުޅޭ ފުރިހަމަ ގާނޫނެއް މަޖިލީހުން ފާސްކުރަންދެން މި ޕްރޮގްރާމްގެ ހުރިހާ ހުށަހަޅުންތަކެއް ބަލައިގަތުމާއި ހުއްދަދިނުން ވަގުތުން ހުއްޓާލުން.
  • "ހެންލީ އެންޑް ޕާޓްނަރސް" އާއެކު ވެފައިވާ އެންމެހައި އެއްބަސްވުންތައް ކުރިއަށް އޮތް 14 ދުވަސް ތެރޭ މަޖިލީހަށް ހުށަހެޅުން.
  • ފިނޭންސް މިނިސްޓްރީ އާއި މީރާ ގުޅިގެން ދައުލަތަށް ލިބޭ ސާފު ފައިދާ އެނގޭނެ މާލީ ދިރާސާއެއް އާންމުކުރުން.
  • އެސްއީޒެޑް ގާނޫނުގެ ދަށުން ދޭ ލުއިތައް ކަނޑާލައި، މަދުވެގެން 4 ގެ އާންމު ޓެކްސް ރޭޓުން ޓެކްސް ނެގުމާއި ހާއްސަ ރެޒިޑެންސް ޕްރޮގްރާމް ލެވީއެއް ތައާރަފުކުރުން.
  • އެމްއެމްއޭގެ ލައިސަންސް އޮތް ބޭންކެއްގައި މުޅި މުއްދަތަށް ދަމަހައްޓާ ފިކްސްޑް ޑިޕޮސިޓެއް ލާޒިމުކުރުމާއި، ޕްރޮޕަޓީ ވިއްކުމުގެ ކުރިން މަދުވެގެން 10 އަހަރުގެ މުއްދަތެއް ކަނޑައެޅުން.
  • "ހެންލީ އެންޑް ޕާޓްނަރސް" ހޮވުނު ގޮތާއި، ޕްރޮޖެކްޓް އައިލާ އާއި އެހެނިހެން ޒޯނުތައް ކަނޑައެޅުނު ގޮތާއި، މަސްލަހަތުތު ފުށުއެރުންތަކާއި، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުއާ އެއްގޮތްވާ މިންވަރު، އަދި އިމިގްރޭޝަން ގާނޫނުގެ 3 ވަނަ އިސްލާހު ތަންފީޒުކުރެވޭ ގޮތް އޭސީސީ، އޮޑިޓަ ޖެނެރަލް އަދި އެފްއައިޔޫ ގުޅިގެން ތަހުގީގުކުރުން.
  • އިކޮނޮމިކް މިނިސްޓަރު، ބަންޑާރަނައިބު، އިމިގްރޭޝަންގެ ކޮންޓްރޯލަ ޖެނެރަލް، އަދި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުން.
  • މި މައްސަލަ ކޮމިޓީއަކުން ބަލައި 60 ދުވަސް ތެރޭ ރިޕޯޓް ހުށަހެޅުމާއި، ޕްރޮގްރާމްގެ އަހަރީ ރިޕޯޓެއް މަޖިލީހަށް ހުށަހަޅަމުން ދިއުން.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox