ޑޮލަރު މާރުކުރަން މަޖުބޫރުކުރި ފަހުން ބޭންކުތަކަށް އެއް ބިލިއަން ޑޮލަރު މާރުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ: ބޭންކުތަކަށް ލިބޭ ޑޮލަރުގެ 90 ޕަސެންޓު ވިއްކަން ޖެހެނީ އެމްއެމްއޭއަށް --- ފޮޓޯ: އަދަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ: ބޭންކުތަކަށް ލިބޭ ޑޮލަރުގެ 90 ޕަސެންޓު ވިއްކަން ޖެހެނީ އެމްއެމްއޭއަށް --- ފޮޓޯ: އަދަދު

ޓޫރިޒަމް ވިޔަފާރިތަކާއި ގިނަ އަދަދަކަށް ޑޮލަރު ވަންނަ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ބައެއް މާރުކުރަން މަޖުބޫރުކުރި ފަހުން އެއް ބިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައުލޫމާތުން ދައްކައިފި އެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހެޅި އާރުޓީއައިއެއްގެ ޖަވާބުގައި އެމްއެމްއޭއިން ބުނީ މިދިޔަ އަހަރުގެ ޖެނުއަރީގައި ޑޮލަރު މާރުކުރަން ފެށި ފަހުން މެއި މަހާ ހަމައަށް 959 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ. މިހާތަނަށް މާރުކުރި އަދަދުތަކުން ހިސާބުކުރާއިރު މަހެއްގެ މައްޗަށް އެވަރެޖުކޮށް 56 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކުރެ އެވެ. މިއީ ކުރިން އަންދާޒާ ކުރި 40 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ. 

އެހެންކަމުން ޖޫން މަހުގެ ތެރޭގައި މާރުކުރި އަދަދާ އެކީ، ބޭރު ފައިސާ މާރުކުރުމުގެ ސިޔާސަތުގެ ދަށުން ބިލިއަނަށް ވުރެ ގިނަ ޑޮލަރު މާރުކޮށްފި އެވެ. އޭގެ ތެރެއިން 651 މިލިއަން ޑޮލަރު މާރުކުރީ މިދިޔަ އަހަރެވެ. މި އަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި މާރުކުރީ 308 މިލިއަން ޑޮލަރެވެ. 

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން އާމްދަނީގެ ވަކި އިންސައްތައެއް ނޫނީ ބޮލަކަށް ޖެހޭ އަދަދު މާރުކުރުމުގެ އިތުރުން، އާމްދަނީ އެއްކޮށް ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައި ހުންނަ އެކައުންޓަކަށް ޖަމާކުރަން ޖެހެ އެވެ. ވިޔަފާރިތަކުން މި މާއްދާއާ އެއް ގޮތަށް އަމަލުކުރަމުން ދޭތޯ ސުވާލުކުރުމުން އެމްއެމްއޭއިން ސުވާލުގެ އެ ބަޔަށް ޖަވާބެއް ނުދެ އެވެ. ނަމަވެސް އުސޫލުތަކާ އެއްގޮތަށް އަމަލުނުކުރާ ވިޔަފާރިތަކަށް ގާނޫނާއި ގަވާއިދަށް ބޯލެނބުމަށް އިލްތިމާސްކޮށް، ކޮންމެ މަހަކު އެއްފަހަރު ހަނދާންކޮށްދިނުމުގެ ނޯޓިސް ފޮނުވަމުން ގެންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެމްއެމްއޭ އާއި ސަރުކާރުން ބުނާ ގޮތުން ގިނަ ވިޔަފާރިތަކުން އަންނަނީ މި ގާނޫނާ އެއް ގޮތަށް އަމަލުކުރަމުންނެވެ. އެކަމަކު މިއަދާ ހަމައަށް ގަވާއިދާ ހިލާފުވެގެން އެއްވެސް ބަޔަކާ ދެކޮޅަށް ފިޔަވަޅެއް އަޅާފައި ނެތެވެ. މި ކަން ސާފުކުރަން އެމްއެމްއޭގައި ސުވާލުކުރުމުން އެ އިދާރާއިން ބުނީ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން." އެމްއެމްއޭއިން ބުންޏެވެ.

ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސެންޓު އެމްއެމްއޭއަށް ވިއްކަން މަޖުބޫރެވެ. އެމްއެމްއޭއިން ބުނަނީ އެ ބޭންކުން އަންނަނީ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ގޮތުން މި ޑޮލަރުތަކުގެ ބޮޑު ބަޔެއް އަނބުރާ ބޭންކުތަކަށް ވިއްކަމުންނެވެ.

ބޭރު ފައިސާ މާރުކުރުމުގެ ސިޔާސަތަކީ ޓޫރިޒަމް ވިޔަފާރިތަކުން ބޭންކިން ނިޒާމަށް ޑޮލަރު ނުވަންނަ މައްސަލަ ހައްލުކޮށް، ޑޮލަރު ތާށި ކަމަށް ހައްލެއް ކަމަށް ބުނެ ތަންފީޒުކުރަން ފެށި ކަމެކެވެ. ސަރުކާރާއި އެމްއެމްއޭއިން ވެސް ބުނީ ޑޮލަރުތަކުގެ ކޮންޓްރޯލް ނަގައިގެން ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލަ އާއި ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހޭ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ.

މިހެން ނަމަވެސް މި ސިޔާސަތަށް އަމަލުކުރަން ފެށިތާ ދޮޅު އަހަރު ވެގެން ދިޔައިރު، ޑޮލަރު ތާށިކަމުގެ މައްސަލަ ހައްލު ނުވެ އެވެ. ސަރުކާރަށް ފާޑުކިޔާ މީހުން ބުނަނީ ސަރުކާރުގެ ސިޔާސަތާ ގުޅިގެން މައްސަލަ އިތުރަށް ގޯސް ވެއްޖެ ކަމަށެވެ. 

އަަދަދު ނޫހުން ޓްރެކްކުރަމުން އަންނަ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުތަކުން ދައްކާ ގޮތުގައި މި ސިޔާސަތު އިއުލާންކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރު ޑޮލަރުގެ އަގު 19ރ. އިން ދަށަށް ނުދެ އެވެ. މިހާރު ކަޅު ބާޒާރުގައި ޑޮލަރެއް ވިއްކާ އަގު ވަނީ 21ރ. އަށް އުފުލިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox