ފައިސާ ޗާޕު ކުރަން އުޅޭކަން އޮޅުވާލަން ސަރުކާރުން މަސައްކަތް ކުރަނީ

ފިނޭންސް މިނިސްޓްރީ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން: ފިނޭންސުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ފިނޭންސް މިނިސްޓްރީ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން: ފިނޭންސުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މަރުކަޒީ ބޭންކު، އެމްއެމްއޭއިން ޕެންޝަން ފަންޑަށް ފައިސާ ދިނުމަށް ފަހު އެ ފައިސާ ސަރުކާރުގެ ބޮންޑެއްގައި އިންވެސްޓުކުރުމަކީ ފައިސާ ޗާޕުކުރުން ނޫން ކަމަށާއި އެއީ އާންމުކޮށް ކުރާ ކަމެއް ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ނޫސްތަކަށް ދޮގު މައުލޫމާތު ދޭން ފަށައިފި އެވެ.

ސަރުކާރުން ބައެއް ނޫސްތަކަށް މި މައުލޫމާތުތައް ދެމުން ގެންދަނީ ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ހިންގާ 2.5 ބިލިއަން ރުފިޔާގެ ބޮޑު މުއާމަލާތާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމާ ގުޅޭ ގޮތުން ސަރުކާރާއި އެމްއެމްއޭ އާއި ޕެންޝަން އޮފީހުން ވެސް އެއްޗެއް ނުބުނެ އެވެ.

މިކަމާ ގުޅިގެން "މިހާރު" ގައި ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ލިޔެފައި ވަނީ، އެ މުއާމަލާތަކީ ރޭވިގެން ހިންގާ "އިންވެސްޓްމަންޓް އިންސްޓްރޫމަންޓް" އެއް ކަމަށެވެ. އަދި މިއީ ސެންޓްރަލް ބޭންކުތަކުން އާންމުކޮށް ކުރާ ކަމެއްގެ ގޮތުގައި އެ އޮފިޝަލް ބުނެފައި ވެ އެވެ.

މިއީ އާންމުކޮށް ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްދޭން އޮފިޝަލް އުޅުނު ނަމަވެސް ސެންޓްރަލް ބޭންކުތަކުން ޕެންޝަން ފަންޑުތަކަށް ފައިސާ ދިނުމަކީ އާންމު ކަމެއް، އަދި އާދައިގެ ކަމެއް ވެސް ނޫނެވެ. ސެންޓްރަލް ބޭންކުތަކާއި ޕެންޝަން ފަންޑުތަކާ ފައިސާގެ މުއާމަލާތްތަކެއް ހިނގާފައި ހުރި މަދު ފަހަރުތަކަކީ ވެސް އިގުތިސޯދީ ކާރިސާތަކުގައި، ހާއްސަ ޝަރުތުތަކެއް ކަނޑައެޅިގެން ހިންގި މުއާމަލާތްތަކެކެވެ.

ސެންޓްރަލް ބޭންކުތަކުގެ މެންޑޭޓުގައި ހިމެނެނީ ބޭންކުތައް ފަދަ މާލީ އިދާރާތަކާއި އިންޝުއަރެންސް ކުންފުނިތަކެވެ. ޕެންޝަން ފަންޑުތައް ކަހަލަ ޑިޕޮސިޓެއް ނުބަހައްޓާ ފައިސާ ނުއުފައްދާ އިންސްޓްޓިޓުއުޝަނަލް އިންވެސްޓަރުންނަކާ ސެންޓްރަލް ބޭންކުތަކުން ސީދާ އަދި ނުސީދާ ގޮތުން ވެސް މުއާމަލާތްތައް ހިންގައި ނޫޅެ އެވެ.

މިހެން ނުސީދާ ގޮތް ހިންގާ މުއާމަލާތްތަކުގައި ވެސް ޕެންޝަން ފަންޑަކުން އިންވެސްޓު ކުރަން ފައިސާ ހޯދާނީ ބޭންކެއް ނޫނީ އެ ނޫނަސް މާލީ އިދާރާއެއް މެދުވެރިކޮށްގެންނެވެ. މި ހާލަތުގައި ޕެންޝަން ފަންޑުން ލޯނު ނަގާނީ ބޭންކުންނެވެ. ބޭންކުން މި ފައިސާ ހޯދާނީ ސެންޓްރަލް ބޭންކުންނެވެ.

މި މުއާމަލާތަކީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ދައްކަން ފިނޭންސުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އެމްއެމްއޭގެ ޖެނެރަލް ރިޒާވުގައި ނެތް ފައިސާއެއް ޕެންޝަން ފަންޑަށް ދޭން ޖެހޭނީ ފައިސާ އުފައްދާށެވެ. އަދި މި ފައިސާ ޕެންޝަން ފަންޑުން ބޮންޑަކަށް އިންވެސްޓުކުރާތީ، ހުރިހާ ފައިސާއެއް ގޮސް ވަންނަނީ ސަރުކާރަށެވެ.

އިގުތިސޯދީ ނަޒަރަކުން ބަލާއިރު މިއީ "މަނިޓައިޒޭޝަން" ގެ ވައްތަރެކެވެ. މިއަށް މަނިޓަރީ ފައިނޭންސިން ނުވަތަ ކުވާސީ-ފިސްކަލް އިންޓަވެންޝަންއޭ ވެސް ކިޔައި އުޅެ އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި މި ކަމުގައި މި ނޫހާ ވާހަކަ ދެއްކި އެހެން މާހިރުން ވެސް ވަނީ މިއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެފަ އެވެ. އަދީ މިއީ މާލިއްޔަތު ގާނޫނާއި ހަރަދަށް ޒިންމާވުމުގެ ގާނޫނާ ހިލާފަށް ސަރުކާރުން ހިންގަން އުޅޭ މުއާމަލާތެއް ކަމަށް ވެސް އެ މީހުން ގަބޫލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox