ސަބްސިޑީތަކަށް 3.1 ބިލިއަން ރުފިޔާ ހަރަދުކޮށްފި، ބޮޑު ބައެއް ތެލާއި ކަރަންޓަށް

އެސްޓީއޯގެ ފިއުލް ފާމް: ތެލުގެ ސަބްސިޑީ ދެނީ އެސްޓީއޯއަށް ތެޔޮ ގަންނަން --- ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ ފިއުލް ފާމް: ތެލުގެ ސަބްސިޑީ ދެނީ އެސްޓީއޯއަށް ތެޔޮ ގަންނަން --- ފޮޓޯ: އެސްޓީއޯ

ސަބްސިޑީތަކަށް މި އަހަރަށް ކަނޑައެޅި ބަޖެޓު ހުސްވެ މިހާތަނަށް 3.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ. 

ސަރުކާރުގެ އެންމެ ފަހުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ސަބްސިޑީއަށް ކުރި ހަރަދު ވަނީ މިދިޔަ އަހަރު ހޭދަކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 86 ޕަސެންޓު އިތުރުވެފަ އެވެ. ފިނޭންސުން ބުނި ގޮތުގައި ސަބްސިޑީ ހޭދަ މިހާ ބޮޑަށް އިތުރުވީ މައިގަނޑު ސަބަބަކީ ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރި ހަރަދު ބޮޑުތަނުން އިތުރުވުމެވެ. 

އެ ގޮތުން ތެލުގެ ސަބްސިޑީއަށް މިދިޔަ އަހަރު 702.1 މިލިއަން ރުފިޔާ ހޭދަކުރިއިރު، މި އަހަރު އެ އަދަދު ވަނީ 1.8 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. ތެލުގެ ސަބްސިޑީއަށް ކުރާ ހަރަދު އިތުރުވީ އިރާނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލާއި ސާފުކުރި ތެލުގެ އަގު އިތުރުވުމުންނެވެ. ކަރަންޓުގެ ސަބްސިޑީއަށް ކުރި ހަރަދު ވަނީ މިދިޔަ އަހަރު  341.3 މިލިއަން ރުފިޔާއިން މި އަހަރު 626.7 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

އޭގެ އިތުރުން، މި އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ސަބްސިޑީ އާއި ނަރުދަމާގެ ސަބްސިޑީ ފިޔަވައި އެހެން ހުރިހާ ސަބްސިޑީތަކަށް ކުރި ހަރަރު ވެސް ވަނީ  އިތުރުވެފަ އެވެ.  މަސްވެރިކަމުގެ ސަބްސިޑީއަށް ހަަރަދުކުރި ވަރު ދަށްވީއިރު، ނަރުދަމާގެ ސަބްސިޑީއަށް ކުރި ހަރަދަށް ބަދަލެއް ނާދެ އެވެ.

ސަބްސިޑީތަކަށް ކުރި ހަރަދަށް އައި ބަދަލު

  • ތެލުގެ ސަބްސިޑީ - 702.1 މިލިއަން ރުފިޔާއިން 1.8 ބިލިއަން ރުފިޔާއަށް އިތުރުވީ
  • ކަރަންޓުގެ ސަބްސިޑީ - 341.3 މިލިއަން ރުފިޔާއިން 626.7 މިލިއަން ރުފިޔާއަށް އިތުރުވީ
  • ކާބޯތަކެތީގެ ސަބްސިޑީ - 199.4 މިލިއަން ރުފިޔާއިން 243.9 މިލިއަން ރުފިޔާއަށް އިތުރުވީ
  • ދަތުރުފަތުރުގެ ސަބްސިޑީ - 128.5 މިލިއަން ރުފިޔާއިން 201.6 މިލިއަން ރުފިޔާއަށް އިތުރުވީ
  • ކުނި މެނޭޖްކުރުމުގެ ސަބްސިޑީ - 33.9 މިލިއަން ރުފިޔާއިން 90.6 މިލިއަން ރުފިޔާއަށް އިތުރުވީ
  • މަސްވެރިކަމުގެ ސަބްސިޑީ - 207.4 މިލިއަން ރުފިޔާއިން 83.1 މިލިއަން ރުފިޔާއަށް މަދުވީ
  • ނަރުދަމާގެ ހިދުމަތުގެ ސަބްސިޑީ - 67.8 މިލިއަން ރުފިޔާގައި ހިފެހެއްޓިފައި

ސަބްސިޑީތަކަށް ކުރާ ހޭދަ ބޮޑު ތަނުން އިތުރުވެފައިވާއިރު، މި ސަރުކާރުން ވަނީ ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ސަބްސިޑީ ދިނުމުގެ ސިޔާސަތު ދޫކޮށްލާފަ އެވެ. މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ތަންފީޒުކުރާނެ ކަމަށް ބުނި ސިޔާސަތު ތަންފީޒުނުކޮށް ސަރުކާރުން ވަނީ ސަބްސިޑީ ހަރަދުގެ އެންމެ ބޮޑު ހިއްސާއެއް ކުރާ ކަރަންޓު އުފެެއްދުމުގެ އެފިޝަންސީ މަތިކުރުމުގެ ސިޔާސަތައިގެން ކުރިއަށް ދާން ނިންމާފަ އެވެ. 

ސަބްސިޑީގެ ގޮތުގައި ބަޖެޓުން ހަރަދު ކުރާ ހުރިހާ ފައިސާއެއް ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެ ގޮތުން ތެލާއި ކާޑު ސަބްސިޑީ ދަނީ އެއްކޮށް އެސްޓީއޯއަށެވެ. ކަރަންޓާއި ނަރުދަމާގެ ސަބްސިޑީ ލިބެނީ ފެނަކަ އާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީއަށެވެ.  ދަތުރުފަތުރުގެ ސަބްސިޑީ ލިބެނީ އެމްޓީސީސީއަށެވެ. ކުނި މެނޭޖުކުރުމުގެ ސަބްސިޑީ ލިބެނީ ވެމްކޯއަށެވެ. އަދި، މަސްވެރިކަމުގެ ސަބްްސިޑީ ލިބެނީ މިފްކޯއަށެވެ. 

ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން އެންމެނަށް ލިބޭ ގޮތް ބްލެންކެޓްކޮށް ސަބްސިޑީތައް ދެމުން އަންނައިރު، މިއީ އިގުތިސޯދަށް ގެއްލުން ބޮޑު އަދި ބޭނުންވާ އިޖުތިމާއީ މަންފާތައް ހާސިލުނުވާ ފެއިލުވެފައިވާ އޮތް ސިޔާސަތެއް ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ދިވެހި ސަރުކާރުތަކުން ވެސް ބުނާތާ އެތައް އަހަރެއް ވެއްޖެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox