މި ސަރުކާރުން ހަތަރު ބިލިއަން ރުފިޔާ ޗާޕުކޮށްފި: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: މި ސަރުކާރުން ފައިސާ ޗާޕުނުކުރާނެ ކަމަށް ބުނި ނަމަވެސް ހަތަރު ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވި

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: މި ސަރުކާރުން ފައިސާ ޗާޕުނުކުރާނެ ކަމަށް ބުނި ނަމަވެސް ހަތަރު ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ސަރުކާރުން މިހާތަނަށް ހަތަރު ބިލިއަން ރުފިޔާއާ ގާތަށް ފައިސާ ޗާޕުކޮށްފި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން "ޑޮލަރެއް ނެތް" ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި އަމީރު ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕު ނުކުރާނެމޭ ބުންޏަސް، އެމްއެމްއޭގެ ތަފާސްހިސާބުތައް ބަލާލުމުން މި ސަރުކާރުން ހަތަރު ބިލިއަން ރުފިޔާއާ ގާތަށް ފައިސާ ޗާޕުކޮށްފިކަން އެނގޭ ކަމަށެވެ. 

"ސަރުކާރުން ވަރަށް ބޮޑަށް ފާހަގަކުރަމުން އައީ މި ސަރުކާރުން ފައިސާ ޗާޕެއް ނުކުރާނަމޭ. އެކަމަކު އަޅުގަނޑުމެންނަށް މިހާރު ވެސް އެމްއެމްއޭގެ ތަފާސްހިސާބުތަކުން އެބަ ފެނޭ އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން މިހާރު ޗާޕުކުރަން ފަށައިފިކަން. އަދި ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ޗާޕުކޮށްފިކަން،" އަމީރު ވިދާޅުވި އެވެ. 

Advertisement

 އަމީރު ވިދާޅުވީ މިހާރު އަސްލު އޮތް ހާލަތަކީ ހަރަދުތައް ކުޑަކޮށް މަނިޓަރީ ޕޮލިސީ މެދުވެރިކޮށް ވެސް ދައުރުވާ ފައިސާގެ އަދަދު މަދުކުރުން ކަމަށްވާއިރު، އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އާއި ސަރުކާރުގެ ފިސްކަލް ޕޮލިސީ އޮތީ އެގޮތަށް ނޫން ކަމަށެވެ. 

މިގޮތުން މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 9.6 ބިލިއަން ރުފިޔާގައި ހުރި ޓްރެޝަރީ ސެކިއުރިޓީސްގެ އަދަދު  މިހާރު ގާތްގަނޑަކަށް 21 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށާއި އޭގެ މާނައަކީ ދެ އަހަރާއި ބައިގެ ތެރޭގައި ގާތްގަނޑަކަށް 11 ބިލިއަން އިތުރުވެފައިވުން ކަމަށް އޭނާ ވިދާޅުވި އެވެ. 

ދައުރުވާ ފައިސާގެ އަދަދު 78 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ ފައިސާ ދައުރުވާލެއް މަދުވާ ޕޮލިސީއެއް ގެންގުޅެންޖެހޭއިރު، ސަރުކާރުން ގެންގުޅެނީ އެއާ ނުގުޅޭ ޕޮލިސީއެއް ކަމަށެވެ. 

މީގެއިތުރުން އަމީރު ވިދާޅުވީ މި ސަރުކާރުން ގެންނަންޖެހޭ މާލީ ރިފޯމްތައް ނުގެނެވި، ސަރުކާރުގެ އިސްރާފުތައް ބޮޑުވެ، ހާލަތު އިތުރަށް ގޯސްވަމުންދާތަން ފެންނަމުންދާ ކަމަށެވެ. 

މި ސަރުކާރުން ފައިސާ ޗާޕުކުރިކަމުގެ ތުހުމަތުތައް އަމީރު ކުރައްވާފައިވާއިރު، ފައިސާ ޗާޕުނުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އެކި ޕްލެޓްފޯމްތަކުގައި ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. އޭގެއިތުރުން ސަރުކާރުގެ މިނިސްޓަރުން ވެސް އެކަން ފާހަގަކުރައްވާފައިވެ އެވެ. 

ޕެންޝަން އޮފީސް މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރަން ސަރުކާރުން ވަނީ ރާވާފަ އެވެ.  މި މައްސަލައިގައި ޕެންޝަން އޮފީހުގެ އޭރުގެ ވެރިންނާއި ގިނަ ބޯޑު މެންބަރުން ވެސް އިސްތިއުފާ ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox