އާއިލާއަށް ނުބެހެއްޓުނު ކުލުނެއް ރައްޔިތަކަށް ނުހުންނާނެ

މި މަންޒަރުން ސިފަވަނީ ރޫޅިފައިވާ އާއިލާއެއްގެ ހާލަތު

މި މަންޒަރުން ސިފަވަނީ ރޫޅިފައިވާ އާއިލާއެއްގެ ހާލަތު

އަދުލުވެރިކަމުގައި މިސާލުޖެހޭ މުސްލިމުންގެ ދެވަނަ ޚަލީފާ އުމަރުގެފާނުގެ ގެކޮޅުގައި ހަމަޖެހިވަޑައިގެން އޮށޯވެވަޑައިގެން އެކަލޭގެފާނު އޮންނެވިއެވެ. މޭފުޅުމަތިންނާއި ބަނޑުފުޅުމަތިން ދުވެ ފުމެ ސަކަރާތްޖެހުމުގައި ކުދިވެރިން ހަރަކާތްތެރިވަމުންދިޔައެވެ. އެހެން އޮންނަވަނިކޮށް އުމަރުގެފާނުގެ އަރިހަށް ޒިޔާރަތެއް ކުރީ ކައިރި ސަރަހައްދެއްގެ ގަވަރުނަރެކެވެ. އޭނާ އުމަރުގެފާނުގެ އަރިހަށް ވަދެފައި ހައިރާންވެގެން ދެތިން ޖުމުލައެއް ދެންނެވީމާ އުމަރުގެފާނު ވިދާޅުވިއެވެ. ތިބާ ތިބާގެ އާއިލާއާއެކު ކަންތައް ކުރަނީ ކިހިނެއް ހެއްޔެވެ؟

އޭނާ ދެންނެވިއެވެ. ތިމަންނާގެ އަނބިދަރިން ކައިރިއަށް ގޭތެރެއަށް ވަދެއްޖެއްޔާ އެންމެންގެ އަޑުތައް ކެނޑިގެންދާނެއެވެ. އަހަރެންގެ ހައިބަތަށްޓަކައި އެންމެން ހިމޭންވާނެއެވެ. ހަމަ އެކަކަށް ވެސް ހުއްދަ ނެތި އަނގައިން ބުނަން ވެސް ހަރަކާތެއް ކޮށްލަންވެސް ނުކެރޭނެއެވެ. 

ދެން އުމަރުގެފާނުގެ މަޝްހޫރު ބަސްފުޅު ވިދާޅުވިއެވެ. ތިބާ ތިބާގެ އަހުލުންނާމެދު ކަންކުރަނީ ތިފަދައިން ކަމަށްވާނަމަ، މުހައްމަދުގެފާނުގެ އުންމަތުގެ ބައެއްގެ މައްޗަށް ތިބާ ވެރިއަކުކަމުގައި ހެދުމުން ތިބާގެ ކިބައިން އެމީހުންނަށް އަމާންކަން ލިބިދާނެކަމުގައި ހީނުވެއެވެ. އެހެންވީމާ، މިވަގުތުން ފެށިގެން ގަވަރުނަރުކަމުން ތިބާ ދުރުކޮށްފީމެވެ.

Advertisement

އުމަރުގެފާނުގެ އަރިހަށް ޒިޔާރަތްކުރި ގަވަރުނަރު ހީކުރީ ވެރިކަމުގެ ހައިބަތަކީ އެހެން މީހުންގެ އަނގަ ބަންދުކުރުމާއި ހިޔާލުފާޅުކުރުމަށް ފުރުސަތު ނުދިނުމާއި ތިމާގެ އެންމެ ކައިރީ ތިބޭ މީހުންވެސް ތިމާއަށް ޖެހިލުންކުރުވައި ބަހެއް ބުނާނެ ފުރުސަތު ނުދިނުން އެއީ ވެރިކަން ކުރާން އޮތް ގޮތްކަމަށެވެ. އަދި އެއީ އިސްލާމީ އުސޫލުކަމުގައިވެސް އެ ގަވަރުނަރު ހީކުރީތާއެވެ. އެހެން ނޫންނަމަ ފަޚުރުވެރިކަމާއެކު އުމަރުގެފާނަށް އެވާހަކަ އެގޮތަށް ނުދެންނެވީސްތާއެވެ. 

އެކަމަކު އަދުލުވެރިކަމާއި ހައިބަތަކީ، ހަރުކަށިކަމާއި ބަދަލުހިފުމާއި ހިތްހަރުކަން ނޫންކަން އުމަރުގެފާނު އަހަރެމެންގެ އިސްލާމީ އުންމަތަށް ދައްކަވައިދެއްވީ ގަވަރުނަރުގެ އެ ފަލްސަފާއަކީ މުޅިން ބާތިލު އަދި ތަންމިނަށް ފަސާދަ، ކީއްތަ؛ އިސްލާމީ އުސޫލުތަކާ އިދިކީލި ލާދީނީ ގޮތްގަނޑެއްކަން ބަޔާންވާހާ ސާފުކޮށް އޭނާގެ މަގާމުންވެސް އޭނާ ވަކިކުރެއްވުމާއެކުގައެވެ.

ދިވެހި ރައްޔިތުންނަކީ އިސްލާމްދީނަށް ލޯބިކުރާ ބަޔެކެވެ. ދީންވެރި ބަޔެކެވެ. އެޔާއެކު އިސްލާމީ ފޭރާމެއްގައި ނުކުމެ ކޮންމެ ކަމެއް ކުރިޔަސް ދިވެހިންނަށް ރަނގަޅުވާނެ ކަމަށް ބަޔަކު މީހުން ހީކުރިއެވެ. އިސްލާމީ ފޭރާމެއް އަޅުވައި، ދުލުން އިސްލާމީ ޝިއާރުތައް ފާޅުކުރާހާ ހިނދަކު، ކިތަންމެ ވައްކަމެއް ކުރިޔަސް ކިތަންމެ ވަޒީފާއެއް ކޮރަޕްޝަނުން ބެހިޔަސް ދައުލަތުން ހަރަދުކުރަންނުޖެހޭ އެތައް ކަމެއްގައި ހަރަދުކޮށް ހިތުހުރި އެއްޗެއް ހަދާލިޔަސް ދިވެހިންނަށް ރޭކާނުލާނެކަމަށް ބައެއް ސިޔާސީ ވެރިން ހީކުރިއެވެ. 

އަދި އެއީ ވެރިކަމުގެ ތާއީދު އިތުރުކޮށް ވެރިކަމުގެ ހައިބަތު ދަމަހައްޓަން އިސްލާމްދީނުގައި އޮތް ގޮތް ކަމަށް ދިވެހިންނަށް ވިސްނައިދޭން ދިވެހިރާއްޖޭގެ ސިޔާސީ ފިކުރަކުން މަސައްކަތްކޮށްފިއެވެ. ބަޔާންވެދިޔަ އުމަރުގެފާނުގެ ހާދިސާއަށް ބަލާއިރު، އެއީ މަގާމުން ވަކިކުރެވުނު ގަވަރުނަރުގެ ފިކުރެވެ. އިސްލާމީ ގޮތެއް މަންހަޖެއް ނޫނެވެ. މާތްވެގެންވާ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތާ ދިމާވާ ގޮތެއް ނޫނެވެ. މިދެންނެވި ދިވެހި ސިޔާސީ ފިކުރަށް ދީނަށް ނިސްބަތްވާ ބައެއް އިލްމުވެރިން ތާއީދުކުރައްވައިގެން ތިއްބެވިޔަސް މިކަން އޮތީ މިހެންނެވެ.

ވަކި ކަމެއް ކުރަނީ ދީނަށްޓަކައި ނުވަތަ ގައުމަށްޓަކައި ނުވަތަ ތިމާގެ އަމިއްލަ އެދުމަށްޓަކައިކަން ބެލުމަކީ ބައެއް ފަހަރަށް އަނެކާގެ ހިތުގެ ނިޔަތް ނޭނގުނަސް ކަންހިނގާ ގޮތުން ހާމަޔަށް ފެންނަން އޮންނަ ހަގީގަތަކަށް ވެދެއެވެ. މިސާލެއް ދަންނަވަންތޯއެވެ. ކޮރަޕްޝަނާއި ސިޔާސީ ފަސާދައަށް ނޫނެކޭ ބުނާނަމަ، އެކަން ކުރަންޖެހޭނީ ފުރަތަމަ ﷲ އަށްޓަކައެވެ. ދީނަށްޓަކައެވެ. ގައުމަށްޓަކައެވެ. ވައްކަމުން ބައިއަޅަމުންދިޔަ މީހުންނާއި ތިމާއާއެކީ ވައްކަންކުރި މީހުން ތިމާއަށް ބޭވަފާތެރިވެއްޖެކަން އިހުސާސްވީމާއެއް ނޫނެވެ. ތިމާގެ ނުފޫޒުން މަސައްކަތެއް ނެތި ހިލޭ ވަޒީފާ ދިން މީހުންވެސް ތިމާއަށް ވޯޓު ނުދިންކަން އެނގުނީމައެއް ނޫނެވެ.

ޝައްކެތް ނެތެވެ. ކޮންމެ ދަނޑިވަޅަކު ކޮންމެ ސަބަބަކާ ހުރެ ކުރިޔަސް ހެޔޮކަމެއް ވާނީ ހެޔޮކަމަކަށެވެ. އެކަމަކަށް ސަވާބު ލިބުން ނިޔަތާ ގުޅިފައި ވިޔަސް، ނުބައިކޮށް ކުރަމުންދިޔަ ކަމެއް ހުއްޓުވާލުމުން ހަމަގައިމު ލިބެމުންދިޔަ ފާފައިން ތިމާމެން ސަލާމަތްވާނެއެވެ. އެކަމަކު މަގާމުތަކުން މީހުން ވަކިކުރުމަކީ ވެސް އަދި އިސްތިއުފާ ދޭން މަޖުބޫރުކުރުމަކީ ވެސް ޑިކްޓޭޓަރުކަމާއެކީ ކުރަން އޮތް ކަމެއްކަމަށް ބައެއް މީހުން ހީކުރެއެވެ. ބަޔާންވެދިޔަ ވާހަކައިގައި ގަވަރުނަރު ހީކުރި ފަދައިންނެވެ. ނަމަވެސް އެއީ އިސްލާމްދީނުގައި ކަން އޮތްގޮތެއް ނޫނެވެ. 

ތިމާގެ އެންމެ އިސް އަރިހުގައި ތިބޭ މީހުންނަކީ ހަމަ އެއްވެސް ބަޔެއް ނޫންކަމަށް ތިމާގެ މިނިސްޓަރުންނަށާއި އެޑްވައިޒަރުންނަށް ވިސްނައިދީފައި އޮންނަ ވެރިކަމަކީ އިސްލާމްދީނުގައި އޮތް މަޝްވަރާގެ މަތިވެރި އުސޫލުން ހިނގާ ވެރިކަމަކަށް ނުވާނެއެވެ. މަޝްވަރާ މަޖިލީހުގެ މެންބަރުން އެބައިމީހުންގެ ޕާޓީން ކަނޑާ ގޮނޑި ގެއްލިދާނެތީ ބިރަށް ސަރުކާރު ހިންގުމަށް ހިތުގައި އޮތް ހަގީގީ ލަފާދޭން ނުކުޅެދިފާ އޮންނަ ހާލަތެއްގެ މަތީން ހިނގަމުންދާ ވެރިކަމެއް އެއީ އިސްލާމީ އުސޫލުތަކަށް ހިންގޭ ވެރިކަމަކަށް ނުވާނެއެވެ. އެހެނީ ހުދު މާތް ނަބިއްޔާއާ މުހާތަބުކުރައްވައި އަންގަވާފައި އޮތް ބަސްފުޅުގައިވެސް އޮތީ، "...އަދި އެމީހުންގެ ކަންތައްތައް، އެމީހުންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ."

މަގާމެއްގައި ހުންނަ މީހަކު އޭނާ އަމިއްލައަށް އެ މަގާމަކުން ވަކިވާންއެދިގެން ދޭން އޮންނަ އިސްތިއުފާއަކީ ވެސް، މަތިން އަންގަވައިގެން ދޭންޖެހޭ އެއްޗަކަށް ހެދުމަކީ ވެސް އިސްލާމީ އުސޫލެއް ނޫނެވެ. އެހެނީ ގަވަރުނަރަށް އުމަރުގެފާނު ވިދާޅުވީ އިސްތިއުފާދޭށެކޭ ނޫނެވެ. މިހިސާބުން މަގާމުން ވަކިކުރީކަމަށެވެ. 

ތިމާގެ އަމިއްލަ އާއިލާ މީހުންގެ ކުރިމަތީ ހަރުކަށިކަމާއި ކައްޓަރުކަން ދައްކާ މީހުންނަކީ އެއްވެސް ގޮތަކުން ވެރިކަމަށް ކުފޫހަމަވާ ބައެއް ނޫންކަމަށް އުމަރުގެފާނު ދެކެވަޑައިގެންނެވިއެވެ. އެފަދަ މީހެއްގެ ހިތުގައި ރައްޔިތަކާމެދު އޮންނާނެ ކުލުނެއް ހަމްދަރުދީއެއް އޮތުމަށްވުރެ ނެތުން ގާތްކަމަށް އުމަރުގެފާނުގެ ހިތްޕުޅުގައި ޝައްކެތް ނުހިނގައެވެ. އެއީ އުމަރުގެފާނެވެ. އިތުރު އެކަލާގެފާނުގެ ހައިބަތަށްޓަކައި ޝައިތާނާ އެހެން މަގެއް އިހުތިޔާރުކުރާކަމަށް އެކަލޭގެފާނުގެ ހައްގުފުޅުގައި މާތް ނަބިއްޔާ ހަދީސްކުރެއްވި ހައިބަތްތެރި ކަލޭގެފާނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox