އާމްދަނީ ދަށްވާއިރު ވެސް ސަރުކާރުގެ ހަރަދުތައް ބޮޑު: ނަޝީދު

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވާހަކަ ދައްކަވަނީ --- ފޮޓޯ: އިމްތިޔާޒު މޫސާ/އަދަދު

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވާހަކަ ދައްކަވަނީ --- ފޮޓޯ: އިމްތިޔާޒު މޫސާ/އަދަދު

ދައުލަތަށް ލިބެމުން އަންނަ އާމްދަނީ ވަރަށް ބޮޑަށް ދަށްވަމުން އަންނައިރު ވެސް ސަރުކާރުގެ ހަރަދާއި އިސްރާފު އިތުރުވަމުން އަންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ މި ސަރުކާރުން މީގެ ދޮޅު އަހަރުކުރިން އިންޑިއާގެ ރިޒާވު ބޭންކުން ނެގި ޑޮލަރު ސްވޮޕް ފެސިލިޓީ ދެއްކުމުން އޭގެ ބަދަލުގައި 30 ބިލިއަން އިންޑިއަން ރުޕީސްގެ ފެސިލިޓީ ބޭނުންކުރަން ހުއްދަ ދިނުމުން އެ ގައުމަށް ޝުކުރު އަދާކުރައްވާފަ އެވެ. 

"އިންޑިއާއިން އާ ފަންޑިން ދޫކުރީ ކުރީގެ ދަރަނި ދައްކަންޖެހޭ ދުވަހު. މިއީ ގައުމުތަކުން އާންމުކޮށް "ޑެޓް ރޯލް އޯވާ" ކުރުމަށް ނުވަތަ ބޭނުންކުރާ އުސޫލެއް. އެއީ ކުރީގެ ދަރަނި ދެއްކުމަށްޓަކައި އާ ދަރަނި ނެގުން،"ނަޝީދު ވިދާޅުވި އެވެ. 

Advertisement

ސަރުކާރުން ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމުގެ ޕްލޭނެއް ގެންގުޅެން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. 

"ފަތުރުވެރިކަމުން ލިބޭ އާމްދަނީ 30 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ސަރުކާރުގެ ހަރަދުތައް ހުރީ ނުހަނު މަތީގައި، އަދި އެހާމެ އިސްރާފު ބޮޑު،" ނަޝީދު ލިޔުއްވި އެވެ. 

އިރާން ހަނގުރާމައިގައި ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް އަދިވެސް ދުނިޔޭގެ އިގުތިސޯދަށް އަލިމަގެއް ނުފެނެ އެވެ. ވަކިން ހާއްސަކޮށް މެދުއިރުމަތި މެދުވެރިކޮށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ދަށްވުމާއެކު ރާއްޖޭގެ ޓޫރިޒަމަށް ވެސް ވަނީ ބޮޑު ލޮޅުމެއް އަރާފަ އެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނި ގޮތުގައި، މި އާ ސްވެޕް ފެސިލިޓީގައި އިންޓަރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކުގައި ލުއިތަކެއް ހިމެނެ އެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި 2012 ގައި ސާކް ސްވޮޕް ފްރޭމްވޯކް ތައާރަފްކުރެވުނު ފަހުން، އިންޑިއާއިން ވަނީ ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ ސްވެޕް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި ރުޕީސް ފެސިލިޓީ ނެގުމުން، ބޭރު ފައިސާގެ ރިޒާވަށް ހުރި ފިއްތުންތަކަށް ކޮންމެވެސް ވަރެއްގެ ފަސޭހައެއް ލިބޭނެ އެވެ.


ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox