ވަކި ދުވަހެއްގެ ކުރިން ވަންނަ މެންބަރުންނަށް އެކަނި ވޯޓުލެވޭނެ ގޮތް ނުހެދޭނެ ކަމަށް ބުނެ އެމްޑީޕީއަށް މައްސަލައެއް

Apr 24, 2026, 1:29 PM
އެމްޑީޕީން މީގެ ކުރިން ބޭއްވި އެތެރޭގެ އިންތިހާބެއްގައި ވޯޓުލުން ކުރިއަށްގެންދިޔަ މަރުކަޒެއް. ޗެއާޕާސަން އިންތިހާބަށް ޕާޓީގެ އެތެރޭގައި ވަނީ ކެމްޕޭން ފަށާފައި --- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީން މީގެ ކުރިން ބޭއްވި އެތެރޭގެ އިންތިހާބެއްގައި ވޯޓުލުން ކުރިއަށްގެންދިޔަ މަރުކަޒެއް. ޗެއާޕާސަން އިންތިހާބަށް ޕާޓީގެ އެތެރޭގައި ވަނީ ކެމްޕޭން ފަށާފައި --- ފޮޓޯ: އަދަދު ފައިލް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލެވޭނީ ވަކި މުއްދަތެއްގެ ކުރިން އެ ޕާޓީއަށް ވަންނަ މެންބަރުން ކަމަށް ކަނޑަައަޅާފައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ މައްސަލައެއް ހުށަހަޅައިފި އެވެ. 

ޖޫން 12، ގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތް އިންތިހާބުގެ ޓައިމްލައިން ބާތިލުކުރަން އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހްމަދު އަބްދުﷲ އަފީފް ވަނީ އަންގަވާފަ އެވެ. އެއީ ކޮން ޝަކުވާއަކާ ގުޅިގެން ކަމެއް މިހާތަނަށް ނޭނގެ އެވެ. 

އެޕްރީލް 22، ގައި ކުރި އިއުލާނުގައި އޮތް ޓައިމްލައިނުގައި ވާގޮތުން އެ ދުވަހުގެ ނިޔަލަށް ވަންނަ މެންބަރުން ފިޔަވައި އެހެން މެންބަރުންނަށް ޗެއާޕާސަން އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތެއް ނުލިބެ އެވެ. 

Advertisement

އެމްޑީޕީއަށް މި ޝަކުވާ ހުށަހެޅީ ގާނޫނީ ވަކީލު އަބްދުالله ޝާއިރު އެވެ. އޭނާ ހުށަހެޅި ޝަކުވާގައި ބުނާ ގޮތުގައި އެ އިއުލާނަކީ ޕާޓީގެ ރަސްމީ މެންބަރެއްގެ ހައިސިއްޔަތުން ލިބިދޭ ކެމްޕޭންކުރުމުގެ ހައްގަށާއި، ދެ ފިކުރު ދެ ވިސްނުމުގެ ތެރެއިން ތާއީދު ހޯދުމުގެ ހައްގަށް ސީދާ ގޮތުން ހުރަސްއަޅާ އިއުލާނެއް ކަމަށެވެ. 

"ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތްތައް ކަނޑައެޅުމަށް ކުއްލި ތާރީހެއް ހިމަނައި ހުރަސްތައް ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ގަވާއިދާއި އިންތިހާބީ ގަވާއިދާ ފުށުއަރާ، ގާނޫނީ ހަމަތަކާ ހިލާފު އަމަލެއް. އަދި މިއީ ގިނަ އަދަދެއްގެ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ މެންބަރުންގެ ވޯޓުލުމުގެ ހައްގު ގާނޫނާ ހިލާފަށް ނިގުޅައިގަތުމަށް ނިންމި ނިންމުމެއް،" އޭނާގެ ޝަކުވާގައި ބަޔާންކޮށްފައިވެ އެވެ. 

އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މެންބަރުން ކަނޑައަޅާ އިޖުރާއަތްތައް އެ ޕާޓީގެ ރަސްމީ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ޝާއިރުގެ މައްސަލާގައި ބުނެފައިވެ އެވެ. އެގޮތުން، ވޯޓު ދިނުމުގެ ހައްގު ލިބޭ މެންބަރުން ރަސްމީ ރަޖިސްޓްރީ ތައްޔާރުކޮށް، އިންތިހާބު ބޭއްވުމުގެ މަދުވެގެން 15 ދުވަސް ކުރިން ޝާއިއުކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. 

"ވޯޓުލުމުގެ ޙައްޤު ލިބިގަތުމަށް މެންބަރުން ރަޖިސްޓްރީވުމުގެ ފަހު ތާރީޚެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު، ޕާޓީގެ އަސާސީ ގަވާއިދުން ނުވަތަ އިންތިޚާބީ ގަވާއިދުން، އިންތިޚާބީ ކޮމިޓީއަށް ނުވަތަ ސެކްރެޓޭރިއަޓަށް ދީފައިނުވޭ،" އެ މައްސަލާގައި ބުނެފައިވެ އެވެ. 

ޝާއިރުގެ މި މައްސަލައާ މެދު ވަކި ގޮތެއް އަދި ނިންމާފައި ނުވާއިރު އިއްޔެ އެ އިއުލާން ވަނީ ބާތިލުކޮށްފަ އެވެ. އެ އިއުލާނާއެކު އާންމުކޮށްފައިވާ އިންތިހާބުގެ ޓައިމްލައިނަކީ ދީފައިވާ އިރުޝާދާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ. 

ޕާޓީގެ ޗެއާޕާސަންގެ އިންތިހާބުގެ ކަންތައްތައް ރާވައި ހިންގުން ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށް އޮތްއިރު، އޭނާއަށް ނާންގައި ޗެއާޕާސަންގެ އިންތިހާބާ ގުޅޭ އެއްވެސް ނިންމުމެއް ނިންމުމަކީ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަމަށް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވި އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާގައި ބުނާ ގޮތުން ޕާޓީއަށް ޗެއާޕާސަނެއް އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގެ ކަންކަން ހިންގަން ޖެހެނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އެވެ. 

ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން އެކި ކެންޑިޑޭޓުން މިހާރު ވަނީ ފަށާފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އަދި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެކަން ވަނި އިއުލާން ކުރައްވާފަ އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox