ލޭ ރައްކާކުރާ ފްރިޖު ހަލާކުވެގެން ކުނިވެފައި ހުރި ލޭ ތެލެސީމިއާ ކުދިންތަކެއް ގަޔަށް އަޅައިފި

ލޭ ހަދިޔާކުރުމުގެ ކޭމްޕެއްގެ ތެރެއިން: ތެލެސީމިއާ ސެންޓަރުގައި ކުނިވެފައި ހުރި ލޭ ތެލެސީމިއާ ކުދިންތަކެއް ގަޔަށް ވަނީ އަޅާފައި -- ފޮޓޯ: އަދަދު

ލޭ ހަދިޔާކުރުމުގެ ކޭމްޕެއްގެ ތެރެއިން: ތެލެސީމިއާ ސެންޓަރުގައި ކުނިވެފައި ހުރި ލޭ ތެލެސީމިއާ ކުދިންތަކެއް ގަޔަށް ވަނީ އަޅާފައި -- ފޮޓޯ: އަދަދު

ތެލެސީމިއާ ސެންޓަރުގައި ހުންނަ ލޭ ރައްކާކުރާ ފްރިޖަކަށް ދިމާވި މައްސަލައަކާ ގުޅިގެން ލޭ ޕެކެޓުތަކުގައި ހުންނަން ޖެހޭވަރަށްވުރެ ބޮޑަށް ފިނިކަން ކެނޑި، ކުނިވެފައި ހުރި ލޭ ތެލެސީމިއާ ތިން ކުއްޖެއް ގަޔަށް އަޅައިފި އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ތެލެސީމިއާ ސެންޓަރުގައި ލޭ ރައްކާކުރާ ފްރިޖުގައި ހުރި ލޭތައް ކުނިވީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފްރިޖަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެއީ ފްރިޖުގެ ފިނިހޫނުމިނަށް ދިމާވި މައްސަލައެއްކަން ވަނީ އެނގިފަ އެވެ.

ނަމަވެސް، އެކަން ތެލެސީމިއާ ސެންޓަރުގައި މަސައްކަތްކުރާ ބައެއް ނަރުހުނުންނަށް ނޭނގި ހޯމަ ދުވަހު ތިން ކުއްޖެއް ގަޔަށް ކުނިވެފައި ހުރި ލޭ އަޅާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. 

ތެލެސީމިއާ ސެންޓަރުގައި ހުންނަ ފްރިޖްތަކަކީ ފިނިހޫނުމިން ހުންނަންޖެހޭ ވަރަށްވުރެ މަތިވެ ނުވަތަ ދަށްވާނަމަ އެލާމް އަޅާ ގޮތަށް ސެންސަރެއް ހަރުކޮށްފައި ހުންނަ ފްރިޖެވެ. އާދީއްތަ ދުވަހުގެ ރޭ ފްރިޖެއްގައި އެލާމް އެޅުމުން، އެ ފްރިޖުގައި ހުރި ލޭ ޕެކެޓްތައް އެހެން ފްރިޖަކަށް ބަދަލުވެސް ކުރި އެވެ. 

މިކަމާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގެ ޑިރެކްޓާ ޖެނެރަލް އަހްމީމް ފާރިޝް އަދަދު އަށް ވިދާޅުވީ ފްރިޖަށް ދިމާވި މައްސަލައާ ގުޅިގެން ހޯމަ ދުވަހު ހެނދުނު ފްރިޖުގައި ހުރި ލޭ ޕެކެޓްތައް ރަނގަޅުކަން ކަށަވަރުކުރުމުގެ މަސައްކަތް  ދަނިކޮށް ތެލެސީމިއާ ތިން ކުއްޖެއް ގަޔަށް ލޭ އެޅި ފްރިޖަށް މައްސަލަ ޖެހުނުކަމުގެ މައުލުމާތު ނުލިބޭ ނަރުހުންތަކެއް ކަމަށެވެ. 

އެގޮތުން އެ ތެލެސީމިއާ ކުދިންނަށް ލޭ އެޅުނުކަން އެނގުނީ އެ ކުދިން ގެއަށްވެސް ދިޔަ ފަހުން ކަމަށާއި އޭގެ ތެރެއިން ދެ އާއިލާއަކަށް ގުޅައި މައުލޫމާތު ހިއްސާކުރި ކަމަށާއި ނަމަވެސް އެއް އާއިލާއަށް އެ ވަގުތު ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ މައުލޫމާތު ފޯރުކޮށްދެވުނީ ލަސްވިފަހުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އަހްމީމް ވިދާޅުވީ އެކަން ހިނގާފައިވަނީ ރަނގަޅަށް މުއާމަލާތްތައް ނުކުރެވުމުންކަން ގަބޫލުކުރާ ކަމަށާއި އެކަމާ ގުޅިގެން ލޭ އެޅުނު ތެލެސީމިއާ ކުދިންގެ އާއިލާތައް ކިބައިން މައާފަށްވެސް އެދޭ ކަމަށެވެ. ކުރިއަށް އޮތްތަނުގައި މިފަދަ ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ވީހާވެސް އަވަހަށް އާއިލާތަކަށް މައުލޫމާތު ފޯރުކޮށްދެވޭނެކަން ކަށަވަރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ކޮމިއުނިކޭޝަން އެރާއެއް އަރާފައި އެއިނީ. އަލަމާރި ހަލާކުވީމަ އޭތި ނާޅާށޭ ބުނަށްވާއިރަށް ނޫނީ ލޮޖްތަކާ އެއްޗެހި ޗެކްކޮށް ނިމެންވާއިރަށް އެހެން ނަރުހުންތަކެއް ގޮސް އޭތި އަޅާފައި މިއިނީ. އޭގެ ތެރެއިން ތިން ޕެކް އަޅާފައި،" އޭނާވިދާޅުވި އެވެ. 

ލޭ ރައްކާކުރާ ފްރިޖްތަކަށް މައްސަލަތަ ދިމާވާތީ އައު ފްރިޖްތަކެއް ބޭރުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ވަގުތީ ގޮތުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ބޭނުންނުކޮށް ހުރި ފްރިިޖެއްވެސް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ހާދިސާގައި ކުނިވެފައި ހުރި ލޭ އެޅި ތެލެސީމިއާ ތިން ކުދިންގެ ހާލުވެސް ރަނގަޅު ކަމަށް އަހްމީމް ފާހަގަކުރެއްވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox