ޑެންގޫ ޖެހިގެން މ. މުލިން 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ

Apr 24, 2026, 1:13 AM
މ. މުލި

މ. މުލި

ޑެންގޫ ހުން ޖެހިގެން މ. މުލީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ 17 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.

މި ހިތާމަވެރި ހާދިސާގައި މަރުވީ މުލީ ސްކޫލުގެ ގްރޭޑް 11 ގައި ކިޔަވަމުންދިޔަ އައިޝަތު އަންޖަލް އެވެ. އޭނާ މަރުވީ ބުރާސްފަތި ދުވަހުގެ ރޭ 10 ޖަހާކަންހާއިރު ކަމަށް މުލީ ހޮސްޕިޓަލުން އަދަދު ނޫހަށް ކަށަވަރުކޮށް ދިނެވެ. 

އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އަންޖަލް ބަލިވެގެން މުލީ ހޮސްޕިޓަލުގައި އެޑްމިޓުކުރީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާގެ ހާލަތު ގޯސްވާން ފެށީ ބުދަ ދުވަހުގެ ރޭ ދަންވަރު ކަމަށާއި ހާލަތު ގޯސްވަމުން ގޮސް، ސީރިއަސްވެ ބުރާސްފަތި ދުވަހުގެ ރޭ 9 ޖެހިއިރު އައިސީޔޫއަށް ވެއްދި ކަމަށް އާއިލާއިން ބުނެ އެވެ. ނަމަވެސް، އައިސީޔޫއަށް ލީތާ ގަޑިއެއްވެސް ނުވަނީސް އޭނާ މަރުވި އެވެ.

މި ހާދިސާގައި ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ.

"މުލީގައި އެއާޕޯޓެއް އެބަ އޮތް. ސީ އެމްބިއުލާންސްގެ ހިދުމަތް ލިބެން ހުރިއިރުވެސް، ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އެޅި ނަމަ މާލެ ފޮނުވަން މަސައްކަތް ކުރީސް،"  އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޑެންގޫ ހުން އިތުރުވަނީ؛ އެ ބަލީގައި ޒުވާނަކު މަރުވެއްޖެ

ރާއްޖޭގައި ޑެންގޫ ހުން ފެތުރޭ މިންވަރު އިތުރުވެ، އެ ބަލީގައި ށ. މިލަންދޫގެ 22 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި މަސްތަކުގައި ބަލިޖެހޭ މީހުންގެ އަދަދު ވަނީ ކުރީ އަހަރުތަކަށްވުރެ ބޮޑުތަން އިތުރުވެފައެވެ.

ރާއްޖޭގައި ޑެންގޫ ހުން ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، މި މަހުގެ 13 ވަނަ ދުވަހުވެސް ވަނީ ޑެންގޫ ޖެހިގެން 22 އަހަރުގެ ޒުވާނަކު ނިޔާވެފައެވެ. ށ. މިލަންދޫއަށް ނިސްބަތްވާ އެ ޒުވާނާ މަރުވީ ހާލުދެރަވެގެން ފަރުވާ ދެމުންދަނިކޮށެވެ. 

އާންމުގޮތެއްގައި ރާއްޖޭގައި ޑެންގޫ އެންމެ ގިނައިން ފެތުރެނީ މެއި މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ. އީޑީޒް މަދިރީގެ ޒަރިއްޔާއިން ފެތުރޭ މި ބައްޔަކީ ވަރަށް އަވަހަށް ސީރިއަސްވެ، ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. ބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ހުޅުތަކާއި މަސްތަކުގައި ރިއްސުމުގެ އިތުރުން މޭ ނުބައިކުރުން ހިމެނެއެވެ.

ސިއްހީ މާހިރުން ލަފާދެއްވާ ގޮތުގައި ހުން އަންނަތާ ތިން ދުވަސްވުމުން ލަސްނުކޮށް ޑޮކްޓަރަށް ދައްކަންޖެހެއެވެ. ޑެންގޫއަށް ވަކި ހާއްސަ ފަރުވާއެއް ނޯންނާތީ، ބަލިޖެހުމުން ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި އަރާމުކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. ހާއްސަކޮށް ކޮފީ ފަދަ ކެފެއިން ހުންނަ ބުއިންތަކާއި، ރަތް ނުވަތަ ކަޅު ކުލައިގެ ބުއިންތަކުގެ ބަދަލުގައި ލޮނުޕެކެޓާއި ކުރުނބާ ފެން ފަދަ ތަކެތި ބޭނުންކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. ޑެންގޫ ހުން ޖެހިގެން ކުޑަކުދިންނާއި ޒުވާނުން ނިޔާވާ މިންވަރު އިތުރުވަމުންދާތީ، މަދިރިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox