ހެކި ނެތިގެން ގއ. އަތޮޅު ޑްރަގް ނެޓްވޯކްގައި ހިމެނޭ ހަތަރު މީހުން ދޫކޮށްލައިފި

ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުން: އެ ހަތަރު މީހުން ޕީޖީން އެދިގެން ވަނީ ދޫކޮށްލާފައި - ފޮޓޯ: ފުލުހުން

ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުން: އެ ހަތަރު މީހުން ޕީޖީން އެދިގެން ވަނީ ދޫކޮށްލާފައި - ފޮޓޯ: ފުލުހުން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހައްޔަރުކުރި ހަތަރު މީހުން ހެކި ނެތިގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)  ގެ އެންގުމަށް އިއްޔެ ދޫކޮށްލައިފި އެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށްފަހު ހެކި ނެތިގެން ދޫކޮށްލީ  ގއ. ވިލިނގިލި، ޝެވޯނާ، ޝައްފާހް ލަތީފް، 28 އާއި ގއ. ވިލިނގިލި، މިއުޒިކީއާގެ، އަހްމަދު މަދީހު، 33 އާއި ގއ. ވިލިނގިލި، އައިޒަން، އަހްމަދު އަނާމް އިބްރާހިމް، 30 އަދި ގއ. ވިލިނގިލި، އަރާއިރުގެ، ނޫރުއްނިޒާމް، 35 އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަދި ތަރުޖަމާނު އަހްމަދު ޝަފީއު އަދަދު އަށް ވިދާޅުވީ އެ މައްސަލައިގައި ލިބިފައި ހުރި ހެކިތައް ޕީޖީން ދިރާސާކުރިއިރު ޖިނާއީ ބޮޑު ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އެ ހަތަރު މީހުން ދޫކޮށްލާފައިވާ ކަމަށެވެ. 

"އެ މައްސަލައިގައި ތަހުގީގުކުރުމުގެ މުއްދަތު މިއަދަށް ހަމަވެފައި އޮތީ. ދެން ހަމަވާންވާއިރަށް ލިބިފައިވާ ހެކިތައް ދިރާސާކުރިއިރުގައި ޖިނާއީ ބޮޑު ކުށެއްގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ހުރުން ނިމުމަކަށް ގެންނަން ފުލުހުންނަށް ދެންނެވިން،" އޭނާ ވިދާޅުވި އެވެ. 

ޑްރަގް ބޮޑުން ކަމަށް ތުހުމަތު ކުރެވުނު އެ ހަތަރު މީހުންގެ ތެރެއިން ޝައްފާހް ލަތީފް އާއި އަހްމަދު މަދީހު އަދި އަހްމަދު އަނާމް އިބްރާހިމްގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ދައުވާ އުފުލުމަށް ޑްރަގް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އޭގެތެރެއިން ނޫރުއްނިޒާމްގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެ އެވެ. 

މި ހަތަރު މީހުން ހައްޔަރުކުރި މައްސަލައާ ގުޅޭ ތަހުގީގު ހުއްޓާނުލައި ފުޅާކޮށް ކުރިއަށް ގެންދަން ޕީޖީން ވަނީ ފުލުހުންނަށް އިރުޝާދު ދީފައި ކަމަށް ޝަފީއު ވިދާޅުވި އެވެ. 

އެ މީހުން ހައްޔަރުކުރި އޮޕަރޭޝަން ފުލުހުން ކުރިއަށްގެންދިޔައީ ގއ. އަތޮޅުގެ އިތުރުން މާލޭގަ އެވެ. އެ އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައި ފާސްކުރި އެވެ. 

އޮޕަރޭޝަން އަލިމަގުގެ ދަށުން މިދިޔަ މަހު އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޑްރަގް ބޮޑުން ކަމަށް ތުހުމަތުކޮށް ހަ މީހުން ހައްޔަރުކުރި އެވެ. ނަމަވެސް އެ މީހުންގެ މައްޗަށްވެސް އެއްވެސް ދައުވާއެއް ނުކުރެވި ވަނީ ދޫކޮށްލާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox