ޕާޓީގެ މެންބަރުން ތިބީ ހިތުގައި ޖެހިފައި، އެކަން ބަދަލުކުރާނަން: މީކާއިލް

މީކާއިލް ނަސީމް: އޭނާ ވިދާޅުވީ ޕާޓީގެ ތެރޭގައި ހިނގާ ކަންކަމުން މެންބަރުން ތިބީ ހިތުގައި ޖެހިފައި ކަމަށް އަދި އެކަން އޭނާ ބަދަލުކުރައްވާނެ ކަމަށް

މީކާއިލް ނަސީމް: އޭނާ ވިދާޅުވީ ޕާޓީގެ ތެރޭގައި ހިނގާ ކަންކަމުން މެންބަރުން ތިބީ ހިތުގައި ޖެހިފައި ކަމަށް އަދި އެކަން އޭނާ ބަދަލުކުރައްވާނެ ކަމަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން ތިބީ ހިތުގައި ޖެހިފައި ކަމަށާއި އެކަން ބަދަލުކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަނަކަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ. 

މީކާއިލްގެ ކެމްޕެއިން ޓީމުން ނެރުނު ޕްރޮގްރާމެއްގައި އޭނާ ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. މީކާއިލް ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުން ހިތުގައި ޖެހިފައި ތިބީ އެ ޕާޓީ ތެރޭގައި ކަންކަން ހިނގާފައި އޮތް ގޮތުން ކަމަށެވެ. 

"އަޅުގަނޑަށް އެމީހުންގެ ހިތާއި ވިންދުގައި ހިނގާ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގޭ އެނގޭތޯ. އެމީހުން ވަރަށް ބޮޑަށް ހިތުގައި ޖެހިފައި ތިބީ މިހާތަނަށް ޕާޓީ ތެރޭގައި ކަންވެފައި އޮތް ގޮތުން. އަޅުގަނޑުމެން މި އަންނަނީ އެކަން ބަދަލުކުރަން،" އޭނާ ވިދާޅުވި އެވެ.

މީހާގެ އުމުރާއި ހަރުކަން މީހާގެ ތަޖުރިބާއާ ގުޅުމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާކަން ފާހަގަކުރައްވާ މީކާއިލް ވިދާޅުވީ 16 އަހަރު ވަންދެން އެމްޑީޕީގައި އެންމެ ތިރިން ފެށިގެން މައްޗަށް ދެގޮތެއް ނުވެ އާންމު މެންބަރުންނާއެކު ދެމިހުންނެވި ކަމަށެވެ. 

"މީހާގެ ތަޖުރިބާ ގުނަންވާނީ އޭނާގެ ޕޮލިޓީކަލް އެކްސްޕީރިއަންސްއިން. އަޅުގަނޑުގެ އެބައޮތް 16 އަހަރުގެ ތަޖުރިބާ އެނގޭތޯ. މިކަމުގައި މެދުކެނޑުމެއްނެތި އެންމެ ދަށްފަންތިން ފެށިގެން މިހާ ހިސާބަށް އަޅުގަނޑު މަސައްކަތް މިކުރީ ހަމަ މި އެމްޑީޕީގައި. އެމްޑީޕީގެ އާންމު މެންބަރުންނާއެކު،" މީކާއިލް ވިދާޅުވި އެވެ. 

މީކާއިލް ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ގާތްގަނޑަކަށް 45 ޕަސަންޓަކީ ޒުވާނުން ކަމަށްވާއިރު، އެމްޑީޕީގައި ރަޖިސްޓްރީވެފައި ތިބި 50،000 ވަރަކަށް މެންބަރުންގެ  ތެރެއިން ޒުވާނުންނަކީ އެންމެ 19 ޕަސަންޓު ކަމަށެވެ. 

މިގޮތުން ޒުވާނުންގެ ބައިވެރިވުން އެމްޑީޕީއަށް އިތުރުކުރަން ޕާޓީގެ ލީޑާޝިޕުންނާއި އިސް ސަފުން ޒުވާނުންނަށް ގިނަ ފުރުސަތު ދޭންޖެހޭ ކަމަށް މީކާއިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަން ކުރުމުން އެ ޕާޓީއަކީ ފުރުސަތު އޮތް ޕާޓީއެއް ކަމަށް ދެކި ގިނަ ޒުވާނުން ގުޅުމުގެ ފުރުސަތުވެސް ބޮޑުވާނެ ކަމަށެވެ. 

އަންނަ ޖޫން 12، ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މީކާއިލްއާ ދެކޮޅަށް ނުކުންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެ ދެ ބޭފުޅުންވެސް ދަނީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox