ވެމްކޯގެ ވަޒީފާތަކުގެ ކަންބޮޑުވުމަށް މޭޔަރުގެ ޖަވާބު؛ "މެންޑޭޓަކަށް ނުވަންނަން، ޒިންމާވަކަށް ނުޖެހޭ"

މާލެ ސިޓީގެ މޭޔަރު މުއިއްޒު "އަދަދު"އަށް އިންޓަވިއު ދެއްވަނީ: ވިދާޅުވީ ވެމްކޯގެ މުވައްޒަފުން ކަނޑާލަންޖެހޭ ސަބަބެއް ނެތް ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލެ ސިޓީގެ މޭޔަރު މުއިއްޒު "އަދަދު"އަށް އިންޓަވިއު ދެއްވަނީ: ވިދާޅުވީ ވެމްކޯގެ މުވައްޒަފުން ކަނޑާލަންޖެހޭ ސަބަބެއް ނެތް ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލެ ސަރަހައްދުގެ މަގުތަކާއި ޕާކުތަކާއި މައިޒާންތަކާއި އާންމު ސަރަހައްދުން ކުނި ނެގުމުގެ ކަންކަން ވެމްކޯއިން ކުރަމުން ދިޔައީ ސިޓީ ކައުންސިލާއެކު ވެފައިވާ އެއްބަސްވުމެއްގެ ތެރެއިންނެވެ. އެ އެއްބަސްވުން މި އަހަރުގެ ޑިސެމްބަރަށް ހަމަވާނެ އެވެ.

އެ އެއްބަސްވުން އިތުރަށް އާނުކުރަން ސިޓީ ކައުންސިލުން ނިންމުމުން އެންމެ ބޮޑު ކަންބޮޑުވުމަކަށް އައީ މާލޭގެ އާންމު މަގުތަކާއި ޕާކްތައް ސާފުކޮށް ކުނި ނަގަން ވެމްކޯއިން ވަޒީފާ ދީފައިވާ މީހުންގެ ވަޒީފާއަށް ވާނެ ގޮތަކާ މެދުގަ އެވެ.

އެއަށް ވެމްކޯގެ ޖަވާބަކީ އެއްބަސްވުން އުވާލުމުން ވަޒީފާތަކަށް އަސަރުކުރާނެ ކަމަށެވެ؛ ވެމްކޯގެ ސީނިއާ ޕަބްލިކް ރިލޭޝަންސް އޮފިސަރު އަހުމަދު އާޒިމް ކުރިން ވިދާޅުވެފައިވާ ގޮތުގައި 178 ދިވެހިންނަށް އެ ކަމަށް ވަޒީފާ ދީފައިވެ އެވެ. ވެމްކޯއަށް އެ މަސައްކަތް ގެއްލިއްޖެ ނަމަ އެ މުވައްޒަފުން އެހެން ކަމަކަށް ބޭނުންކުރާނެ ކަމެވެ.

އެކަމަކު، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "އަދަދު" އަށް ދެއްވި އިންޓަވިއެއްގެ ތެރެއިން މި ސުވާލު ކުރިމަތިކުރުމުން ޖަވާބު ފެއްޓެވީ ވެސް "ވަރަށް ބޮޑަށް އޮޅޭ ކަމެއް މިއީ، އަޅުގަނޑުމެން ނޫޅެމޭ ވެމްކޯގެ މެންޑޭޓް ތެރެއަށް ވަންނާކަށެއް،" މިހެން ވިދާޅުވުމަށްފަހު އެވެ.

"އަޅުގަނޑުމެން ޒިންމާވާކަށް ނުޖެހޭ، [ވެމްކޯއިން ވަޒީފާ ދީފައިވާ] އެ މީހުން ކަނޑާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި ވެމްކޯގެ ބިޒްނަސް މޮޑިއުލް އަކީ ގޭގެއާއި އިމާރާތްތަކުން ކުނި އެއްކުރުމެވެ. އެ މަސައްކަތަށް އަދިވެސް އެ މުވައްޒަފުން ބޭނުން ކުރެވޭނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އަދި ސިޓީ ކައުންސިލުން ކުނި ގެންގޮސްދޭނީ ވެސް ވެމްކޯގެ ކުނި ޖަމާކުރާ ސައިޓަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަމަ ކުނި އެއް ކުރުމަށް ފަހު އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ ވެމްކޯ ސައިޓްއަށޭ އެއްކުރާނީ، ވަކި ސައިޓެއް ހަދާކަށް ވެސް ނޫޅެން، ވެމްކޯގެ މަސައްކަތް ހަމަ އޮންނާނެ،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

އަދި އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން އެ ހިދުމަތް ދިނުމަށް އިތުރު މުވައްޒަފުން ނަގާތީ ވަޒީފާގެ ފުރުސަތުތަކަށް އިއުލާން ކުރާނެ ކަމަށެވެ. އެހެންވެ އެ ވަޒީފާތައް ވެސް ވަޒީފާއަށް އަސަރުކުރާ ބަޔަކަށް އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ވެމްކޯއިން އެއިން މީހަކު ވަޒީފާއިން ވަކިކުރިޔަސް، އަޅުގަނޑުމެން އެ ވަޒީފާތަކަށް އިއުލާން ކުރުމުން ހަމަ ކުރިމަތިލެވޭނެ، އަދި އެ އޮންނަ އުސޫލެއްގެ ތެރެއިން އެ ކަމަށް އެކަށޭނަ ބަޔަކަށް ހަމަ އަޅުގަނޑުމެން ވެސް ވަޒީފާ ދޭނެ،" މުއިއްޒު ވިދާޅުވި އެވެ.

އެއްބަސްވުން އާ ނުކުރަން ބޭނުން ވަނީ ކީއްވެ؟

ވެމްކޯއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، މާލޭގެ އާންމު ސަރަހައްދުތަކުން ނަގާ ކުންޏަށް ޕިކަޕަކަށް ވަކި ރޭޓުން ފައިސާ ދައްކަ އެވެ. މޭޔަރު ގަބޫލުކުރައްވާ ގޮތުން އެ ކައުންސިލުން އަމިއްލައަށް ހިދުމަތް ދޭން ފަށައިފިނަމަ ވަކި ބަޔަކަށް ބަރޯސާނުވެ، މާ ހަރަދު ކުޑަކޮށް ކުރެވޭނެ އެވެ.

"އަޅުގަނޑުމެންގެ ތެރޭ މި މަޝްވަރާ އުފެދުނީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހު 45 މިލިއަން ރުފިޔާ ބިލްކުރި، 38 މިލިއަން ރުފިޔާ ދޭން ޖެހުނު އިރު ސިޓީ ކައުންސިލުން އަނެއްކާ ހަމަ މި ކުނިތައް ނަގަން ޖެހޭތީ، ޑަބަލް ހަރަދު އަދި ޑަބަލް މަސައްކަތް،" މުއިއްޒު ކިޔައިދެއްވި އެވެ.

"އަޅުގަނޑުމެންގެ ލޮރީތައް މަދެއް ނުވޭ. ވެމްކޯ ނަގަން ޖެހޭ ކުނި މި ހުންނަނީ، ނުނަގާ ހުރީމަ، މީހުން ޝަކުވާ ކުރީމަ، އަޅުގަނޑުމެން ވެސް މި ނަގަނީ، އެކަމަކު ލާރި ދީފަވޭ ވެމްކޯއަށް އެ ކަން ކުރަން،" މުއިއްޒު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރައްވައި ވިދާޅުވި އެވެ.

މޭޔަރު ތަކުރާރުކޮށް ވިދާޅުވީ ވެމްކޯގެ މެންޑޭޓް ތެރެއަށް ކައުންސިލުން ނުވަންނަ ކަމަށެވެ. ވަންނަން މަސައްކަތް ވެސް ނުކުރައްވާނެ ކަމަށެވެ. އެހެންކަމުން އޭގައި ވެމްކޯއިން ކަންބޮޑުވާން ޖެހޭ މައްސަލައެއް ނެތް ކަމަށް މުއިއްޒު ދެކެވަޑައިގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox