ތޮއްޖެހިފައި އޮތް މާލޭގެ 1700 އަށް ވުރެ ގިނަ ޖާގަ ވެހިކަލް ޕާކު ކުރަން ކުއްޔަށް ދީފައި

ގަރާޖު ސިޓީ ހޯދައިގެން މާލެ އެތެރެ ކުރި ކާރެއް ޕާކު ކުރުމަށް މާލޭ އަތިރިމަތިން ޖާގައެއް ކުއްޔަށް ދީފަ: މާލޭގެ 1778 ޖާގަ އޮތީ އަމިއްލަ ވެހިކަލްތަކަށް ދީފަ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގަރާޖު ސިޓީ ހޯދައިގެން މާލެ އެތެރެ ކުރި ކާރެއް ޕާކު ކުރުމަށް މާލޭ އަތިރިމަތިން ޖާގައެއް ކުއްޔަށް ދީފަ: މާލޭގެ 1778 ޖާގަ އޮތީ އަމިއްލަ ވެހިކަލްތަކަށް ދީފަ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރިއުޅޭ މީހުންނާއި ވެހިކަލުން ތޮއްޖެހިފައި އޮތް ވެރިކަން ހިންގާ މާލެއިން އަމިއްލަ މީހުންގެ ވެހިކަލް ޕާކު ކުރުމަށް 1770 އަށް ވުރެ ގިނަ ޖާގަ ކުއްޔަށް ދީފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކަށް ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައި އޮތީ، ކާރާއި ޕިކަޕާއި ލޮރީ ޕާކު ކުރުމަށް ޖުމްލަ 1778 ޖާގަ ކުއްޔަށް ދީފައިވާ ކަމަށެވެ.

ޕްރައިވެޓް ޕާކު ކުރުމަށް މާލެއިން ބައެއް ތަންތަން ކުއްޔަށް ދޫކުރުމަށް ސިޓީ ކައުންސިލުން ނިންމީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެގޮތަށް ޖާގަ ދެނީ ޓެކްސީއެއް ނަމަ މަހަކު 750ރ. އަށް އަދި ޕްރައިވެޓް ވެހިކަލެއް ނަމަ މަހަކު 1500ރ. އަށެވެ.

ޕްރައިވެޓް ކާރުތަކަށް މަގުމަތިން ޕާކު ކުރާނެ ޖާގަ ކުއްޔަށް ދިން އިރު އެ ޕްރައިވެޓް ކާރު ދުއްވެނީ ޕާކު ކުރާނެ ގަރާޖެއް ދެއްކުމަށްފަހެވެ. އަދި ވެހިކަލް ދުއްވުމުގެ ހުއްދަ ލިބެނީ ހަގީގަތުގައި ވެސް ކާރު ޕާކު ކުރާނެ ޖާގަ އޮތްތޯ ސަރުކާރުން ޔަގީން ކުރުމަށްފަހު އެވެ.

އެކަމަކު، ޕާކު ކުރާނެ ގަރާޖެއް ނެތި "ގަރާޖު ސިޓީ" ވިއްކުމަކީ މާލޭގައި އެންމެ ބޮޑަށް ހިންގާ ވަގު ވިޔަފާރި އެވެ. އެގޮތަށް ކޮރަޕްޝަނުން އެއް ގަރާޖުގައި 100 އަށް ވުރެ ގިނަ ވެހިކަލް ވެސް ޖައްސާފައި އެބަހުއްޓެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ކޮރަޕްޝަން އެގޮތަށް ދަނީ ހިންގަމުންނެވެ.

ސިޓީ ކައުންސިލުން ކުއްޔަށް ދިން 1778 ޕާކިން ޖާގައަކީ އާންމު ޕާކިން ޒޯންތަކުން ނަގާފައި ދިން ޖާގަ އެވެ. ކުރިން އެ ޕާކިން ޒޯންތަކުގައި މުޅިން ވެސް ޕާކު ކުރީ ސައިކަލެވެ. ސައިކަލު ޕާކު ކުރަމުންދިޔަ ޒޯނުތައް ޕްރައިވެޓް ޕާކިންއަށް ނެގުމަށްފަހު، އެ ސަރަހައްދުތަކުގައި އޭގެ ބަދަލުގައި ސައިކަލު ޕާކިންއަށް ޖާގައެއް ނުދެ އެވެ.

ނަމަވެސް މިނީ ބަހުގެ ހިދުމަތް މާލޭގައި ފެށުމަށް މަޖީދީ މަގުގައި ޕާކު ނުކުރެވޭ ގޮތް ހެދުމުން ސައިކަލު ޕާކިން ޒޯންތަކެއް މާލޭގައި ހެދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox