އަމީނީ މަގުގައި ތާރު އަޅަނީ ކޮންސަލްޓަންޓުގެ ލަފަޔާ ހިލާފަށް

އަމީނީ މަގުގެ މަސައްކަތުގައި އާރްޑީސީގެ މުވައްޒަފަކު؛ ކޮންސަލްޓެންޓު ލަފާ ދީފައިވަނީ ތާރުގެ ބަދަލުގައި ގާ އަތުރައިގެން މަގު ހަދަން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަމީނީ މަގުގެ މަސައްކަތުގައި އާރްޑީސީގެ މުވައްޒަފަކު؛ ކޮންސަލްޓެންޓު ލަފާ ދީފައިވަނީ ތާރުގެ ބަދަލުގައި ގާ އަތުރައިގެން މަގު ހަދަން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަމީނީ މަގު ގާ އަތުރައިގެން ތަރައްގީ ކުރުމުގެ ބަދަލުގައި ތާރު އަޅަނީ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ކޮންސަލްޓަންޓުގެ ލަފަޔާ ހިލާފަށް ކަން ހާމަވެއްޖެ އެވެ.

އީއައިއޭގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ހިދުމަތް ދޭ ފަރާތްތަކާއި، މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކާއި ކޭބަލް ޓީވީގެ ހިދުމަތް ދޭ ފަރާތްތަކާއި މިނިސްޓްރީތަކާއި ފުލުހުންނާއި މަގުގައި ހުރި ސުކޫލުތަކުގެ އިތުރުން ފިހާރަތަކާއި ދިރިއުޅޭ އާންމު ރައްޔިތުންނާ ބައްދަލުކޮށް ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްފައިވެ އެވެ.

އީއައިއޭ ކޮންސަލްޓަންޓު ވަނީ މަގު ހަދަން ހެދި ޕްލޭންގެ ބަދަލުގައި ކުރެވިދާނެ ކަންކަން ރިޕޯޓުގައި ފާހަގަކޮށްފަ އެވެ.

"ހޫނު ގަދަ ވުމުގެ އަސަރު ކުޑަ ކުރުމަށާއި އަދި ފަސޭހައިން މިހާރު އެ މަގުގައި ހުރި ނަރުދަމާ އަދި ފެންހޮޅިތައް މަރާމާތު ކުރަން ޖެހިއްޖެ ހާލަތެއްގައި މަރާމާރު ކުރުމަށް މަގުފަހިކުރުމަށް ލަފާ ދެނީ ތާރުގެ ބަދަލުގައި ގާ ބޭނުންކޮށްގެން މަގު ހެދުމަށެވެ." ރިޕޯޓުގައި ބުނެފައިވެ އެވެ.

އަމީނީ މަގުގައި ތާރު އެޅުމަކީ އެންމެ ދެމެހެއްޓެނިވި ގޮތެއް ނޫން ކަން ފާހަގަކޮށް ރިޕޯޓުގައި ބުނީ މެއިންޓެއިން ކުރަން ފަސޭހަވާނެ އަދި އެންމެ ހަރަދު ކުޑަ ވާނެ ގޮތަކީ ގާ އަތުރައިގެން ހެދުން ކަމަށެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މަޝްރޫއާ ގުޅިގެން އެންމެ މައިގަނޑު އެއް ކަންބޮޑުވުމަކީ ފެން ހިންދާ ނިޒާމު ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ނުލިބިދާނެ ކަމުގެ ކަންބޮޑުވުމެވެ.

އެންމެ ފުރަތަމަ ޕްލޭންގައި ހިމަނާފައި އޮތީ މިހާރު ހުރި ޕަމްޕުސްޓޭޝަންތަކުގެ އިތުރުން އެއް ޕަމްޕުސްޓޭޝަން ގާއިމް ކުރުމަށް ނަމަވެސް, އީއައިއޭއަށް ހުށަހެޅިިއިރު ފެން ހިންދާ ނިޒާމު ހިންގާނެ ގޮތުގެ ތަފްސީލު ހިމަނާފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. މިކަމުގެ ސަބަބުން މި ނިޒާމުގެ ނަތީޖާ ލަފާކުރުމަށް ދަތިތަކެއް ހުރި ކަން ފާހަގަކޮށްފައިވެ އެވެ.

"މި މަގުގައި ގާއިމްކުރާ ފެން ހިންދާ ނިޒާމު އެކަމަށް ބެލެހެއްޓުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ނުފެތޭނަމަ މަޝްރޫއުގެ މަގްސަދު ހާސިލް ނުވާނެ ކަމަށް ބެލެވެ އެވެ. ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ނުލިބި، މަގު ބޭނުން ކުރާ މީހުންނަށް އެކަމުގެ ދަތިތައް ކުރިމަތިވެ ޝަކުވާތައް އިތުރުވާނެ ކަމަށް ވެސް ބެލެވެ އެވެ." ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެ މަގުގައި ހުރި ހިޔާ ދޭ ގަސްތައް ނަގާތީ، އެކަމުގެ ގެއްލުން ކުރާނެ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކޮންމެހެން ނަގަން ޖެހޭ ހާލަތެއްގައި މެނުވީ ގަހެއް ނަގައިގެން ނުވާނެ ކަމަށާއި މިގޮތުން ނަގާ ގަސްތައް އެހެން ތަނަަކަށް ބަދަލުކުރުމުގައި ސަމާލުކަން ދޭން ޖެހޭނެ ކަންކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"މަގުން ނަގާ ގަސްތަކުގެ ބަދަލުގައި އާ ގަސް އިންދުމަށް ނިންމާފައިވީ ނަމަވެސް، އަލަށް އިންދާ ގަސްތައް ހެދި ބޮޑުވުމަށް އެތައް އަހަރެއް ނަގާނެތީ، އެ ކަމުން ލިބޭ ގެއްލުންތައް ވަގުތުން އިއާދަވެގެން ނުދާނެ އެވެ. މި ކަމުގެ ސަބަބުން މި މަޝްރޫއަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެ އެވެ." ރިޕޯޓުގައި ބުނެފައިވެ އެވެ.

އާރްޑީސީގެ ޕްލޭނަކީ މަގުގައި އަލަށް ފޭރު ގަހާއި ޖަނބުރޯލު ގަހުގެ އިތުރުން ރާއްޖޭން ބޭރުން އެތެރެކޮށްގެން ޖަކަރަންޑާ ގަސް އިންދުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. މީގެ އިތުރުން ތަފާތު އެކި ވައްތަރުގެ މާމެލާމެލި އިންދަން ވެސް ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.

ޖަކަރަންޑާ ގަހެއް؛ ބަހާރު މޫސުމުގައި މި ގަހުގައި ވަރަށް ގިނަ އަދަދެއްގެ މާ އަޅާނެ--
ޖަކަރަންޑާ ގަހެއް؛ ބަހާރު މޫސުމުގައި މި ގަހުގައި ވަރަށް ގިނަ އަދަދެއްގެ މާ އަޅާނެ--

ޖަކަރަންޑާ ގަހެއް؛ ބަހާރު މޫސުމުގައި މި ގަހުގައި ވަރަށް ގިނަ އަދަދެއްގެ މާ އަޅާނެ--

މި ޕްލޭނުގައި ހިތި ގަސް އިންދުމަށް ވެސް ހިމަނާފައިވާއިރު، އީޕީއޭއިން ވަނީ ހިތިގަސް އިންދުމަށް ނުފެންނަ ކަމަށް ކޮންސަލްޓަންޓަށް ލަފާ ދީފަ އެވެ.

އެކި ސެގްމެންޓުތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 84.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަގުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ ޖެނުއަރީ މަހަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox