ތެލުގެ ސަބްސިޑީ ދޭނެ އާ އުސޫލު ސަރުކާރުން ހާމައެއް ނުކުރި

ރައީސް ސޯލިހާއި ތަރުޖަމާނު މަބްރޫކް: މަބްރޫކް ވިދާޅުވީ ސަބްސިޑީ ދޭނެ ގޮތުގެ އާ އުސޫލު ފަހުން ހާމަ ކުރައްވާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރައީސް ސޯލިހާއި ތަރުޖަމާނު މަބްރޫކް: މަބްރޫކް ވިދާޅުވީ ސަބްސިޑީ ދޭނެ ގޮތުގެ އާ އުސޫލު ފަހުން ހާމަ ކުރައްވާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ތެލުގެ ސަބްސިޑީ "އެންމެ ބޭނުންޖެހުފައިވާ ރައްޔިތުންނަށް" އެކަނި ދިނުމަށް ނިންމައި އެކަން ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި ނަމަވެސް އެ މަސައްކަތުގެ ތަފްސީލު ހާމަ ކުރެވެން ނެތް ކަމަށް އެމަނިކުފާނުގެ އޮފީހުން މިއަދު ބުނެފި އެވެ.

ހަކަތަ އުފައްދާ ސްޓެލްކޯ އާއި ފެނަކަށް ގެންނަ ތެލަކީ ސަރުކާރުން ސަބްސިޑައިޒް ކުރާ މުދަލެވެ. އެހެންކަމުން އާންމުންނަށް ދޭ ހިދުމަތްތަކާއި ވިއްކާ ތެލަކީ ވެސް ސަބްސިޑައިޒް ކުރެވިފައިވާ ތެލެވެ. ރައީސް ވިދާޅުވި ފަދައިން "އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް" ހެދުމަށް ސަރުކާރުން ގެންނަނީ ކޮން ބަދަލެއްކަން އަދި ނޭނގެ އެވެ.

އެކަމާ ގުޅޭ ގޮތުން މި ނޫހުން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ތެލުގެ ސަބްސިޑީ ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދިޔަ ނަމަވެސް އޭގެ ތަފްސީލު ދެވޭނީ ފަހުން ކަމަށެވެ.

"ރައީސް ވިދާޅުވީ މިހާރު ތެލުގެ ސަބްސިޑީ ދޭގޮތް ރީސްޓްރަކްޗާ ކުރާ ވާހަކަ. އެ މެކޭނިޒަމްތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެބަދޭ، ތަފްސީލުތައް ފަހުގެ ތާރީހެއްގައި ހާމަކުރާނެ،" އޭނާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ 57 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް އިއްޔެ ދެއްވި ހިތާބުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ތެލުގެ ސަބްސިޑީއަށް ބަދަލު ގެނައުމަކީ ކޮންމެހެން ސަރުކާރުން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

"ސަރުކާރުންދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް، ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމުކަމުގައި އަޅުގަނޑު ދެކެން. މިބަދަލު ތަފްސީލުކޮށް، ތަންޒީމުކޮށް، ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފެށިވާހަކަ ދަންނަވަން. މިއީ ދުޅަހެޔޮ އިގްތިސާދީ އޮމާން ދުވެލީގެ، ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާސިލްވުމަށް، މިވަގުތު ކޮންމެހެން އުފުލަން ޖެހޭ ބުރައެއް،" ޓެލެވިޒަން މޯލްޑިވްސް މެދުވެރިކޮށް ރައްޔިތުންނަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

މި އަހަރަށް ސަރުކާރުން ބަޖެޓް ކުރި ތެލުގެ ސަބްސިޑީގެ ޖުމްލައަކީ 341.5 މިލިއަން ރުފިޔާ އެވެ. އެއީ މުޅި އަހަރަށް ބަޖެޓް ކުރެވުނު މިންވަރު ނަމަވެސް، ޔޫރަޕުގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިއުމުގެ ސަބަބުން ނިމިދިޔަ ޖޫން މަހުގެ ނިޔަލަށް ޖުމްލަ 910.3 މިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް އެކަނި ހަރަދުވެފައިވެ އެވެ.

މިހާރު ލަފާ ކުރެވޭ ގޮތުން މި އަހަރުގެ ނިޔަލަށް ޖުމްލަ 1.95 ބިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް ސަރުކާރުން ހަރަދު ކުރަން ޖެހޭނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި, ސަރުކާރުން ތެލަށްދޭ ސަބްސިޑީ އަމާޒުކުރަނީ މައިގަނޑު ދެކަމަކަށެވެ. ފުރަތަމަ ކަމަކަށް ރައްޔިތުން ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓްގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށް ސަބްސިޑީ ދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox