ތެލަށް ކުރާ ހޭދަ ތިން ބިލިއަނުން ހަ ބިލިއަނަށް!

އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ އެފްއެސްއެެމްގެ ޕެޓްރޯލް ޝެޑް: މިހާރު ޕެޓްރޯލާއި ޑީސަލް އަގުތައް ހުރީ ރެކޯޑަކާ ގާތްކުރާ ވަރަށް. -- ފޮޓޯ:

އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ އެފްއެސްއެެމްގެ ޕެޓްރޯލް ޝެޑް: މިހާރު ޕެޓްރޯލާއި ޑީސަލް އަގުތައް ހުރީ ރެކޯޑަކާ ގާތްކުރާ ވަރަށް. -- ފޮޓޯ:

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން ތެޔޮ އެތެރެކުރަން ކުރާ ހަރަދު 95 ޕަސެންޓު އިތުރުވެއްޖެ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބު ތަކުން ދައްކައިފި އެވެ.

އިމްޕޯޓު ރެކޯޑުތަކުން ފެންނަ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ރާއްޖެއަށް އާންމުކޮށް އެތެރެކުރާ ތެލުގެ ބާވަތްތައް ކަމުގައިވާ މެރީން ގޭސް އޮއިލް (ޑީސަލް) އާއި ޕެޓްރޯލާއި އޭވިއޭޝަން ފިއުލް އެތެރެކުރަން ހަރަދުވީ 3.1 ބިލިއަން ރުފިޔާ އެވެ.

ނަމަވެސް ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިދިޔަ 10 އަހަރުތެރޭ ނުއުފުލޭހާ މައްޗަށް އުފުލި، މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރު ނިމުނުއިރު މި ބާވަތްތަކުގެ ތެޔޮ އެތެރެކުރަން ކުރި ހަރަދު ވަނީ ހަ ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ދެވަނަ ކުއާޓަރުގައި އެކަނި ވެސް 3.9 ބިލިއަން ރުފިޔާ ހަރަދުވި އެވެ.

މި މުއްދަތުގެ ތެރޭގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 87 ޑޮލަރު(1335.45ރ)އިން 123 ޑޮލަރު (1888.05ރ)އަށް އުފުލިފަ އެވެ.

ތެލުގެ އަގު ބޮޑު ވުމާ ގުޅިގެން ރާއްޖެއަށް ތެޔޮ އެތެރެކުރާ މައި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވަނީ އަހަރުގެ މިހާތަނަށް ތިން ފަހަރެއްގެ މަތިން ޕެޓްރޯލާއީ ޑީސަލް ވިއްކާ އަގު ބޮޑުކޮށްފަ އެވެ.

އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގަށް ގެނައި ބަދަލު

  • ޖެނުއަރީ 21: ޕެޓްރޯލް ލީޓަރެއް 12.06ރ.، ޑީސަލް ލީޓަރެއް 12.44ރ.
  • މާޗު 5: ޕެޓްރޯލް ލީޓަރެއް 14.60ރ.، ޑީސަލް ލީޓަރެއް 14.60ރ.
  • ޖޫން 24: ޕެޓްރޯލް ލީޓަރެއް 16.55ރ.، ޑީސަލް ލީޓަރެއް 16.77ރ.

އެގޮތުން އަހަރު ފެށުނުއިރު، އެސްޓީއޯގެ ސަބްސިޑަރީ ފިއުލް ސަޕްލަޔި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތަކުން 11.16ރ އަށް ލިބެން ހުރި ޕެޓްރޯލް ލީޓަރެއް މިހާރު ލިބެނީ 16.55ރ އެވެ. މިއީ 5.39ރ ގެ އިތުރުވުމެކެވެ. އަދި 11.84ރ އަށް ލިބެން ހުރި ޑީސަލް ލީޓަރެއް މިހާރު ލިބެނީ 16.77ރ އަށެވެ. މިއީ 4.83ރ ގެ އިތުރުވުމެކެވެ.

ރިސޯޓުތަކާއި ވިޔަފާރި ކުންފުނިތަކަށް ވިއްކާ އަގު މިޔަށް ވުރެ ވެސް ބޮޑެވެ. މިތަންތަނަށް ތެޔޮ ވިއްކާ ރޭޓުތަކަށް އެސްޓީއޯ އިން އޭޕްރީލު މަހު ގެނައި ބަދަލާ އެކު، ރިސޯޓުތަކާއި ކުންފުނިތަކަށް ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.09ރ އަށް އަދި ޑީސަލް ލީޓަރެއް ވިއްކަނީ 17.57ރ އަށެވެ.

އަތޮޅުތެރޭގައި ވެސް އެވަރެޖުކޮށް ޕެޓްރޯލާއި ޑީސަލް ލީޓަރެއް އުޅެނީ 17ރ އިން މަތީގަ އެވެ. ބައެއް ރަށްރަށުގެ ޕެޓްރޯލް ޝެޑުތަކުން 22ރ އަށް ލީޓަރެއް ވިއްކާ ކަމުގެ ޝަކުވާ ވެސް އާންމުން ކޮށްފައި އެބަހުއްޓެވެ.

ޕެޓްރޯލާއި ޑީސަލް އަގުތައް މިޔަށް ވުރެ ބޮޑުވެދާނެތަ؟

އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަން (ޔޫއެސް އީއައިއޭ)އިން މި މަހު ނެރުނު ކުރު ރާސްތާގެ "އެނާޖީ އައުޓްލުކް" ރިޕޯޓުގައިވާ ގޮތުގައި މި އަހަރުގެ ފަހު ދެ ކުއާޓަރުގައި ސާފުނުކުރާ "ބްރެންޓް" ތެޔޮ ފީފާއެއްގެ އަގު ހުންނާނީ އެވަރެޖުކޮށް 101 ޑޮލަރު(1550.35ރ)ގަ އެވެ. އަދި އަހަރު ނިމުމުގެ ކުރުން 97 ޑޮލަރު (1488.95ރ)އަށް ވެއްޓޭނެ އެވެ.

މިއީ ތެޔޮ އުފައްދާ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުވާނެ ކަމަށް ލަފާކޮށް ބިނާކުރާ އަންދާޒާ އެކެވެ. އެކަމަކު އަދިވެސް 2019 އަށް ވުރެ ތެލުގެ އިންވެންޓްރީތައް މަދުކަމުން، އަންދާޒާތަކާ އެއްވަރަށް ތެލުގެ އަގު ކުޑަ ނުވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ރިޕޯޓުގައި ފާހަގަކުރި އެވެ.

ވަކިން ހާއްސަކޮށް ރިފައިންޑް ތެލުގެ އުފެއްދުންތަކުގެ އަގަށް މާ ބޮޑު ބަދަލެއް ނައުމުގެ ފުރުސަތު އެބައޮތެވެ. ރާއްޖެއަކީ ސާފު ނުކުރާ ތެޔޮ އެތެރެކުރާ ގައުމެއް ނޫން ކަމުން، ދިވެހިންނަށް މުހިންމީ ރިފައިންޑް ތެލުގެ އަގުތެކެވެ.

ވޭތުވި ދެ ތިން އަހަރަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރަނީ އޮމާނުންނެވެ. އޮމާނުގެ މައި ތެޔޮ ކުންފުނި ޕެޓްރޯލިއަމް ޑިވެލޮޕްމަންޓް އޮމާނުން މިވަގުތު ޕެޓްރޯލް ފީފާއެއް ވިއްކަމުން ދަނީ 98.70 ޑޮލަރު (1515.03ރ) އަށެވެ. އަދި ޑީސަލް ފީފާއެއް ވިއްކަމުން ދަނީ 106.55 ޑޮލަރު (1635.48ރ) އަށެވެ.

އޮމާނުން ތެލުން ލިބޭ އާމްދަނީ އިތުރުވުމާ ގުޅިގެން ދަރަނި ކުޑަކޮށް، ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދަ މިހާރު ވަނީ އިތުރުކޮށްފަ އެވެ.

އެ ގައުމުގެ ސަރުކާރުގެ އަމާޒަކީ ބަޖެޓު ސާޕްލަސް ބޮޑުކޮށް ހަރަދަށް ވުރެ އާމްދަނީ އިތުރުކުރުމެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރާ ގޮތުގައި އޮމާން ސަރުކާރުން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލުވެވޭނީ އަހަރުގެ ތެރޭގައި 70 ޑޮލަރު (1074.50ރ.)އަށް ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރެގެންނެވެ.

މިހެންކަމުން ދުނިޔޭގެ ބާޒާރުގައި އަގުތައް ނުއުފުލޭނަމަ އެ ގައުމުން ތެޔޮ ވިއްކާ އަގުތައް އުފުލާނެ ކަމަކަށް ނުބެލެވެ އެވެ. އެއާ ވިދިގެން ރާއްޖެ އެތެރެކުރާ ތެލުގެ އަގު އިތުރަށް ބޮޑުވާން ޖެހޭ ސަބަބެއް ވެސް ނެތެވެ.

އަނެއްކޮޅުން އާންމުންނަށް ވިއްކާ ތެލާއި ކަރަންޓު އުފައްދަން ބޭޏުންކުރާ ތެޔޮ ސަރުކާރުން ސަބްސިޑައިޒް ކުރެ އެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގިނަ ގައުމުތަކެއް ހިމެނޭހެން އެހެން ގައުމުތަކާ ބަލާ ނިސްބަތުން އަގުތައް ހިފެހެއްޓިފައި ހުރި މައިގަނޑު ސަބަބަކީ މިއީ އެވެ.

ފިނޭންސުން "އަދަދު" ނޫހާ ހިއްސާކުރި މައުލޫމާތުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް ފިއުލް ސަބްސިޑީއަށް 715.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިއީ މުޅި އަހަރަށް ބަޖެޓުކުރި 341.5 މިލިއަން ރުފިޔާއަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރު ހަރަދުވީ 238.9 ބިލިއަން ރުފިޔާއަށް ވުރެ ތިން ގުނަ އިތުރު އަދަދެކެވެ.

ރާއްޖޭގައި އެންމެ އަގުބޮޑުކޮށް ތެޔޮ ވިއްކާފައިވަނީ މާޗު 2013 ގަ އެވެ. އޭރު ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 16.80ރ އަށެވެ. އެފަހަރު ޕެޓްރޯލުގެ އަގު ރެކޯޑު އަދަދަކަށް އިތުރުވި ނަމަވެސް އޭރު ޑީސަލްގެ އަގު ހުރީ މިހާރަށް ވުރެ ކުޑަކޮށް، 16.40ރ އަށެވެ. މިހާރު އާންމުންނަށް ޑީސަލް ވިއްކާ ލީޓަރަކަށް 16.77ރ ރޭޓަކީ ރެކޯޑެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސްގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމެވެ. 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ބަލައިގެންފައިވާ މި ދުވުން އޮންނާނީ 20 ނޮވެމްބަރު 2026 ގައި ހުޅުމާލޭގައެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ބާއްވާ މި ހަރަކާތުގައި ހާފް މެރަތަން އާއި އެކި ކިލޯމީޓަރުތަކުގެ ދުވުންތައް ހިމެނެއެވެ.

އެސްޖޭ ދިހެރެޔާ ރެސިޑެންސްގެ އެޕާޓްމަންޓް ބުކިންއަށް ހުޅުވާލައިފި

އެސްޖޭ ގްރޫޕުން ހުޅުމާލޭ ފޭސް 1 ގައި ތަރައްގީކުރާ 'އެސްޖޭ ދިހެރެޔާ ރެސިޑެންސް' ގެ އެޕާޓްމަންޓްތައް 3.6 މިލިއަން ރުފިޔާއިން ފެށޭ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް އަމާޒުކޮށްފައިވާ މި ކޮންޑޮމީނިއަމްގައި އިންފިނިޓީ ޕޫލާއި، ޖިމް އަދި ޕާކިން ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭއިރު، މިއީ ހުރިހާ ޚިދުމަތްތަކެއް ކައިރިން ލިބޭނެ ހިތްގައިމު ސަރަހައްދެއްގައި ބިނާކުރާ އިމާރާތެކެވެ.

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

Newsletter

Get the latest news delivered straight to your inbox