އާސަންދައިން އިންޑިއާގެ ހޮސްޕިޓަލްތަކަށް އަހަރަކު 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ!

އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮަސްޕިޓަލް. އާސަންދައިން އެންމެ ގިނަ ބަލިމީހުން ފޮނުވީ މި ހޮސްޕިޓަލަށް. އާސަންދައިން އިންޑިއާއަށް އަހަރަކު 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވޭ. ފޮޓޯ: އަމްރިތާ ހޮސްޕިޓަލް

އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮަސްޕިޓަލް. އާސަންދައިން އެންމެ ގިނަ ބަލިމީހުން ފޮނުވީ މި ހޮސްޕިޓަލަށް. އާސަންދައިން އިންޑިއާއަށް އަހަރަކު 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވޭ. ފޮޓޯ: އަމްރިތާ ހޮސްޕިޓަލް

އަވަށްޓެރި އިންޑިއާގެ ހޮސްޕިޓަލްތަކަށް ދައުލަތުގެ ހެލްތު އިންޝުއަރެންސް ނިޒާމު، "އާސަންދަ" އިން އަހަރަކު 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އާސަންދައިން "އަދަދު"އާ ހިއްސާކުރި ހިސާބުތަކުގައިވާ ގޮތުން މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ހޮސްޕިޓަލްތަކަށް އާސަންދައިން އެންމެ މަދުން ހަރަދުވި އަހަރު ވެސް 100.6 މިލިޔަން ރުފިޔާ ހަރަދުވި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެތައް މަހެއް ވަންދެން ރާއްޖޭން ބޭރަށް ދަތުރުނުކުރެވޭ ގޮތް މެދުވެރިވި 2020 ވަނަ އަހަރަކީ ބޭރުގެ ހޮސްޕިޓަލްތަކަށް އެންމެ މަދުން ފައިސާ ހަރަދުވާނެ އަހަރު ކަމަށް ބެލެވުނަސް، އެންމެ މަދުން ހަރަދުވީ 2017 ވަނަ އަހަރު އެވެ.

ކޮވިޑް-19ގެ ލޮކްޑައުންއާ އެކު ވެސް 2020 ވަނަ އަހަރު އިންޑިއާގެ ހޮސްޕިޓަލްތަކަށް އާސަންދައިން 104.3 މިލިޔަން ރުފިޔާ ހަރަދުވި އެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގެ ހޮސްޕިޓަލްތަކަށް އާސަންދައިން އެންމެ ބޮޑު ހަރަދެއް ކުރީ 2019 ވަނަ އަހަރު އެވެ. އެ އަހަރު އެކަނި 244.6 މިލިޔަން ރުފިޔާ ހަމަ އެކަނި އިންޑިއާގެ ހޮސްޕިޓަލްތަކަށް އާސަންދައިން ހަރަދުކުރި އެވެ.

އިންޑިއާގެ ހޮސްޕިޓަލްތަކަށް ހަރަދުކުރި ފައިސާ 2017-2022

  • 2017: 100.6 މިލިޔަން ރުފިޔާ
  • 2018: 199.5 މިލިޔަން ރުފިޔާ
  • 2019: 244.6 މިލިޔަން ރުފިޔާ
  • 2020: 104.3 މިލިޔަން ރުފިޔާ
  • 2021: 203.5 މިލިޔަން ރުފިޔާ
  • 2022: 96.8 މިލިޔަން ރުފިޔާ

އިންޑިއާގެ ހޮސްޕިޓަލްތަކުން މީހުން ބޭސްކުރަން އާސަންދައިން ހަރަދުކުރި ފައިސާގެ ބޮޑު ބައެއް ގޮސްފައި ވަނީ ހިސާބުތަކުން ދައްކާ ގޮތުގައި ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށެވެ. އިންޑިއާގެ ހޮސްޕިޓަލްތަކަށް އާސަންދައިން އެންމެ ބޮޑު ހަރަދެއް ހިނގި، 2019 ވަނަ އަހަރު އެ ހޮސްޕިޓަލަށް އެކަނި 104.7 މިލިޔަން ރުފިޔާ ހަރަދުވި އެވެ. ދެން އެންމެ ގިނައިން އެ ހޮސްޕިޓަލަށް ފައިސާ ހަރަދުވި ކަމަށް ހިސާބުތަކުން ދައްކަނީ 2021 ވަނަ އަހަރު އެވެ. އެ އަހަރު 91.4 މިލިޔަން ރުފިޔާ ހަރަދުވި އެވެ. އެހޮސްޕިޓަލަށް އެންމެ މަދުން ހަރަދުކޮށްފައި އޮތީ 2017 ވަނަ އަހަރު އެވެ. އެ އަހަރު ހަރަދުވީ 33.1 މިލިޔަން ރުފިޔާ އެވެ.

އާސަންދައިން ހިއްސާކުރި ހިސާބުތަކުގައިވާ މިދިޔަ ހަ އަހަރުގެ ތެރޭގައި އަވަށްޓެރި ސްރީލަންކާގެ ހޮސްޕިޓަލްތަކަށް އާސަންދައިން ހަރަދުކޮށްފައި ވަނީ އަހަރަކު ގިނަވެގެން ތިން މިލިޔަން ރުފިޔާ އެވެ. އެެގައުމުގެ ހޮސްޕިޓަލްތަކަށް އާސަންދައިން އެންމެ ބޮޑު ހަރަދެއް ކުރީ 2019 ވަނަ އަހަރު އެވެ. އެއީ 2.99 މިލިޔަން ( ގާތްގަނޑަކަށް ތިން މިލިޔަން ރުފިޔާ) އެވެ. ލަންކާގެ ހޮސްޕިޓަލްތަކަށް އެންމެ މަދުން ފައިސާ ހަރަދުވީ 2021 ވަނަ އަހަރު އެވެ. އެ އަހަރު ހަރަދުވީ 1.3 މިލިޔަން ރުފިޔާ އެވެ.

ސްރީލަންކާގެ ހޮސްޕިޓަލްތަކަށް ހަރަދުކުރި ފައިސާ 2017-2022

  • 2017: 2.6 މިލިޔަން ރުފިޔާ
  • 2018: 1.8 މިލިޔަން ރުފިޔާ
  • 2019: 2.9 މިލިޔަން ރުފިޔާ
  • 2020: 1.3 މިލިޔަން ރުފިޔާ
  • 2021: 410،458.ރ ( ހަތަރު ލައްކަ ދިހަ ހާސް ހަތަރުސަތޭކަ ފަންސާސް އަށް ރުފިޔާ)
  • 2022: 183،655.ރ ( އެއް ލައްކަ އަށްޑިހަ ތިން ހާސް ހަ ސަތޭކަ ފަންސާސް ފަސް ރުފިޔާ)

އާސަންދައިގެ މި ހިސާބުތަކުން ދައްކާ ގޮތުގައި އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ ހޮސްޕިޓަލްތަކަށް މިދިޔަ މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ހޭދަވި ފައިސާގެ ޖުމްލަ 958.8 މިލިޔަން ރުފިޔާ ( ގާތްގަނޑަކަށް އެއް ބިލިޔަން ރުފިޔާ) އަރަ އެވެ. މިއީ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރަން ހަރަދުވި ފައިސާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ. ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރަން ދައުލަތުން ހަރަދުވީ 2.2 ބިލިޔަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox