އަދާލަތުގެ އިލްމުވެރިންގެ ފަތުވާ: ޔޯގާ ހުއްދައެެއް ނޫން!

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ބައްދަލުވުމެއްގައި އެޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ. އަދާލަތުގެ އިލްމުވެރިންގެ ރައުޔުގައި ޔޯގާ ހަރާމް

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ބައްދަލުވުމެއްގައި އެޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ. އަދާލަތުގެ އިލްމުވެރިންގެ ރައުޔުގައި ޔޯގާ ހަރާމް

ޔޯގާ ހެދުން ނުވަތަ ޔޯގާ ހެދުމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށާއި ޖުުމްހޫރު އިލްމުވެރިންގެ ރައުޔަކީ އެއީ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން މިިރޭ ބުނެފި އެވެ.

"އިސްލާމީ ފިގުހުވެރިންގެ މީޒާނުގައި "ޔޯގާ" މިނަމުގައި އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން މިއަދު އާންމުކުރި ކަރުދާހުގައި ބުނީ ޔޯގާއާ މެދު މައިގަނޑު ތިން ރައުޔެއް އޮތް އިރު އޭގެ ތެރެއިން ދެ ރައުޔުގައި ޔޯގާ ހަރާމް ކަމަށެވެ. ޔޯގާ ހުއްދަނުވާނެ ކަމަށް ދެ ރައުޔު އޮތް އިރު އެއް ރައުޔުގައިވާ ޝަރުތުތަކާ އެކު ޔޯގާ ހަދާ ނަމަ ހަގީގަތުގައި ޔޯގާއަށް ނުވެސް ވާނެ ކަމަށް ވެސް އަދާލަތުގެ ކަރުދާހުގައި ބުންޏެވެ.

"...ގިނަ އިލްމުވެރިން މުޅި ޔޯގާ އެއްކޮށް ހަރާމް ކުރައްވާ. މިއީ ޖުމްހޫރު އިލްމުވެރިންގެ ރައުޔެ. މި ރައުޔަށް ފަތުވާދެއްވާފައިވާ ފަރާތްތަކުގެ ތެރޭގައި މިސްރުގެ ދާރުލްއިފްތާ އާއި މެލޭޝިޔާގެ ފިގުހުކޮމިޓީ އާއި ޑރ. ޔޫސުފް އަލްގަރްޒާވީ އާއި އުސްތާޒު ޑރ. ޢަލީ ޖުމްއާ މުހައްމަދު ސާލިހު އަލްމުނައްޖިދު އަދި ޑރ. ޢަބްދުﷲ އަލްފަގީހު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާ،" އަދާލަތުގެ ކަރުދާހުގައި ފުރަތަމަ ރައުޔާ ބެހޭ ގޮތުން ލިޔެފައި ވެ އެވެ.

"ހުއްދަ ކަމަށް ބުނާ ރައުުޔާ މެދު ސުވާލު އުފެދޭ"

އަދާލަތުގެ ކަރުދާހުގައި ބުނީ ޔޯގާއާ މެދު އޮތް ދެވަނަ ރައުޔުގައި ޔޯގާ ހުއްދަ ކަމަށް އޮތް ނަމަވެސް އެއީ ކޮންކޮން އިލްމުވެރިންނެއްގެ ރައުޔެއްކަން އެނގެން ނެތް ކަމަށެވެ. އޭގެ ބަދަލުގައި އެއީ ބައެއް މުއައްސަސާތަކުން ނެރުނު ފަތުވާތަކާއި އިތުބާރު ކުރެވޭ ބައެއް ވެބްސައިޓްތަކުގައިވާ ފަތުވާތަކެއްގައި އޮތް ރައުޔެއް ކަމަށް ވެސް އެ ކަރުދާހުގައި ބުންޏެވެ.

"...މި ރައުޔާމެދު މި ދިރާސާއިން ފާހަގަވީ ކަމަކީ އެކި މުއައްސަސާތަކުން ނެރޭ ފަތުވާތަކާއި ލިޔެވިފައި ދިރާސާތަކާއި އިތުބާރު ހުރި އޮންލައިން ވެބްސައިޓް ތަކުގައިވާ ފަތުވާ ތަކުގައި މި ރައުޔު ގެނެސްފައި ވީނަމަވެސް މި ރައުޔު ތައުޘީޤުކޮށް މަރުޖިއު ބާޔާންކުރައްވާފައި ނުވެއެވެ. އަދި މި ރައުޔު ނިސްބަތްވަނީ ކޮން އިލްމްވެރިންނަށް ކަމެއް އެނގޭކަށް ނެތް،" އެ ކަރުދާހުގައި ވެ އެވެ.

ތިން ވަނަ ރައުޔާ މެދު އަދާލަތުގެ ކަރުދާހުގައި ބުނީ އެއީ ވަކި ޝަރުތުތަކަކާ އެކު ޔޯގާ ހުއްދަކުރާ ރައުޔެއް ކަމަށާއި އެހެން ނަމަވެސް އެ ޝަރުތުތައް ލުމުން ޔޯގާގެ އަސްލު ގެއްލި އެހެން ކަމަށް އެކަން ބަދަލުވާ ކަމަށެވެ.

"...އޭރުން އެއީ ޔޯގާއޭ ކީ ކަމުގައި ވިޔަސް ހަޤީޤީ ޔޯގާއަކަށް ނުވެއެވެ. އަދި އެ ޙަރަތާތްތަކަށް ޔޯގާގެ ނަން ދިނުމުގެ ބޭނުމެއްވެސް ނެތެވެ،" އަދާލަތުގެ ކަރުދާހުގައި ބުންޏެވެ.

ތިން ރައުޔާ މެދު ތަފްސީލުކޮށް ބަހުސް ކުރުމަށް ފަހު އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން ސައްހަ ކަަމަށް ބެލި ރައުޔަކީ ފުރަތަމަ ރައުޔެވެ. އެއީ މުސްލިމުންނަށް ޔޯގާ ހަރާމް ކަމަށް ބަލާ ރައުޔެވެ.

"...އިސްވެ ދިޔަ ތިން ރައުޔަށް ބަލާ ނަޒަރު ހިންގާއިރު އޭގެ ތެރެއިން ދަލީލުތަކާއި ތަޢުލީލުތަކުގެ ގޮތުން ރާޖިޙު ރައުޔަކީ ފުރަތަމަ ރައުޔެވެ. އެއްވެސް މުސްލިމަކަށް ޔޯގާ ހެދުމަކީ މުޠުލަޤުކޮށް ހުއްދަ ނުވާނޭކަމަށް ބުނާ ރައުޔެވެ. ހިންދޫ ދީނުގެ މަފްހޫމުގެ ޔޯގާ ކަމަށްވިޔަސް އަދި އެއީ ހިންދޫ ދީނުގެ މަފްހޫމާއި އިޢުތިޤާދުން ބޭރުވެ ހުޅަނގުގެ މަފްހޫމުގައިވާ ޔޯގާ ހެދުން ކަމުގައިވިޔަސްމެއެވެ. އެހެން ގޮތަކަށް ބުނާނަމަ ދީނީ ކަމެއްގެ ގޮތުގައި ބައިވެރިވިޔަސް، ނުވަތަ ބަޔަކު ކުރާތީ ކުރާ ކަމެއް ކަމުގައި ވިޔަސް، ނުވަތަ ކަސްރަތު ކުރުމުގެ ނިޔަތުގައި ކަމަށް ވިޔަސްމެއެވެ،" އަދާލަތުގެ ކަރުދާހުގައި ބުންޏެވެ.

އެ ކަރުދާހުގައިވާ ގޮތުން ޔޯގާގެ އަސްލަކީ ވެސް އަދި އެ ހަރަކާތް ހިންގާ ހުރިހާ ސަރަހައްދެއްގަައި ވެސް އެކަމާ މެދު ގަބޫލުކުރާ ގަބޫލުކުރުން ތަކުން، އެއީ ހިންދޫ ދީނާއި ބުދުދީނުގެ އަޅުކަމެއް ކަން އެނގެ އެވެ.

ޔޯގާއަކީ އަޅުކަމެއް ކަމަށް ހުޅަނގުގެ ގައުމުތަކުގައި ނުބަލާ ކަމަށާއި އެއީ ކުޅިވަރެއް އަދި ސިއްހަތަށް ފައިދާ ހުރި ކަމެއްގެ ގޮތުގައި ބަލާ ކަމަށާއި އެހެން ނަމަވެސް އޭގެ އަސްލަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށް ހުޅަނގުގެ މީހުން ވެސް އިއުތިރާފްވާ ކަމަށް އެ ކަރުދާހުގައި ބުންޏެވެ.

މައުލޫމާތު ހޯއްދެވި މަސްދަރުތައް ވެސް ހިމަނާފައިވާ، އަދާލަތުގެ ކަރުދާސް، ޓްވިޓާގައި ހިއްސާކުރައްވަމުން އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެއީ ވަރަށް އިލްމީ މަސައްކަތެއް ކަމަށެވެ.

ޔޯގާ ގެ މައްސަލަ ހޫނުވެ، ބޮޑު ބަހުސަކަށް ބަދަލުވެގެންދިޔައީ ބައިނަލް އަގުވާމީ ޔޯގާދުވަސް ފާހަގަކުރަން މިދިޔަ ޖޫން މަހުގެ 21 ގައި ގަލޮޅުދަނޑުގައި ބޭއްވި ހަރަކާތަށް ފަހު އެވެ. އެދުވަހުގެ ހަރަކާތް ހިނގަމުން ދަނިކޮށް، އެކަން ހުއްޓުވަން ބަޔަކު ހުރަސް އަަޅައި ހަމަނުޖެހުން ހިންގައި އެކަމުގެ ތެރޭގައި 21 މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް މިހާރު ވަނީ ހައްޔަރު ކުރި ބައެއް މީހުން ދޫކޮށްލައިފަ އެވެ. އެގޮތުން، އެކަމާ ގުޅިގެން ހައްޔަރު ކުރި ދީނީ އިލްމުވެރިޔާ ފަޒްލޫން މުހައްމަދު ވެސް އިއްޔެ ވަނީ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފަ އެވެ. ނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި ޝައިހް އާދަމް ނިޝާންއާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އަދިވެސް ހުންނެވީ ބަންދުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox