މަހުލޫފްގެ މައްސަލާގެ ތަހުގީގުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެއް

މަހުލޫފް އިއްޔެ ކޯޓަށް ހާޒިރުވަނީ: ތަހުގީގުގައި ހަދާފައިވާ ގޯސްތައް ކޯޓުން ފާހަގަކުރި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މަހުލޫފް އިއްޔެ ކޯޓަށް ހާޒިރުވަނީ: ތަހުގީގުގައި ހަދާފައިވާ ގޯސްތައް ކޯޓުން ފާހަގަކުރި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މައްޗަށް ދައުލަތުން އުފުލި ދައުވާ އިއްޔެ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އެ މައްސަލައިގެ ތަހުގީގުގައި ގިނަ ގޯސްތަކެއް ހަދާފައިވާކަން ފާހަގަކުރުމަށްފަހު އެވެ.

ރިޝްވަތު ހިފި ކަމަށް ބުނެ ކޮށްފައިވާ އެ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކާއި ދައުވާއާ ގުޅުވާނުލެވުނު ކަމަށް ކޯޓުން ނިންމިއިރު، އެ މައްސަލަ ތަހުގީގުކުރުމުގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވި އެވެ. އަދި ދައުވާކުރުމާ މެދު ގޮތެއް ނުނިމި ފަސް މަސް ދުވަހު މަޑު ޖެހިފައި އޮތެވެ.

ބޮޑު ހިޔާނާތުގެ ތަހުގީގަށް ދެ ފަހަރު މަތިން 2019 ވަނަ އަހަރުވެސް މަހުލޫފް ހާޒިރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ދައުވާކުރުމަށް އެދި ފޮނުވީ ޖޫން، 9 2021، ގައެވެ. އެ މައްސަލާގައި ދައުވާ ކުރުމާމެދު ގޮތެއް ނުނިމި ފަސް މަސް ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި ގެންގުޅުމަށްފަހު، ދައުވާކުރީ ނޮވެމްބަރު 24، 2021 ގައެވެ.

އަށާރަ ވަނަ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދައިރާގެ މެމްބަރެއްގެ ގޮތުގައި ހުރެ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި މަހުލޫފް ހިފި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން އުފުލީ ރިޝްވަތު ހިފިކަމުގެ ދައުވާ އެވެ.

މަހުލޫފަށް ދައުވާ ކުރަނީ މަޖިލީހުގެ މެމްބަރު ކަމުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓު ދިނުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން އޭނާއަށް ދިން 33,000 ޑޮލަރު, އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތުކޮށެވެ.

ނަމަވެސް މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅީ އެ މައްސަލައިގެ ތަހުގީގު ދޯހަޅިކަމުންނެވެ.

ގާޒީ ފާހަގަކުރެއްވި ގޮތުގައި މުޅި ތަހުގީގު ބިނާކޮށްފައި ވަނީ އެ ހިޔާނާތުގެ މޭސްތިރިޔާ ކަމަށް އިއުތިރާފްވެފައިވާ އަހްމަދު އަދީބު ތަހުގީގަށް ދިން ބަޔާނުގެ މައްޗަށެވެ. އެ ތަހުގީގުގައި އޭނާ "ބުނިބުނުމުގެ" މައްޗަށެވެ.

އެގޮތުން އަދީބުގެ ބަޔާނުގައި އޭނާ މަހުލޫފަށް ރިޝްވަތު ދިނުމުގެ ގޮތުން މުހައްމަދު އައްލާމް ލަތީފް މެދުވެރިކޮށް 33 ހާސް ޑޮލަރު ދިން ކަމަށް ބުނާ ބުނުން އިތުރަށް ތަހުގީގުނުކޮށް ދައުވާ ކޮށްފައިވާ ކަމަށް ގާޒީ ދެކިވަޑައިގަތެވެ. އެއީ އެ ފައިސާ ދިނުމުގެ މުއާމަލާތް ހިންގި ގޮތް އެއްވެސް މިންވަރަކަށް ދައުލަތަށް ޝަރީއަތުގައި ކިޔައިދެވިފައި ނުވާތީ އެވެ. އަދި އެކަމަށް ބާރުދޭ ގަރީނާއެއް ހުށަހެޅިފައި ނުވުމުންނެވެ.

"ތެއްތިރީސްހާސް އެމެރިކާ ޑޮލަރު ދިނީ ކޮންތާކު ކޮން ގޮތަކަށް ކިހިނެއް ކާކުގެ ހާޒިރުގައި ކޮން އިރަކު ކަން ބަލައި ތަހުގީގު ކޮށްފައިވާކަން އެނގެން ނެތް،" މަދަނީ މިންގަނޑުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅި ނިންމުމުގައި ވެއެވެ.

ގާޒީ ވިދާޅުވީ އަދީބުގެ ބުނުމުގެ މައްޗަށް، އެސްއީޒެޑްގެ ބިލަށް ވޯޓު ނެގި ތާރީހުގެ ފަހުގެ ތާރީހެއް ޖަހާފައި އޮތް އެސްއޯއެފްގެ ޗެކެއް އޮތުމުން އެ މިންވަރަށް ދައުލަތުގެ ތަހުގީގު ފުއްދާލާފައިވާ ކަމަށެވެ. އަދި އެކަން އިތުރަށް ބެލުމަކާ ނުލާ، އެ ފައިސާއަކީ އެ ބިލަށް ވޯޓުލުމަށް ޝަރުތުކޮށް އެކަމުގެ މުގާބިލުގައި، ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެއް ކަމަށް ނިންމާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ ދެމީހުންގެ މެދުގައި މެސެޖުން މުއާމަލާތު ކުރެވިފައި ވަނީ އެ ބިލުގެ ވޯޓަށްފަހުގައި ކަން އެނގެން އޮތް ނަމަވެސް އެ ފުށުއެރުން ތަހުގީގުކުރުމަކާ ނުލައި، އެ ޑޮކިއުމަންޓް ވެސް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އެ ދައުވާ ސާބިތުކުރުމަށް ހޯދަން ޖެހޭ އެންމެ މުހިންމު އެއް ހެއްކަކީ މަހުލޫފްގެ އެކައުންޓަށް ޖަމާވި ފައިސާގެ މުގާބިލަކީ ކޮބައިކަން ސާބިތުވާނެފަދަ ގަރީނާއެކެވެ. ނަމަވެސް މުޅި މައްސަލައިގެ ތަހުގީގު މިސްރާބުކޮށްފައި ވަނީ ތަހުގީގު މަރުހަލާގައި، އެ ފައިސާގެ ހަގީގަތް ކިޔައިދިނުމަށް މަހުލޫފް ހުށަހެޅި ރަސީދުގެ ސައްހަކަމާމެދު ސުވާލު އުފެދޭކަން ސާބިތުކުރުމަށްކަން ގާޒީ ފާހަގަކުރެއްވި އެވެ.

"ޖިނާއީ އެއްވެސް ކުށެއްގައި ދައުވާލިބޭ މީހަކު ހުށަހަޅާ ދިފާއީ ހެއްކެއް ނަފީކުރަން މަސައްކަތްކުރަން ޖެހޭނީ ފުރަތަމަ ތުހުމަތުކުރާ ކުށް ސާބިތުކުރުމަށް ބޭނުންހިފޭނެ އެކަށީގެންވާ ހެކި ހޯދުމަށްފަހު، އެހެން ނަމަވެސް މި މައްސަލާގައި އެކަން އޮތީ އެގޮތަކަށް ނޫން،" އެއީ މައްސަލަ ބޭރުކޮށްލަން ޖެހުނު މައިގަނޑު ސަބަބު ކަމުގައި ގާޒީ ގަބޫލުކުރައްވަ އެވެ.

އެސްއީޒެޑް ބިލަށް ވޯޓުދޭން މެމްބަރުން ލޮބީކުރީ ކޮންމެ ވޯޓަކަށް ފަސްލައްކަ ރުފިޔާ ދީގެން ކަމަށް އަދީބުގެ ބަޔާނުގައި ބުނާއިރު، މަހުލޫފަށް ދިން 33 ހާސް ޑޮލަރުވެސް ދިވެހި ރުފިޔާއަށް ޖަމާކުރުމުން ޖެހޭނީ އެވަރު ކަމަށް ދައުލަތުން ބުނި ނަމަވެސް، އެ ދުވަސްވަރު ކޮންމެ ވޯޓަކަށް ރިޝްވަތު ދިންކަން ދެނެގަނެވޭނެ އިތުރު މަގެއް ނެތް ކަމަށް ގާޒީ ނިންމެވި އެވެ. އެއީ އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާތީ އެވެ.

"މައްސަލައިގެ ޝަރީއަތެއްކޮށް ހެކީންގެ ހެކިބަސް ނެގިކަމުގައި ވިނަމަވެސް، އަހްމަދު މަހުލޫފް ރިޝްވަތު ހިފިކަން ސާބިތުކޮށްދެވިދާނެ ފުރުސަތު އޮތް ހެކިތަކެއް ކަމަށް ބެލެވޭނެ ހެކިތަކެއް ހުށަހެޅިފައި ނެތް," ގާޒީ ވިދާޅުވި އެވެ.

އެ މައްސަލަ ބޭރުކޮށްލި ނަމަވެސް، އާ ހެކިތަކާ އެކު އަލުން މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އެ ނިންމުން މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމުގެ ފުރުސަތުވެސް އޮންނާނެ އެވެ. ނަމަވެސް މައްސަލަ އިސްތިއުނާފް ކުރުމާމެދު ޕީޖީ އޮފީހުން މިހާތަނަށް ގޮތެއް ނިންމާފައި ނުވެ އެވެ.

އިތުރަށް ކިޔާލުމަށް:

މަހުލޫފް މައްސަލައިގަ ކަންހިނގައިދިޔަ ގޮތުގެ ޓައިމްލައިނެއް

12 މޭ 2021 - މިނިސްޓަރު މަހުލޫފްގެ މައްސަލަ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވުމާ ހިސާބުގައި

19 މޭ 2021 - ރިޔާސީ ކޮމިޝަނުން ފޮނުވި މަހްލޫފްގެ މައްސަލަ ފެބްރުއަރީ މަހުން ފެށިގެން ޕޮލިހުގައި

18 މޭ 2021 - ދައުވާކޮށްފި ނަމަ އެންމެ ދުވަހަކު ވެސް މަގާމުގައި ނުހުންނާނަން: މަހުލޫފް

9 ޖޫން 2021 - އެމްއެމްޕީއާރުސީގެ ހިޔާނާތް: 33،000 ޑޮލަރުގެ މައްސަލައިގައި މަހްލޫފަށް ދައުވާކުރަން ޕީޖީއަށް

19 ޖޫން 2021 - މައްސަލައިގައި މަދުވާ ލިޔުންތައް ހަމަކޮށް, ބައެއް ކަންކަން ފުރިހަމަ ކުރުމަށް އޭސީސީއަށް ފޮނުވުން

20 ޖޫން 2021 - މަހްލޫފްވީމާ ދައުވާނުކުރާކަށް ނޫޅެން، ބޭނުންވާ ކަންކަން ފުރިހަމަވުމުން ގޮތެއް ނިންމާނަން: ޕީޖީ

20 ޖޫން 2021 - ހެކި ހޯދާފައި ހުރީ ގާނޫނާ ހިލާފަށް، ދައުވާ ފުރިހަމަނުކުރެވޭނެ: މަހްލޫފް

28 ޖޫން 2021 - މަހްލޫފްގެ މައްސަލައިގައި ޕީޖީން އެންގި ކަންކަން ފުރިހަމަކުރުމަށް ފަހު މައްސަލަ އަލުން ޕީޖީއަށް ފޮނުވުން

9 އޮގަސްޓު 2021 - ދައުވާކޮށްފި ނަމަ އިސްތިއުފާ ދެއްވަން މަހްލޫފް ގެންގުޅުއްވި ވިސްނުން ބަދަލުކުރައްވައިފި

11 އޮގަސްޓު 2021 - މަހުލޫފްގެ މައްސަލަ ލަސް، ބަޔާން ގޯސްކޮށް ނެގިކަމުގެ ޝަކުވާ އެބަ ބަލަން: ރައީސް

11 އޮގަސްޓު 2021 - މަހުލޫފްގެ ސަސްޕެންޝަނާ ގުޅޭ ދުސްތޫރީ މައްސަލައެއް ހުށަހަޅަނީ

14 އޮގަސްޓު 2021 - ދައުލަތުން "ހޭވި ހަޑި ހާމަވެ އޮރިޔާންވާނެ" ކަމަށް ވިދާޅުވެ މަހުލޫފްގެ އިންޒާރެއް!

19 އޮގަސްޓު 2021 - މަހްލޫފްގެ މައްސަލައިގައި ވެސް ސިޔާސީ ނުފޫޒެއް ނެތް: ޕީޖީ

20 އޮގަސްޓު 2021 - މަހުލޫފް މައްސަލާގައި އިތުރު ހެއްކެއް ނުހޯދަން: ފުލުހުން

10 އޮކްޓޯބަރު 2021 - އާ އުސޫލެއް ހަދާ މަހުލޫފްގެ ސަސްޕެންޝަން އުވާލުން

24 ނޮވެންބަރު 2021 - ހިޔާނާތުގެ މައްސަލާގައި މަހުލޫފްގެ މައްޗަށް ދައުވާ އުފުލައިފި

24 ނޮވެންބަރު 2021 - ޝަމީމްގެ ޗެޓްލޮގަކާއެކު މަހުލޫފު ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށް

24 ނޮވެންބަރު 2021 - ޗެޓްލޮގާ ގުޅޭ ގޮތުން ޝަމީމް ވާހަކައެއް ނުދެއްކެވި

29 ނޮވެންބަރު 2021 - މަހުލޫފް މަގާމުން ވަކިނުކޮށް ސަރުކާރުގެ ބަހާއި އަމަލު ދިމާ ނުވި!

13 ޖަނަވަރީ 2022 - މަހުލޫފު މައްސަލައިގެ ފުރަތަމަ އަޑުއެހުން ޖެނުއަރީ 19 އަށް ތާވަލްކުރުން

18 ޖެނުއަރީ 2022 - މަހުލޫފްގެ މައްސަލަ ހަވާލުކުރެއްވި ގާޒީ މުހައްމަދު މިސްބާހު މައްސަލައިން ތަނާޒުލްވާންޖެހޭ ކަމަށް ބުނެ، ޕީޖީގެ ސިޓީއެއް ކޯޓަށް

19 ޖެނުއަރީ 2022 - ޕީޖީގެ ސިޓީއާ މެދު ގޮތެއް ނުނިމި އޮތުމުން "އިދާރީ ސަބަބަކާއި ހެދި" ކަމަށް ބުނެ އަޑުއެހުން ކެންސަލް ކުރުން

24 ޖެނުއަރީ 2022 - ގާޒީ ތަނާޒުލްވާން ޖެހޭނެ ސަބަބެއް ނެތް ކަމަށް ކޯޓުން އެންގުން

27 ޖަނަވަރީ 2022 - މަހްލޫފްގެ މައްސަލަ ކޯޓުގައި ލަސްވާތީ ޕީޖީއިން ކަންބޮޑުވުން ފާޅުކޮށްފި

31 ޖަނަވަރީ 2022 - މަހުލޫފާއި ޔާމީންގެ މައްސަލާގައި ތަފާތުކުރާ ކަމަށް ބުނެ ޖުޑީޝިއަރީ ކޮމިޓީއަށް މައްސަލައެއް

2 ފެބުރުވަރީ 2022 - 10 ފެބްރުއަރީއަށް މަހުލޫފްގެ އަޑުއެހުމެއް ތާވަލްކުރުން

10 ފެބްރުއަރީ 2022 - މަހުލޫފްގެ މައްޗަށް ދައުވާ ސާބިތުވާނެ ހެއްކެއް ނެތް ކަމަށް ބުނެ، މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދެން އެދުން

1 މާޗް 2022 - މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި މަހުލޫފްގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox