މަހްލޫފްގެ މައްސަލައިގައި ވެސް ސިޔާސީ ނުފޫޒެއް ނެތް: ޕީޖީ

ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ސިޔާސީ ނުފޫޒެއްގެ ދަށުވެ މަގާމުގައި ނުހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވި.

ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ސިޔާސީ ނުފޫޒެއްގެ ދަށުވެ މަގާމުގައި ނުހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވި.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވާފައިވާ އެމްއެމްޕީއާރުސީއާ ގުޅޭ ހިޔާނާތުގެ މައްސަލައިގައި ގޮތެއް ނުނިމި ދިގުލައިގެން ދަނީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްގެ މައްޗަށް ސިޔާސީ ނުފޫޒު އޮވެގެން ކަމަށް މަހްލޫފް ކުރެއްވި ތުހުމަތު ޕީޖީ މިއަދު ދޮގުކުރައްވައިފި އެވެ.

މަގާމުން ސަސްޕެންޑްކޮށްފައިވާ ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާ އުފުލަން ފޮނުވީ މުއައްސަސާތައް ގުޅިގެން ހިންގި ތަހުގީގަށް ފަހު އެވެ. ފުރަތަމަ މިދިޔަ ފެބުރުއަރީ މަހާ ހިސާބުން ފެށިގެން ފުލުސް އޮފީހުގައި އެ މައްސަލަ މަޑުޖެހުނެވެ. ފަހުން މުއައްސަސާތަކަށް އެއްބަސްވެވުނީ އޭސީސީ މެދުވެރިކޮށް, އެ މައްސަލަ ޕީޖީއަށް ފޮނުވުމަށެވެ. އެހެންވެ ޖޫން, 9 ގައި ޕީޖީއަށް އެ މައްސަލަ ފޮނުވި ނަމަވެސް ދައުވާކުރުމާ މެދު ގޮތެއް ނުނިމި އެ އޮފީހުގައި މައްސަލަ އޮތީ މަޑުޖެހިފަ އެވެ.

މި މައްސަލައަށް ނުފޫޒު ވަދެފައިވާ ކަމުގެ ތުހުމަތު މަހްލޫފް ގެންދަވަނީ ކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ މައްސަލައިގައި ގޮތެއް ނުނިންމަވައި ޝަމީމް ހުންނެވީ ސިޔާސީ ޕްރެޝަރާ ހެދި ކަމަށެވެ. މައްސަލަ ކޯޓަށް ފޮނުވައިފި ނަމަ ދައުލަތް އޮރިޔާވާނެ ކަމަށާއި އެމްއެމްޕީއާރްސީގެ މައްސަލައިގައި އެއްވެސް މީހަކަށް އިތުރަށް ދައުވާ ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މަހްލޫފްގެ މައްސަލަ ނުނިމި ދިގުލައިގެންދާ ސަބަބާ ގުޅޭ ގޮތުން ނޫސްވެރިން މިއަދު ސުވާލުކުރުމުން ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ފުލުހުންނާ އެކު މަސައްކަތްތަކެއް އެބަ ކުރެވޭ ކަމަށެވެ. މައްސަލަ ލަސްވެއްޖެ ކަމަށް ބުނާ ވާހަކައަށް އިންކާރު ނުކުރައްވާ ކަމަށާއި އެކަމަކު ލަސްވިޔަސް އެ އޮފީހުން ގޮތް ނިންމަނީ ބަލަން ޖެހޭ ކަންކަން ރަނގަޅަށް ބަލާފައި ކަމަށް ވިދާޅުވި އެވެ.

އެ މައްސަލަ ލަސްވެފައި އޮތީ ސިޔާސީ އެއްވެސް ނުފޫޒެއް ފޯރައިގެން ނޫން ކަމަށް ޕީޖީ ވިދާޅުވި އެވެ.

"ސިޔާސީ ނުފޫޒެއް އެއްވެސް ނުފޫޒެއް މި މައްސަލައާ ބެހޭ ގޮތުން ވެސް އަދި އެހެން މައްސަލައަކާ ބެހޭ ގޮތުން ވެސް ނެތް. ސަތޭކަ ޕަސެންޓް ޔަގީން އެއްވެސް ނުފޫޒެއް ނެތް."

ޝަމީމް ވިދާޅުވި ގޮތުގައި ނުފޫޒެއްގެ ދަށުވެ ޕީޖީ ކަމުގައި ހުންނަވާކަށް އޭނާ ބޭނުމެއް ނުވެ އެވެ.

މައްސަލަތައް ނިންމާވާނީ އެކަމެއްގައި އެންމެ އިންސާފުވެރި ގޮތަކީ ކޮބައިތޯ ބެލުމަށް ފަހު އެވެ. މިކަމާ މެދު ބޭފުޅަކު ހިތްހަމަޖެހިވަޑައިނުގަތަސް އެ ނޫން ގޮތަކަށް ކުރެއްވެން ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ވީ އެންމެ އަވަހަކަށް ދައުވާ ކުރަން ފޮނުއްވާނެ ކަން ހާމަކުރައްވާފައި އޮތް އިރު މަހްލޫފް މައްސަލަ ލަސްވާ ސަބަބާ ގުޅޭ ގޮތުން ސުވާލުކުރުމުން ޕީޖީ ވިދާޅުވީ އެވްރެޖްކޮށް ހަ ދުވަސް ތެރޭގައި މައްސލަަ ނިންމާނެ ކަމަށް ވިދާޅުވީ "އިންސާފު ގެއްލޭ ގޮތަށް ކަމެއް ކޮށްގެން ނޫން" ކަމަށެވެ. ހޯދަން ޖެހޭ ހެއްކެއް އޮތް ނަމަ 100 ދުވަސް ވިޔަސް ޕީޖީ އޮފީހުން މަސައްކަތް ކުރިއަށް ގެންދާނީ ފުރިހަމައަށް ކަަމަށް ވިދާޅުވި އެވެ.

"ބަލަނީ ވީހާވެސް އަވަހަށް ދައުވާކުރެވޭތޯ. އެހެން ނަމަވަވެސް އަވަހަށް ދައުވާކުރުމަށްޓަކައި އިންސާފުވެރި ނޫން ގޮތަކަށް ގޮތެއް ނިންމުމަކީ ރަނގަޅު ގޮތަކަށް ނުވާނެ،" ޝަމީމް ވިދާޅުވި އެވެ.

"އެއީ މިނިސްޓަރު މަހްލޫފަށް ވިޔަސް، އަދި އެހެން މީހަކަށް ވިޔަސް."

މަހްލޫފްގެ މައްސަލައިގައި ޕީޖީ އޮފީހުން އެންމެ ފަހުން ބުނެފައި ވަނީ ދައުވާ ކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ. މިއަދު ވެސް ޕީޖީ ތާރީހެއް ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox