ދައުވާކޮށްފި ނަމަ އެންމެ ދުވަހަކު ވެސް މަގާމުގައި ނުހުންނާނަން: މަހުލޫފް

މަހުލޫފް: ދައުވާކޮށްފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް

މަހުލޫފް: ދައުވާކޮށްފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި ދައުވާކޮށްފި ނަމަ، އެންމެ ދުވަހަކު ވެސް މަގާމުގައި ނުހުންނަވާނެ ކަމަަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިހާރު އާންމުކޮށްފައިވާ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި މިނިސްޓަރު މަހުލޫފްގެ ނަން ހިމަނާފައިވާއިރު، އޭނާގެ މައްސަލާގެ ތަހުގީގު ނިމި، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ދައުވާ ކުރަން ފޮނުވަން އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އެ މައްސަލާގައި ދައުވާ ކުރަން އެސެޓް ރިކަވަރީ ކޮމިޝަނުން ނިންމާފައިވާއިރު މިއީ ޖޮއިންޓް ތަހުގީގެއް ކަމުން، މައްސަލަ ފުލުހަށް އެ ކޮމިޝަނުން ފޮނުވާފައިވާތާ މިހާރު ގިނަ ދުވަސްތަކެއްވެއްޖެ ކަމަށް އެނގިފައިވެ އެވެ.

ކުރިން އާންމުވެފައިވާ މައުލޫމާތަށް ބަލާއިރު މިނިސްޓަރު މަހުލޫފަށް އެމްއެމްޕީއާރުސީގެ ފައިސާތަކުގެ ތެރެއިން 33،000 ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް، އެ ފައިސާއަކީ އޭނާ ޑޮލަރު ގަތުމަށް ނެންގެވި ފައިސާތަކެއް ކަމަށް މީގެކުރިން މަހުލޫފް ވިދާޅުވެފައިވެ އެވެ. އެ މައްސަލާގައި އޭނާ ސަސްޕެންޑް ވެސް ކުރި އެވެ.

އެކަމަކު، ތަހުގީގީ އިދާރާތަކުން މައްސަލައެއް ނެތް ކަމަށް އޭރު ނިންމުމުން މަގާމުގެ މަސްއޫލިއްޔަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަލުން މަހުލޫފާ ހަވާލުކުރެއްވީ އެވެ.

މަހުލޫފްގެ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވި ގޮތުގައި، ސިޔާސީ ބަޔަކު އެކުލަވާލި، އަދި އެ މައްސަލަ އާއި ސީދާ ގުޅުން ނެތް އެތައް ބައެއްގެ ވެސް ހައްގުތައް ގެއްލިގެންދިޔަ ލިސްޓެއްގައި ނަން އޮތުމަކީ ކުށްވެރިވުމެއް ނޫނެވެ. އަދި، އެކަމުގައި ބައިވެރި ވުމެއް ވެސް ނޫން ކަމަށެވެ.

‎"އެހެން ނަމަވެސް އަޅުގަނޑުގެ މައްޗަށް ދައުވާއެއް ކޮށްފިނަމަ މި މަގާމުގަ އެންމެ ދުވަހަކު ވެސް ނުހުންނާނަން،" މަހުލޫފް ވިދާޅުވި އެވެ.

މީގެކުރިން މަހުލޫފް ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕީއާރްސީއިން ޑޮލަރު ގަންނަން ޖެހިވަޑައިގަތީ އެ ދުވަސްވަރަކީ ޑޮލަރު ގަތުމުގައި ބޮޑެތި ތާށިތަކެއް އޮތް ދުވަސްވަރަކަށް ވާތީ އެވެ. އެކަމަކު އެ މުއާމަލާތް ކުރީ އެއީ ހިޔާނާތުގެ ފައިސާކަން އެނގި ހުންނަވައިގެން ނޫން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"33،000 ޑޮލަރު އަޅުގަނޑު ނުޖެހޭނެ ވަގަށް ނަގާކަށް. ވަަރަށް ސާފުކޮށް މި ދަންނަވަނީ 33،000 ޑޮލަރަކީ އަޅުގަނޑު ވަގަށް ނަގަން ނުޖެހޭނެ އެއްޗެއްކަން ހަމަގައިމު ވެސް ސިޔާސީ ލީޑަރުންނަށް އެނގިވަޑައިގަންނަވާނެ،" މީގެކުރިން އެމްއެމްޕީއާރުސީގެ ފައިސާއާ ގުޅޭ ގޮތުން މަހުލޫފާ ސުވާލު ކުރެއްވުމުން ވިދާޅުވެފައިވެ އެވެ.

މަހުލޫފްގެ ނަން ލިސްޓަށް އަރާފައިވާއިރު އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ނަން ލިސްޓްގައި އޮތް ބޭފުޅުން މަގާމުތަކުން ވަކި ކުރަން ނިންމާފަ އެވެ.

އެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފަށަން މިހާރު ވަނީ ތައްޔާރުވެފަ އެވެ. މަހުލޫފްގެ އިތުރުން ދައުލަތުގެ މަގާމުތަކުގައި ތިއްބެވި 118 މީހެއްގެ ނަން ލިސްޓްގައި އެބަ އޮތެވެ. އޭގެތެރެއިން އޮޑިޓާ ޖެނަރަލް ހަސަން ޒިޔާތު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މަހުލޫފެކޭ އެއްފަދައިން އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ ނަން ވެސް ލިސްޓްގައި އޮތްއިރު އޭނާ ވެސް ވަނީ ދައުވާކޮށްފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox