ޕީސީސީއާރުން ފޮނުވި މަހްލޫފްގެ މައްސަލަ ފެބްރުއަރީ މަހުން ފެށިގެން ޕޮލިހުގައި!

މިނިސްޓަރު މަހްލޫފް: އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއް މަހްލޫފްގެ މައްޗަށް ތުހުމަތުކޮށް ތަހުގީގު އޮތީ ނިންމާފައި.

މިނިސްޓަރު މަހްލޫފް: އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއް މަހްލޫފްގެ މައްޗަށް ތުހުމަތުކޮށް ތަހުގީގު އޮތީ ނިންމާފައި.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ތުހުމަތުވި މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލަށް ފޮނުވައިދޭން އެދި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ (ޕީސީސީއާރު)ން ފުލުހުންނަށް ފޮނުވިތާ ހަތަރު މަސްވެއްޖެ އެވެ.

އެ މައްސަލަ ބެލީ ފުލުހުންނާއި އެސެޓް ރިކަވަރީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕީޖީ އޮފީހުގެ ވެސް ބައިވެރިވުމާ އެކުގަ އެވެ. މައްސަލަ ނިންމައި ފުލުހުންނަށް ޕީސީސީއާރުން ފޮނުވީ، އެނގިފައިވާ ގޮތުގައި، ފެބުރުއަރީ ހަތަރު ވަނަ ދުވަހެވެ.

ސަރުކާރުގެ މަގާމްތަކުގައި ތިބި މީހުންގެ މައްސަލަތަކަށް އިސްކަންދޭ ތަރުތީބެއް ކަނޑައަޅައި ހިޔާނާތުގެ ތަހުގީގު ކުރިއަށް ގެންގޮސް މިނިސްޓަރު މަހްލޫފްގެ މައްސަލަ ނިންމާފައި ވިޔަސް ދައުވާ ނުކޮށް ލަސްވާ ސަބަބާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ.

ހަތަރު މުއައްސަސާގެ ބައިވެރިވުން އޮތް ޖޮއިންޓް އިންވެސްޓިގޭޝަންގައި މައްސަލައެއްގެ ތަހުގީގު ނިމުމުން ދައުވާކުރަން ޕީޖީ އަށް ފޮނުވާނީ ޕޮލިހުންނެވެ. ޕީސީސީއޭރަށް ދައުވާކުރަން އެދުން ފަދަ ގާނޫނީ ބާރުތަކެއް ލިބިފައި އޮތަސް އެއްބަސްވެވިފައި އޮތީ ފުލުހުން މެދުވެރިކޮށް މައްސަލަތައް ހުށަހަޅާށެވެ.

މި މައްސަލައިގައި ދައުވާކުރަން ފޮނުވުން ލަސްވުމާ ގުޅޭ ގޮތުން ފުލުހުން ވާހަކައެއް ނުދެއްކި އެވެ. އެ މުއައްސަސާގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޖޮއިންޓް އިންވެސްޓިގޭޝަންގެ މައުލޫމާތު މީޑިއާއަށް ހިއްސާކުރާނީ ޕީޖީން ކަމަށެވެ.

އެކަމަކު ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ އިންވެސްޓިގޭޝަންގައި މައުލޫމާތު ހިއްސާކުރާނީ އެ އޮފީހުން ކަމަށް ހަމަޖައްސާފައި ނުވާ ކަމަށެވެ.

މަހްލޫފާ ދެކޮޅަށް އޮތީ އެމްއެމްޕީއާރުސީން 33،000 ޑޮލަރު އޭނާ ލިބިފައި އޮތުމެވެ. އޭސީސީން ވަކިން ކުރިއަށް ގެންދިޔަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ނެރުނު ރިޕޯޓުގައި މަހްލޫފްގެ ނަން އޮވެގެން އޭނާ ވަޒީރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ވެސް ކުރި އެވެ. އެކަމަކު ފަހުން އޭނާ އޮފީހަށް ނުކުންނަވަން ރައީސް އެންގެވީ، މަހްލޫފްގެ ކޮރަޕްޝަން މައްސަލައެއް ބަލަމުން ނުދާ ކަމަށް އޭސީސީން އޭރު ލިއުމެއް ދިނުމުންނެވެ.

އެކަމަކު، ތަހުގީގު ދިގުލައިގެން ގޮސްފައިވާ އެމްއެމްޕީއާރުސީ ހިޔާނާތުން މަންފާވި ލިސްޓު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިދިޔަ ހަފުތާގައި އާއްމުކުރިއިރު، ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި މަހްލޫފްގެ ނަން އޮތެވެ. ކޮމިޝަނުން ބުނެފައި އޮތީ މަހްލޫފްގެ މައްސަލަ ނިންމައި އޮތީ ދައުވާ ކުރަން ތައްޔާރުވެފަ އެވެ.

އޭނާގެ މައްޗަށް ތުހުމަތުކޮށްފައި އޮތަސް މަހްލޫފް ވިދާޅުވެފައިވާ ގޮތުގައި އެކައުންޓަށް 33،000 ޑޮލަރު ވަދެފައި އޮތީ ސައްހަ މުއާމަލާތަކުންނެވެ.

އެ މުއާމަލާތާ ގުޅިގެން މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި އޮތީ، "އެއީ އަޅުގަނޑުގެ އާއިލާއިން ދަ ޖީންސްގެ ނަމުގައި ފިހާރައެއް ހިންގި އިރު އަޅުގަނޑުގެ އެއްބަފާ ކޮއްކޮ އަލީ މުބީން ގ. ހާފްސީ މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށެވެ.

އެ މުއާމަލާތް ހިންގިއިރު ބަދަލުކުރި ލިޔުންތައް ވެސް އޭސީސީއާ ހިއްސާ ކުރެއްވި ކަމަށް މަހްލޫފް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޖޮއިންޓް ތަހުގީގައި ވަނީ، މަހްލޫފަށް ތުހުމަތުކުރާ މައްސަލައިގައި އޭނާއާ ދެކޮޅަށް ހެކި ހޯދައިފަ އެވެ. އޭގެތެރޭގައި، ސައްހަ މުއާމަލާތެއް ކަމަށް ބުނެ ދީފައިވާ ލިޔެކިއުންތަކާ ގުޅޭ ކަންތައްތަކެއް ހޯދިކަން އެނގިފައިވެ އެވެ.

ހިޔާނާތުން މަންފާވި ލިސްޓުގައި ނަން ހިމަނާފައި އޮތުމުން، އެހެން މީހުންނެކޭ އެއްގޮތަށް މަހްލޫފް ވެސް ދާދި ފަހުން ވަނީ ހިތްހަމަނުޖެހުންފާޅުކުރައްވައިފަ އެވެ. އޭނާވެސް ތުހުމަތު ކުރެއްވި ގޮތުގައި، ލިސްޓަށް ނަން އެރުވުމަކީ ސިޔާސީ ކަމެކެވެ.

މަހުލޫފް ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ބަޔަކު އެކުލަވާލި، އަދި އެ މައްސަލަ އާއި ސީދާ ގުޅުން ނެތް އެތައް ބައެއްގެ ހައްގުތައް ގެއްލިގެންދިޔަ ލިސްޓެއްގައި ނަން އޮތުމަކީ ކުށްވެރިވުމެއް ނޫނެވެ. އަދި، އެކަމުގައި ބައިވެރި ވުމެއް ވެސް ނޫން ކަމަށެވެ.

‎"އެހެން ނަމަވެސް އަޅުގަނޑުގެ މައްޗަށް ދައުވާއެއް ކޮށްފި ނަމަ މި މަގާމުގަ އެންމެ ދުވަހަކު ވެސް ނުހުންނާނަން،" މަހުލޫފް ވިދާޅުވި އެވެ.

ކަމާބެހޭ އިދާރާތަކުގެ ޖޮއިންޓް އިންވެސްޓިގޭޝަނުން އެކުލަވާލި ލިސްޓަކީ "ސިޔާސީ ބަޔަކު އެކުލަވާލި ލިސްޓެއް" ކަމަށް މަހްލޫފް ތުހުމަތު ކުރެއްވިއިރު އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ އެއީ ތަހުގީގުގައި ބޭނުންކުރާ ސައްހަ ލިސްޓުކަން ރައްޔިތުންގެ މަޖިލީހާއި އާއްމުންނަށް ވެސް ޔަގީންކޮށްދީފަ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ހިޔާނާތުން މަންފާވި ކަމަށް ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމްތަކާއި މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ތަޅުމުން ރިޕޯޓް ފާސްކޮށްފަ އެވެ.

ހިޔާނާތުގެ ލިސްޓު އާއްމުކޮށް މަޖިލީހުގެ ނިންމުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނެފައި ވަނީ، ހިޔާނާތުގެ ތަހުގީގު އަވަހަށް ނިންމުމަކީ ރައީސް އިބްރާހިމް ސޯލިހް އެދިވަޑައިގަންނަވާ ގޮތް ކަަމަށެވެ. ކޮމިޝަންގެ ލިސްޓުގައި ނަން އޮތް، ދައުލަތުގެ މަގާމްތަކުގައި ތިބި ބޭފުޅުންނާ މެދު ފިޔަވަޅު އަޅާނީ ތަހުގީގު ނިމުމުން ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox