މަހްލޫފްގެ މައްސަލައިގައި ޕީޖީން އެންގި ކަންކަން ފުރިހަމަކޮށްފި

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް: އޭނާގެ މައްޗަށް ހިޔާނާތާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލައިދޭން ވަނީ އެދިފައި. -- ފޮޓޯ / އަދަދު

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް: އޭނާގެ މައްޗަށް ހިޔާނާތާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލައިދޭން ވަނީ އެދިފައި. -- ފޮޓޯ / އަދަދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ދައުވާ އުފުލައިދޭން ފޮނުވާފައިވާ މައްސަލައިގައި ފުރިހަމަ ކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އެންގި ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފުރިހަމަކޮށްފި އެވެ.

ކޮމިޝަންގެ މީޑިއާ އޮފިޝަލް ހަސަން މަނިކް މިއަދު ވިދާޅުވީ ޕީޖީން އެދުނު ކަންކަމާ ގުޅިގެން ޖަވާބުދީފައިވާ ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.

ޕީޖީ އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި މައްސަލަ އަނބުރާ ފޮނުވާނުލައި އެދުނީ ބައެއް ލިޔެކިޔުންތައް ހުށަހަޅައިދޭށެވެ. އެއީ އިތުރު ހެކިތަކެއްގެ ލިއުންތައް ކަމަށާއި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ އެ ލިއުންތައް ލިބުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

Advertisement

ހިޔާނާތުގެ ތަހުގީގަކީ ފުލުހުންނާއި ޕީޖީ އޮފީހާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާ ތަހުގީގަކަށް ވެފައި މައްސަލައިގައި ދައުވާކުރަން ފޮނުވުމުގެ ކުރިން ޑިއުޓީ ޕްރޮސިކިއުޝަން ވެސް ދެ އެވެ. މި ތަހުގީގުގެ ތެރެއިން މައްސަލަތައް ފޮނުވަނީ ހުރިހާ މުއައްސަސާތަކެއްގެ ބައިވެރިވުން އޮވެގެން ކަމަށްވާ އިރު، ދައުވާ ކުރެވޭވަރަށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ތަހުގީގު ނިމުނު މައްސަލައެއްގައި ދައުވާކޮށްދޭން މި މަހު އެދުމުން ފުރިހަމަކުރަން އެންގި ސަބަބާ މެދު ސުވާލު އުފެއްދި އެވެ.

މި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވަނީ މަހްލޫފަށް ވާތީ ދައުވާ ނުކުރުމުގެ ވިސްނުމެއް ޕީޖީ އޮފީހުން ނުގެންގުޅޭ ކަމަށެވެ. މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ކުރިން އިދާރީ ކަންކަމާއި އެހެން ހުރި ހުރިހާ ކަމެއް ފުރިހަމަކުރަން ޖެހޭ ކަމަށާއި އެ މައްސަލައިގައި ވެސް އެދުނީ އެ ކަހަލަ ކަންތައްތަކެއް ފުރިހަމަ ކުރަން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީންކުރަން ބޭނުންވޭ އަޅުގަނޑުމެންގެ މިސްޓޭކަކުން ވަކި އެއްޗެއް ހޯދިފައި ނެތިގެން ނުވަތަ ނުހޯދިގެން އެ ކަހަލަ އިދާރީ ކަމަކާ ގުޅިގެން މި ނިންމުމަށް ނުވަތަ ދައުވާކުރުމަށް, ނުވަތަ ކޯޓުން ސާބިތުނުވެ ހިނގައިދާނެތީ،" މަހްލޫފް މައްސަލައާ ގުޅިގެން ޕީޖީ ވިދާޅުވެފައިވެ އެވެ.

މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލައިދޭން އޭސީސީން އެދުނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި، 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ.

އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މި ތުހުމަތު މަހްލޫފް ދޮގު ކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މައްސަލައިގައި ފެށުނީއްސުރެން އޭނާއާ މެދު އަމަލުކުރަމުން އައީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށެވެ. އެކަން އެގޮތަށް ކުރަނީ ވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގައި އެންމެ ފަހުން މަހްލޫފް ފޭސްބުކްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ މައްސަލައިގައި ހެކި ހޯދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ ދައުވާ ފުރިހަމަ ނުކުރެވޭނެ ކަމަށެވެ.

ހިޔާނާތުގެ ދައުވާ އުފުލައިދޭން އޭސީސީން ޕީޖީގެ އޮފީހަށް ފޮނުވުމާ އެކު އޭނާ ވަނީ ވަޒީރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox