މަހްލޫފްގެ މައްސަލަ ކޯޓުގައި ލަސްވާތީ ޕީޖީއިން ކަންބޮޑުވުން ފާޅުކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ޕްރެސްއެއް ދެއްވަނިކޮށް: ޕީޖީ އޮފީހުން ބުނާ ގޮތުގައި ކޮވިޑާއި ގުޅިގެން އަޑުއެހުން ލަސްކުރަން ގާނޫނު ތަނެއް ނުދޭ، -- ފޮޓޯ: ހަސަން ޝަޔާހް / އަދަދު

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ޕްރެސްއެއް ދެއްވަނިކޮށް: ޕީޖީ އޮފީހުން ބުނާ ގޮތުގައި ކޮވިޑާއި ގުޅިގެން އަޑުއެހުން ލަސްކުރަން ގާނޫނު ތަނެއް ނުދޭ، -- ފޮޓޯ: ހަސަން ޝަޔާހް / އަދަދު

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުންތައް ކޮވިޑާއި ގުޅިގެން ކްރިމިނަލް ކޯޓުން ފަސްކުރުމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަށާރަވަނަ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދައިރާގެ މެމްބަރެއްގެ ގޮތުގައި ހުރެ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި މަހުލޫފް ހިފި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން އުފުލީ ރިޝްވަތު ހިފިކަމުގެ ދައުވާ އެވެ.

އެ މައްސަލައިގެ އަޑު އެހުމެއް މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވުމަށް ތާވަލު ކުރި ނަމަވެސް އެ ދުވަހުގެ ޝަރީއަތް ކެންސަލް ކުރީ އިދާރީ ސަބަބަކާއި ގުޅިގެން އަޑުއެހުން ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނެ އެވެ. އޭގެ ހަފްތާއެއް ފަހުން އިއްޔެ ކްރިމިނަލް ކޯޓުން ބުނީ މިނިސްޓަރަށް ކުރާ ދައުވާގެ އަޑުއެހުން ފަށާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމަށެވެ.

ނަމަވެސް އެކަމަށް އިޝާރާތްކޮށް، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އެގޮތަށް ޝަރީއަތްތައް ލަސް ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

"ކޮވިޑްގެ ހާލަތާއި ގުޅިގެން މައްސަލަތައް ހިންގުން ލަސްވިޔަ ނުދިނުމަށް މަޖިލިސް އިން ވަނީ ގާނޫނަށްވެސް ބަދަލުތަކެއް ގެނެސްފައި. އަޅުގަނޑުމެން އެދެނީ ގާނޫނު ދައްކައިދޭ މަގުން މަހުލޫފު މައްސަލަ ވެސް، ހުރިހާ މައްސަލައެއް ވެސް އަވަހަށް ނިންމުން." ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ތަރުޖަމާން އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު، 24 ގައި މަހުލޫފްގެ މައްޗަށް ދައުވާކޮށްފައިވާއިރު، އެ މައްސަލަ ނުފެށި އޮތީ ކްރިމިނަލް ކޯޓު މިދިޔަ މަހު ރިސެސްއަށް ދިއުމުންނެވެ.

މަހުލޫފަށް ދައުވާ ކުރަނީ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން އޭނާއަށް ދިން 33,000 ރުފިޔާ, އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތުކޮށެވެ.

ނަމަވެސް ހިޔާނާތުގެ ތުހުމަތުކުރުމުން މަހްލޫފް ވިދާޅުވެފައިވާ ގޮތުގައި އޭނާގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައި އޮތީ ސައްހަ މުއާމަލާތަކުންނެވެ.

އެ މުއާމަލާތާ ގުޅިގެން މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި އޮތީ، "އެއީ އަޅުގަނޑުގެ އާއިލާއިން ދަ ޖީންސްގެ ނަމުގައި ފިހާރައެއް ހިންގި އިރު އަޅުގަނޑުގެ އެއްބަފާ ކޮއްކޮ އަލީ މުބީން، ގ. ހާފްސީ މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށެވެ.

މައްސަލާގައި ދައުވާ ކޮށްފައިވަނީ އެ މައްސަލަ އޭސީސީން ޕީޖީއަށް ފޮނުވިތާ ގިނަ ދުވަސްތަކަކަށްފަހު އެވެ. އަދި އެ މައްސަލައާ ގުޅިގެން މަހުލޫފް ސަސްޕެންޝަންގައި ވެސް ގިނަ ދުވަސްތަކަކު ހުންނެވުމަށްފަހު, އެ ސަސްޕެންޝަން އުވާލާފައި ވަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox