ނޫސްވެރިކަމުގެ މިނިވަންކަން
52 ލިޔުން
ފަހުގެ
ހަބަރު'އައިޝާ' ޑޮކިއުމެންޓްރީ މަނާކުރި އަމުރު އިސްތިއުނާފުކޮށްފި
'އައިޝާ' ޑޮކިއުމެންޓްރީ ދައުރުކުރުމާއި އޭގައިވާ ވާހަކަތައް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. އެ ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި މި އަމުރަކީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ، އަދި އާންމު ރައްޔިތުންގެ އަސާސީ ހައްގުތަކަށް އުނިކަންލިބޭ ފަދަ ނިންމުމެކެވެ.
ހަބަރުބާ ކައުންސިލުން ނޫސްވެރިންނަށް ހިލޭ ގާނޫނީ އެހީ
ރާއްޖޭގައި ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވެ، އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ލިބިދޭ އަސާސީ ހައްގުތަކަށް ހުރަސްއެޅޭތީ ބާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ވަކިން ހާއްސަކޮށް، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ނޫސްވެރިންނަށް ފިޔަވަޅު އެޅުމުގައި ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމަށް ފުރުސަތު ނުދޭ މައްސަލަ އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
