ހުލާސާކޮށް އިއްޔެ: ނޫސްވެރިންގެ ބައްދަލުވުމާއި މުއިއްޒުގެ ކޯފާ

May 12, 2026, 1:00 AM
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝަހުޒާން ބޭރުކުރުން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝަހުޒާން ބޭރުކުރުން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް މުހައްމަދު މުއިއްޒާ "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ސުވާލުކުރުމުން، މުއިއްޒު ކޯފާވެވަޑައިގެން ސިފައިން ބޭނުންކޮށްގެން ޝަހުޒާން މާލަމުން ބޭރުކުކުރި އެވެ. މީގެ އިތުރުން، ސުވާލުކުރީތީ ޝަހުޒާނު ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި، މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވާން އެ ކޯޓުން ޗިޓު ފޮނުވި އެވެ. އަދި އަދަދު ނޫސްވެރިން ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް ނުވައްދަން ނިންމި އެވެ. 

ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން މުއިއްޒު އަންގަވައިގެން އަދަދުގެ ޝަހުޒާން ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކޮށްލައިފި

ރައީސް މުއިއްޒަށް އަމާޒުވި ޖިންސީ ކުށުގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމުން، ކޯޓު އަމުރަކާ ހިލާފުވެފައިވާ ކަމަށް ބުނެ އަދަދު ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކޮށްލައިފިއެވެ. ރައީސްގެ އެންގެވުމަށް ސިފައިން ބޭނުންކޮށްގެން ނޫސްވެރިޔާ ނެރުނީ، އެމަނިކުފާނާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓަރީގެ ވާހަކަ ދެއްކުން ކޯޓުން މަނާކޮށްފައި ވަނިކޮށް އެކަމާ ގުޅޭ ސުވާލު ކުރުމުންނެވެ.

މި ހާދިސާއަށްފަހު، ނޫސްވެރިންގެ ބައްދަލުވުން ނިމުނު ގޮތަށް ރައީސް މުއިއްޒު ވަނީ ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށްޓަށް ވަދެވަޑައިގެންފައެވެ. އެމަނިކުފާނު ބަންޑާރަކޮށްޓަށް ވަދެވަޑައިގެންނެވި ސަބަބެއް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިމުނު ގޮތަށް މުއިއްޒު ސިފައިންގެ މައި މަރުކަޒަށް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ރައީސް މުއިއްޒު ކޯފާވެ، ކޯޓު އަމުރާ ހިލާފުވިކަމަށް ވިދާޅުވެ އެ ނޫސްވެރިޔާ ބައްދަލުވުމުން ބޭރުކޮށްލައިފިއެވެ. މި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ރައީސް ވަނީ ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށްޓަށް ވަޑައިގެންފައެވެ.

މީގެ އިތުރުން، ނޫސްވެރިންގެ ބައްދަލުވުން ނިމުމުން ރައީސް އޮފީހުގެ ސެކިއުރިޓީން ވަނީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ޝައިހާން ޒަރީރުގެ ފޯނު އަތުލައި ޗެކުކޮށްފައެވެ. މިއީ ބައްދަލުވުން ކުރިއަށް ދަނިކޮށް ވީޑިއޯ ކުރިކަމުގެ ތުހުމަތުގައި ހިންގި އަމަލެއް ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

ރައީސް އޮފީހުގެ ސެކިއުރިޓީން ނޫސްވެރިއެއްގެ ފޯނު ޗެކުކޮށްފި

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވީޑިއޯކުރި ކަމުގެ ތުހުމަތުގައި، އެމްއެންޑީއެފްގެ ސެކިއުރިޓީން ވަނީ ރާއްޖެ ޓީވީގެ ނޫސްވެރިއެއްގެ ފޯނު އަތުލައި ޗެކުކޮށްފައި. މުއިއްޒަށް އަމާޒުވި ޖިންސީ ކުށުގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމުން، އަދަދު ނޫހުގެ ނޫސްވެރިޔަކު ވަނީ ސިފައިން މެދުވެރިކޮށް އެ ބައްދަލުވުމުން ނެރެފައި.

"އައިޝާ" ޑޮކިއުމަންޓަރީއާއި ކޯޓު އަމުރުގެ ހޫނު ބަހުސް

ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ "އައިޝާ" ޑޮކިއުމަންޓަރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު "ގެގް އޯޑަރާ" ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އެ އަމުރަށް ހުރިހާ ރައްޔިތުން ތަބާވުމަކީ ލާޒިމު ކަމެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ނޫސްވެރިޔާ ޝަހުޒާން ކުރި ސުވާލަކީ ކޯޓު އަމުރާ ހިލާފުވުން ކަމަށް ރައީސް ސިފަކުރެއްވިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ތަބާވުމަކީ ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް: މުއިއްްޒު

ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމާޒުވިި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވަނީ އެއްވެސް ރައްޔިތަކު އެކަމާ ގުޅޭގޮތުން ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ވިދާޅުވެފައި. ދެ ނޫސްވެރިއެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވާއިރު މިވަގުތު ޕްރޮސެކިއުޓާ ޖެނެރަލަކަށް ހުންނެވީ މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ހުންނެެވި އައްބާސް ޝަރީފް.

އަދަދުގެ ޝަހުޒާން ކޯޓު އަމުރާ ހިލާފުވި ކަމަށް މުއިއްޒު "ހުކުމް" ކުރައްވައިފި

މުހައްމަދު މުއިއްޒަށް އަމާޒުވެފައިވާ ޖިންސީ ކުށުގެ ތުހުމަތުތަކާ ގުޅޭގޮތުން އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކުރި ސުވާލުތަކަކީ ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރާ ހިލާފު ކަމެއް ކަމަށް އެމަނިކުފާނު ހުކުމްކުރައްވައިފި. ރައީސް އޮފީހުގައި ތިބި އެމްއެންޑީއެފްގެ ބޮޑީގާޑުން ވަނީ ޝަހުޒާން ޕްރެސް މާލަމުން ނެރެފައި.

މި އަމުރާ ގުޅިގެން މީޑިއާ ކޮމިޝަނުން ވެސް ވަނީ ކޯޓު އަމުރަށް ތަބާވުމަށް ހުރިހާ މީޑިއާތަކަށް އަންގާފައެވެ. ނަމަވެސް، ކޯޓު އަމުރުގެ ހަބަރު ލިޔުމާ ގުޅިގެން ނޫސްވެރިޔާ ލީވާން އަލީ ނާސިރު ކޯޓަށް ހާޒިރުވާން އެންގުމުން، މިއީ ނޫސްވެރިކަމަށް އެޅޭ ހުރަހެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޑޮކިއުމެންޓަރީގެ ވާހަކަ ނުދައްކަން ނެރުނު އަމުރަށް ތަބާވާން މީޑިއާތަކަށް އަންގައިފި

ރައީސް މުއިއްޒަށް ޖިންސީ ތުހުމަތުތަކެއް ކުރާ "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ތަބާވުމަށް މީޑިއާ ކައުންސިލުން ހުރިހާ މީޑިއާތަކަށް އަންގައިފިއެވެ. މި މައްސަލައިގައި "އަދަދު" ނޫހުގެ އިސްވެރިންގެ މައްޗަށް ގަޒްފުގެ ދައުވާ އުފުލާފައިވާއިރު، މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ސިއްރުކޮށްގެންނެވެ.

ޑޮކިއުމެންޓްރީގެ ވާހަކަ ނުދައްކަން އަމުރުކުރި ހަބަރު ލިޔުމުން ލީވާން ކޯޓަށް ގެންދަނީ

"އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ނޫސްވެރިޔާ ލީވާން އަލީ ނާސިރު ކޯޓަށް ހާޒިރުކުރަނީ އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް ކުރާ ދައުވާތަކަކާ ގުޅިގެން ކޯޓުން ނެރެފައިވާ "ގެގް އޯޑަރާ" ހިލާފުވެފައިވޭތޯ ބެލުމަށް.

ސިޔާސީ ބޭފުޅުންގެ ފާޑުކިޔުންތައް

ކްރިމިނަލް ކޯޓުގެ އަމުރަށް ފާޑުވިދާޅުވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، މިފަދަ އަމުރުތަކުގެ ސަބަބުން ރައްޔިތުން ކޯޓުތަކަށް ކުރާ އިތުބާރު ކުޑަވެ މަލާމާތް ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވީ، އާންމު ރައްޔިތުންގެ މައްޗަށް ކަންކަން މަނާކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

އައިޝާ ޑޮކިއުމެންޓަރީ: ކޯޓުގެ ނިންމުންތަކަށް ރައްޔިތުން ކުރަނީ މަލާމާތް ކަމަށް ޔާމީން ވިދާޅުވެއްޖެ

ރައީސް މުއިއްޒަށް ކުރާ ޖިންސީ ތުހުމަތުތަކާ ގުޅޭ "އައިޝާ" ޑޮކިއުމެންޓަރީ މަނާކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ އޮއްޓަރެއް ނެތް، ރައްޔިތުންގެ މަލާމާތް ރައްދުވާ ކަމެއްގެ ގޮތުގައި ކުރީގެ ރައީސް ޔާމީން ސިފަކުރައްވައިފިއެވެ. މި މައްސަލައިގައި ނޫސްވެރިންނަށް ޖިނާއީ ދައުވާ އުފުލުމާއި ތަހުގީގު ހިންގި ގޮތަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އާންމު ރައްޔިތުންނަށް ކަންކަން މަނާކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫން: އިބްރާ

އާންމު ރައްޔިތުންނަށް ކަންކަން މަނާކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް އޮންނަ ބާރެއް ކަމަށް އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ "އަދަދު" ނޫހުގެ ޑޮކިއުމަންޓަރީއެއް އާންމުކުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކަށް ފާޑުވިދާޅުވަމުންނެވެ. އިބްރާ ފާހަގަކުރެއްވި ގޮތުގައި ކޯޓުތަކަށް އަމުރު ނެރެވޭނީ ހަމައެކަނި މައްސަލައިގައި ހިމެނޭ ހަސްމުންގެ މައްޗަށެވެ.

މި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނޫސްވެރިކަމުގެ ދިފާއުގައި ކްރިމިނަލް ކޯޓުގެ އަމުރާ ހިލާފުވާން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، ފާޅުގައި އިހުތިޖާޖު ކުރައްވާފައެވެ.

ނޫސްވެރިކަމުގެ ދިފާއުގައި ކްރިމިނަލް ކޯޓުގެ އަމުރާ ހިލާފުވާން ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު ވިދާޅުވެއްޖެ

ރައީސް މުއިއްޒުގެ ބަދުއަހުލާގީ މައްސަލައާ ގުޅޭ މައުލޫމާތު ފެތުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ތަބާނުވާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެ. ނަޝީދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި އެ އަމުރާ ހިލާފުވާން ތައްޔާރަށް ހުންނެވި ކަމަށާއި، "އަދަދު" ނޫހުގެ އިސްވެރިންގެ މައްޗަށް ކުރާ ދައުވާތައް އަނބުރާ ގެންދަން.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox